21 ޖެނުއަރީ 2022
އަންނަ މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ބަތަލާ ދީޕިކާގެ ޕަދުކޯންގެ އާ ފިލްމު "ގެހެރިޔާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ބަތަލާ ދީޕިކާގެ ޕަދުކޯންގެ އާ ފިލްމު "ގެހެރިޔާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަބަދު ވެސް ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ލިބޭ ކަހަލަ ކެރެކްޓާތައް ކުޅޭ ބަތަލާގެ މި ފިލްމަކީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު އަދި އެންމެ "ބޯލްޑް" ކެރެކްޓާއިން ފެންނާނެ ފިލްމެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝަަކުން ބަޓްރާ ޑައިރެކްޓްކުރި "ގެހެރިޔާ" އަކީ ޑާކް ރިލޭޝަންޝިޕް ޑްރާމާއެކެވެ.
މީގައި ފެންނާނީ "ނުރަނގަޅު ގުޅުންތަކެއް" ގެ ހޫނުގަނޑުގެ ތެރެއިން ބައެއްގެ ދިރިއުޅުމަށް ކުރިމަތިވާ ބަދަލުތަކާއި އޭގެ ސަބަބުން ކުރާ އަސަރުތަކެވެ. "ގެހެރިޔާ" ގެ ކާސްޓްގައި އަރަމުން އަންނަ ޒުވާން ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭގެ އިތުރުން ދައިރިއާ ކަރްވާ ވެސް ހިމެނެ އެވެ.
މީގެ ޑައިރެކްޓަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ ބޮޑު ތަރުހީބެއް ލިބުނު 2016 ގެ ފެމިލީ ކޮމެޑީ ޑްރާމާ "ކަޕޫރް އެންޑް ސަންސް" އެވެ.
ޝަކުން ޑައިރެކްޓްކުރި ތިން ވަނަ ފިލްމު، "ގެހެރިޔާ" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭން ނިންމީ މީގެ ކޮންޓެންޓްގެ ގޮތުންނެވެ. މިއީ ގައިގޯޅި މަންޒަރުތައް ވަރަށް ގިނަ އަދަދަކަށް ހިމެނޭ ބޮޑެތި މީހުންނަށް ހާއްސަ ފިލްމެކެވެ. އަދި މިއީ މި ޒާތުގެ ފިލްމެއް ކަރަންގެ ދަރުމާ އިން ގެނެސްދޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ފިރިމީހާ ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" އެވެ.
ދީޕިކާގެ "ގެހެރިޔާ" ބެލެނީ އަންނަ މަހު
ދީޕިކާގެ ބޯލްޑް ފިލްމު އެމެޒޯން ޕްރައިމަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދީޕިކާ "ބޯލްޑްކަމުން" ފިލްމު ޑިޖިޓަލް ޕްރީމިއާއަކަށް
ނުޝްރަތުގެ ބިރުވެރި ފިލްމު 26 ގައި އެމެޒޯނަށް
ވިކީގެ ފިލްމު އޮކްޓޯބަރު 16 ގައި އެމެޒޯން ޕްރައިމަށް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް