Roadha Mihaaru
"ސިޓަޑެލް" ގެ އިންޑިއާގައި ވަރުންއާ އެކު ސަމަންތާ

އެމެޒޯން ޕްރައިމްގެ "ސިޓަޑެލް" ގެ އިންޑިއާ ވާޝަންގައި ވަރުންއާ އެކު ސަމަންތާ

26 ޑިސެމްބަރ 2021

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ވެބް ސީރީޒް "ސިޑަޓެލް" ގެ އިންޑިއާ ވާޝަނުގައި ވަރުން ދަވަނާ އެކު ބަތަލާގެ ރޯލަށް ސަމަންތާ ޕްރަބޫ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ވެބް ސީރީޒް "ސިޑަޓެލް" ގެ އިންޑިއާ ވާޝަނުގައި ވަރުން ދަވަނާ އެކު ބަތަލާގެ ރޯލަށް ސަމަންތާ ޕްރަބޫ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އެ ސީރީޒަށް އޭނާ ނެގީ "ސިޓަޑެލް" ގެ އިންޑިއާ ވާޝަންގެ ޑައިރެކްޝަނާ ހަވާލުވެފައިވާ ރާޖް އެންޑް ޑީކޭ އެމެޒޯނަށް ގެނެސްދިން ވެބް ސީރީޒް "ދަ ފެމިލީ މޭން" ގެ ދެވަނަ ސީޒަންގައި ސަމަންތާ ދެއްކި އެކްޓިިން މޮޅުކަމުންނެވެ. މަނޯޖް ބަޖްޕާއީ ލީޑް ރޯލު ކުޅުނު ސީރީޒްގެ ދެވަނަ ސީޒަން ގެނެސް ދިނީ މި އަހަރު އެވެ. "ސިޓަޑެލް" ގެ އިންޑިއާގެ ވާޝަނުގައި ވަރުންއާ އެކު މަަސައްކަތް ކުރުމަކީ އޭނާ ބޮލީވުޑްގެ އޭ-ލިސްޓް ތަރިއަކާ އެކު މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.

ސަމަންތާ އަކީ އަންނަ އަހަރު ރިލީޒްކުރަން ނިންމާފައިވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފިލްމު "ބުރައްމަސްތުރާ" ގައި ރޯލެއް ކުޅެފައިވާ މަޝްހޫރު އެކްޓަރު ނަގުރުޖުނާ އަކިނޭނީގެ ކުރީގެ ޅީ ދަރިއެވެ. އޭނަގެ ދަރިފުޅު އެކްޓަރު ނާގަ ޗައިތަނިއާ އާއި ސަމަންތާ ކުރި ކައިވެނި ރޫޅާލީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

"ސިޓަޑެލް" އިންޑިއާގެ ވާޝަން ވަރުން އާއި ސަމަންތާއާ އެކު ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރާ އިރު، އެ ދެ މީހުން މިހާރު އަންނަނީ ޝާހިދު ކަޕޫރާ އެކު ވެސް އެމެޒޯނަށް ސީރީޒެއް ގެނެސްދޭން ތައްޔާރުވަމުންނެވެ. އެއީ މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމުމަކަށް އައިސްފައިވާ "ފޭކްސް" އެވެ.

"ސިޓަޑެލް" އަކީ "ދި އެވެންޖޭޒް" ޓްރިލޮޖީގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯސެފް ރުޒޯގެ މޭސްތިރިކަމުގެ ދަށުން ގެނެސްދޭ އެއްޗެކެވެ. ޕްރިޔަންކާއާ އެކީގައި ސީރިޒްގެ ބަތަލުގެ ރޯލު ކުޅެފައި ވަނީ ރިޗަޑް މެޑެން އެވެ. އޭގެ ޝޫޓިން ނިންމައިލީ މި މަހުގެ ތެރޭގަ އެވެ.

އިންޓަނޭޝަނަލް އެތައް ބަހަކުން ހަދާ ގޮތަށް "ސިޓަޑެލް" އިއުލާންކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ވަރުން އާއި ސަމަންތާއާ އެކު ހަދާ އިންޑިއާ ވާޝަންގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. އަދި ބެލުންތެރިންނަށް އެ ގެނެސްދޭނީ 2023 ގަ އެވެ.