Roadha Mihaaru
"ލޯޑް އޮފް ރިންގްސް" ވަރުގަދަކޮށްލާ ސީރީޒަށް ތައްޔާރު

"ލޯޑް އޮފް ދަ ރިންގްސް" ވަރުގަދަކޮށްލާ ސީރީޒަށް ތައްޔާރުތަ؟

21 ޖެނުއަރީ 2022

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފެންޓަސީ ފިލްމު ސީރީޒް "ލޯޑް އޮފް ދަ ރިންގްސް" ގެ ޕްރީކުއެލްއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ވެބް ސީރީޒްގެ ނަން ރަސްމީކޮށް ހާމަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފެންޓަސީ ފިލްމު ސީރީޒް "ލޯޑް އޮފް ދަ ރިންގްސް" ގެ ޕްރީކުއެލްއެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ވެބް ސީރީޒްގެ ނަން ރަސްމީކޮށް ހާމަކޮށްފި އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އިން މި އަހަރުގެ ސެޕްޓެމްބަރު 2 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ނަމަކީ "ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވާ" އެވެ. މީގެ މޭސްތިރިންނަކީ ޖޭޑީ ޕޭން އާއި ޕެޓްރިކް މެކޭ އެވެ. "ލޯޑް އޮފް ރިންގްސް" ޓްރިލޮޖީއާ އެއްގޮތަށް ސީރީޒުން ވަރަށް ބޮޑު ކާސްޓެއް ފެންނާނެ އެވެ. ލިޔުންތެރިޔާ ޖޭއާރްއާރް ޓޯކީންގެ ވާހަކަ "ލޯޑް އޮފް ދަ ރިންގްސް" އަށް ބިނާކޮށް ގެނެސްދޭ ފެންޓަސީ އެޑްވެންޗަ ސީރީޒް ގެނެސްދޭނީ ފަސް ސީޒަނަކަށެވެ.

ފުރަތަމަ ސީޒަންގައި ހިމެނޭނީ އަށް އެޕިސޯޑެވެ. "ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވާ" ސީރީޒްގެ ފަސް ސީޒަނަށް ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައި އިރު، މީގެ ފުރަތަމަ އަށް އެޕިސޯޑްގެ ތެރެއިން ފުރަތަމަ ދެ އެޕިސޯޑް ޑައިރެކްޓްކޮށްފައި ވަނީ 2012 ގެ "ދި އިމްޕޮސިބަލް" އާއި 2018 ގެ "ޖުރަސިކް ވޯލްޑް" ފޯލެން ކިންގް" ގެ ޑައިރެކްޓަރު ޖޭއޭ ބަޔޯނާ އެވެ. ފުރަތަމަ އެޕިސޯޑާ ވިދިގެން ދެން އަންނަ ހަތަރު އެޕިސޯޑްގެ ޑައިރެކްޓަރަކީ "ޑޮކްޓަ ހޫ" ގެނެސްދިން ވޭން ޔިޕް އެވެ.

"ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވާ" ގެ ފުރަތަމަ ސީޒަންގެ ފަހު ދެ އެޕިސޯޑްގެ ޑައިރެކްޓަރަކީ "ދަ ވިޗާ" ގެ އެޕިސޯޑްތަކެއް ޑައިރެކްޓްކުރި ޝާލޮޓް ބްރޭންސްޓްރޮމް އެވެ.

ޕީޓާ ޖެކްސަން ޑައިރެކްޓްކުރި "ލޯޑް އޮފް ދަ ރިންގްސް" ގެ ފިލްމުތައް ގެނެސްދިނީ 2001-2003 އަށެވެ. އެ ފިލްމުތަކަކީ "ފެލޯޝިޕް އޮފް ދަ ރިންގްސް"، "ދަ ޓޫ ޓަވާސް" އަދި "ދަ ރިޓާން އޮފް ދަ ކިންގް" އެވެ.