09 ޖޫން 2020
އުރީދޫގެ އެމްފައިސާ އެޕް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް އޮފާއެއް ތައާރަފު ކޮށްފި އެވެ.
އުރީދޫގެ އެމްފައިސާ އެޕް ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް އޮފާއެއް ތައާރަފު ކޮށްފި އެވެ.
މި އޮފާގައި އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށާއި ފަސޭހަ އަދި ސުޕަނެޓް ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ބިލް ދެއްކުމުން އެ ބިލުގެ ފަސް ޕަސެންޓު އަނބުރާ އެމްފައިސާ ވޮލެޓަށް ލިބޭނެ އެވެ. އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް އެމްފައިސާ ބޭނުންކޮށްގެން ކުރާ ކޮންމެ ރީޗާޖެއްގެ ފަސް ޕަސެންޓް ވޮލެޓަށް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި އޮފާ ތައާރަފު ކުރީ ލޮކްޑައުނަށް ލުއި ލިބުނު ނަމަވެސް ރައްކާތެރިކަމާ އެކު ބިލް ދައްކައި ރީޗާޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ހިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
އެމްފައިސާ އަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ އެޕްލިކޭޝަން ޑައުންލޯޑު ކުރުމަަށްފަހު މައުލޫމާތު ފުރިހަމަ ކުރުމުން ރަޖިސްޓްރީ ކުރެވޭނެ އެވެ. މި އެޕަކީ ބޭނުން ކުރަން ފަސޭހަ ގިނަ ހިދުމަތްތަކަކަށް ފައިސާ ދައްކާލެވޭ އެޕްލިކޭޝަނެކެވެ.
ބީއެމްއެލް އާއި އެސްބީއައި އަދި އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމްފައިސާ އަށް ކޭޝް އިން ކުރެވޭނެ އެވެ.
- އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރަން: http://ore.do/app
- އެމްފައިސާ ސާވިސަސް އިން "ޕޯސްޓްޕެއިޑް"، "ސުޕަނެޓް"، "ފަސޭހަ" ނުވަތަ " ޕްރީޕެއިޑް ރީޗާޖް" ނެގުމަށްފަހު އައިޑީ ނުވަތަ ފަސޭހަ ނަންބަރު ޖަހާލާ.
- ބިލްގެ އަދަދު ޖެހުމަށްފަހު PROCEED އަށް ފިތާލާ.
- ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު ޕޭމަންޓް ޔަގީންކުރޭ.
އޮޑިއެޕަށް އުރީދޫގެ އެމް-ފައިސާ ދެއްކޭނެ
އެމް-ފައިސާގެ ބައިނަލްއަގްވާމީ ޓްރަޔަލް ފަށައިފި
އެމް-ފައިސާ އިން ޕޭމެންޓްގެ 5 ޕަސެންޓް ހިލޭ
އެމްފައިސާ އިން މިހާރު ވިލާ ގޭހަށް ވެސް އޯޑަރު ކުރެވޭ
އުރީދޫ މަސް ރޭސް ގޭމާއި ވައިބާ ބަންގި ތައާރަފްކޮށްފި
ރޯދަ އަށް އުރީދޫން މިފަހަރުވެސް ގިނަ ހިދުމަތްތަކެއް
އުރީދޫން ސުޕަނެޓް ކަސްޓަމަރުންނަށް ޕްލޭންތަކެއް!
އުރީދޫން އެމޭޒަންއާ ގުޅިގެން ހާއްސަ ހިދުމަތެއް ދެނީ
ޓްރީޓޮޕަށް އުރީދޫ އެމް-ފައިސާ ތައާރަފްކޮށްފި
އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭހަށް އޯޑަރު ދެވޭނެ