05 މެއި 2019
ރޯދަމަހަށް ހާއްސަކޮށް މިފަހަރު ވެސް އުރީދޫން ހާއްސަ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.
ރޯދަމަހަށް ހާއްސަކޮށް މިފަހަރު ވެސް އުރީދޫން ހާއްސަ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.
އުރީދޫގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، މިފަހަރު ގިނަ ހިދުމަތްތަކެއް އުރީދޫން ތައާރަފްކޮށް ރޯދަ މަހަށް ހާއްސަކޮށް ނެރޭ ވީޑިއޯ ވެސް މިހާރު ދައްކާލާފައިވާ ކަމަށެވެ. މި ވީޑިއޯ ހާއްސަކޮށްފައިވަނީ އާއިލާ އާއި އެކުވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށެވެ.
މި ޕެކޭޖުގެ ދަށުން ރޯދަ މަހުގެ ކޮންމެ ދުވަހު ހެނދުނު 5:00 އިން ހަވީރު 5:00 އަށް 25ރ. ހޭދަކޮށްގެން 1 ޖީބީ ލިބޭނެ އެވެ. އަދި 100 މިނެޓް ހިލޭ ލިބޭނެ އެވެ.
ސައުދީ ޕްލޭނުގެ ދަށުން 150ރ. އަށް ސައުދީ އަށް ގުޅާލުމަށް 75 މިނެޓް ހިލޭ ލިބޭނެ އެވެ. އޭގެ އިތުރުން ކޮންމެ ގޮތަކަށް ބޭނުން ކޮށްލުމަށް 2 ޖީބީ ލިބޭނެ އެވެ.
ސުޕަނެޓް ޕެކޭޖު ރޯދަ މަހު ނަގައިފި ނަމަ ހަ މަސް ދުވަހަށް ނަގާ ޕެކޭޖުގެ އިތުރުން 30 ޕަސެންޓް ޑޭޓާ ބޯނަސް ލިބޭނެ އެވެ.
އުރީދޫގެ އެމްފައިސާ ބޭނުންކޮށް ކޮންމެ ހުކުރު ދުވަހަކު ރާސްޓަސް ނަގައިފި ނަމަ 10 ޕަސެންޓް ފައިސާ އަނބުރާ ކަސްޓަމަރަށް ކޭޝްބެކްގެ ގޮތުގައި ލިބޭނެ އެވެ. ކޭޝްބެކްގެ ގޮތުގައި ލިބޭ ފައިސާ ނެގޭނެ އެވެ. ނުވަތަ ބޭނުންވާ އެހެން މީހުންނަށް ޓްރާސްފާ ވެސް ކޮށްލެވޭނެ އެވެ. މީގެ އިތުރުން ކަނޑައަޅާފައިވާ ކެފޭތަކުގައި ވެސް މި ފައިސާ ބޭނުންކޮށްލެވޭނެ އެވެ.
ސެމްސަންގުގެ އޭ50 އަދި އެމް20 ފޯނުތައް އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރުތަކުން ލިބޭ އިރު ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަށް އިންސްޓޯލްމެންޓު ޕްލޭނުތަކާ އެކު ލިބޭނެ އެވެ.
އުރީދޫ މަސް ރޭސް ގޭމާއި ވައިބާ ބަންގި ތައާރަފްކޮށްފި
އޮޑިއެޕަށް އުރީދޫގެ އެމް-ފައިސާ ދެއްކޭނެ
އެމް-ފައިސާ އިން ޕޭމެންޓްގެ 5 ޕަސެންޓް ހިލޭ
މަސް ރޭސް- ސްޓެލްކޯގެ އަންހެން ޓީމު ވެސް ފައިނަލަށް
އުރީދޫގެ ދީނީ ކުއިޒުން އުމްރާ ދަތުރެއް!
އުރީދޫގެ ފޯރިގަދަ މަސް ރޭސް ފަށައިފި
އުރީދޫން ސުޕަނެޓް ކަސްޓަމަރުންނަށް ޕްލޭންތަކެއް!
އުރީދޫން އެމޭޒަންއާ ގުޅިގެން ހާއްސަ ހިދުމަތެއް ދެނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް