Roadha Mihaaru
އެމެޒޯންގެ "ސިންޑްރެެއްލާ" އަންނަ މަހު 3 ގައި

އެމެޒޯންގެ "ސިންޑްރެެއްލާ" އަންނަ މަހު 3 ގައި

28 އޯގަސްޓް 2021

ކިއުބާ އަށް އުފަން އެމެރިކާގެ ޒުވާން ލަކަވަކިޔުންތެރިޔާ ކެމީލާ ކެބެލޯ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމު "ސިންޑްރެއްލާ" އަންނަ މަހުގެ 3 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކިއުބާ އަށް އުފަން އެމެރިކާގެ ޒުވާން ލަކަވަކިޔުންތެރިޔާ ކެމީލާ ކެބެލޯ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމު "ސިންޑްރެއްލާ" އަންނަ މަހުގެ 3 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

މި ފިލްމު ގެނެސްދޭނީ އެމެޒޯން އިން ކަން ކޮލަމްބިއާ ޕިކްޗާޒް އާއި އެމެޒޯން އިން އިއުލާންކުރީ މީގެ ތިން މަސް ކުރިންނެވެ. އެކަމަކު އޭރު ފިލްމު ގެނެސްދޭނެ ތާރީހެއް ހާމައެއްނުކުރެ އެވެ.

މީގެ ކުރިން ވެސް ސިންޑްރެއްލާގެ ވާހަކަ އެތައް ފިލްމެއްގައި ކިޔައި ދީފައިވާ އިރު ކެމީލާގެ "ސިންޑްރެއްލާ" ގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރީ ކެނަން އެވެ.

މި ހިޔާލީ ވާހަކައިގެ ތެރެއަށް ބެލުންތެރިން އަލުން ގެންގޮސްދޭ އިރު، ފިލްމުގެ ކާސްޓްގައި އިޑީނާ މެންޒެލް، ނިކޮލަސް ގެލިޓްޒިން، ޕިއާސް ބްރޮސްނަން، ބިލީ ޕޯޓާ، ޖޭމްސް ކޯޑެން، ބެވަލީ ނައިޓް، ޖޭމްސް އެކާސްޓާ އަދި މެޑީ ބެއިލިއޯ ހިމެނެ އެވެ.