Roadha Mihaaru
ހިލޭ ލިބޭ "އެމެޒޯން މިނީ ޓީވީ" އިންޑިއާގައި ލޯންޗްކޮށްފި

ހިލޭ ލިބޭ "އެމެޒޯން މިނީ ޓީވީ" އިންޑިއާގައި ލޯންޗްކޮށްފި

17 މެއި 2021

މިހާރު ވެސް އެމެޒޯން ޕްރައިމް ވީޑިއޯގެ ނަމުގައިި ވަރުގަދަ ސްޓްރީމިން ޕްލެޓްފޯމެއް ހިންގަމުން އަންނަ އެމެޒޯން އިން އިންޑިއާގައި "އެމެޒޯން މިނީ ޓީވީ" ގެ ނަމުގައި ހޮނިހިރު ދުވަހު ސްޓްރީމިންގެ ހިދުމަތެއް މުޅިން ހިލޭ ލިބޭ ގޮތަށް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވެސް އެމެޒޯން ޕްރައިމް ވީޑިއޯގެ ނަމުގައިި ވަރުގަދަ ސްޓްރީމިން ޕްލެޓްފޯމެއް ހިންގަމުން އަންނަ އެމެޒޯން އިން އިންޑިއާގައި "އެމެޒޯން މިނީ ޓީވީ" ގެ ނަމުގައި ހޮނިހިރު ދުވަހު ސްޓްރީމިންގެ ހިދުމަތެއް މުޅިން ހިލޭ ލިބޭ ގޮތަށް ލޯންޗްކޮށްފި އެވެ.

މި ވަގުތު ހަމައެކަނި އިންޑިއާގައި ބޭނުންކުރެވޭ އިރު މިނީ ޓީވީގެ ބަލާލެވެނީ އެމެޒޯންގެ އޮންލައިން ވިޔަފާރިތަކަށް އިންޑިއާގައި ބޭނުންކުރާ އެޕުންނެވެ. އެހެންވެ މިނީ ޓީވީ އަކީ އެމެޒޯން ޕްރައިމް ވީޑިއޯ ގޮތަށް ވަކި އެޕެއް ނޫނެވެ. އަދި މި ވަގުތު އެންޑްރޮއިޑްގައި އެކަނި ބޭނުން ކުރެވުނަސް ވަރަށް އަވަހަށް މިނީ ޓީވީ އައިއޯއެސްގައި ވެސް ލިބޭ ގޮތް ހަދާނެ ކަމަށް އެމެޒޯން އިން ބުންޏެވެ.

"އެމެޒޯން މިނީ ޓީވީ" އިން ހިލޭ އެތައް އުފެއްދުމެއް ބަލައިލެވޭނެ އެވެ. އޭގެ ތެރޭގައި ވެބް ސީރީޒްތަކާއި ކޮމެޑީ ޝޯކާއި ފެޝަނާއި ކާނާ އާއި ބިއުޓީ އާއި ޓެކް ދާއިރާއާ ގުޅުން ހުރި އުފެއްދުންތައް ހިމެނެ އެވެ. މީގެ ތެރޭގައި މަޝްހޫރު ފަންނާނުންގެ ކޮންޓެންޓްތައް ހިމެނޭނެ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމެވެ. އަދި އޭގައި ފަހަކަށް އައިސް އިންޑިއާގެ ކޮންޓެންޓްތައް ވަރަށް ގިނަ އެވެ. އިންޑިއާގައި އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމަކީ ވެސް އެމެޒޯން ޕްރައިމް ވީޑިއޯ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމަކީ ނެޓްފްލިކްސް އެވެ. ސްޓްރީމިންގެ ހިދުމަތަަކީ މިހާރު ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ވިޔަފާރިއެކެވެ.