21 މާޗް 2019
އުރީދޫގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަމާޒުކޮށް ސުޕަނެޓް ސޭވާ ޕްލޭން އާއި ޓާބޯ ސްޕީޑް ބޫސްޓާ ތައާރަފްކޮށްފި އެވެ.
އުރީދޫގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަމާޒުކޮށް ސުޕަނެޓް ސޭވާ ޕްލޭން އާއި ޓާބޯ ސްޕީޑް ބޫސްޓާ ތައާރަފްކޮށްފި އެވެ.
ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ޓަކައި މިއަދު ތައާރަފްކޮށްފައިވާ މި ދެ ޕްލޭނުގެ ސަބަބުން ސުޕަނެޓް ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަލަށް ތައާރަފްކޮށްފައިވާ ސުޕަނެޓް ސޭވާ ޕްލޭންގެ ދަށުން ހަ މަސް ނުވަތަ 12 މަސް ދުވަހުގެ ސުޕަނެޓް ސޭވާ ޕްލޭން މެދުވެރިކޮށް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. މި ހިދުމަތުގެ ތެރެއިން 12 މަހުގެ ޕްލޭނާ އެކު އިތުރު ދެ މަހުގެ ކަނެކްޝަން މުޅިން ހިލޭ ލިބޭނެ އެވެ. އަދި މަސް ދުވަހުގެ ތެރޭގައި ބޭނުން ނުކުރެވި ބާކީވާ ޑޭޓާ އެލަވަންސް މުޅި ޕެކޭޖުގެ މުއްދަތު ނިމެންދެން ބޭނުން ކުރެވޭނެ އެވެ.
މި ފްލޭންގެ ތެރެއިން ސުޕަނެޓް 10 އެމް ސިވްލާ ޕެކޭޖުން ލިބޭ 50 ޖީބީ ހަ މަސް ދުވަހަށް ނަގާ ނަމަ، 2،970ރ. އަށް ލިބިގެންދާ އިރު ދެ މަސް ދުވަހުގެ ޕްލޭނަށް 5،460ރ. ދައްކަންޖެހޭނެ އެވެ. ސުޕަނެޓް 10 އެމް ޕްލޭނުގެ ޕްލެޓިނަމް ޕްކޭޖުން 150 ޖީބީ ނަގާ ނަމަ ހަ މަސް ދުވަހަށް 5،640ރ. ދައްކަންޖެހޭ އިރު 12 މަސް ދުވަހަށް 10،488ރ. ދައްކަންޖެހެ އެވެ. މީގެ އިތުރުން ސުޕަނެޓް 50 އެމް ޕްލޭނުގެ 400 ޖީބީ އަށް ހަ މަސް ދުވަހަށް 9،960ރ. ދައްކަން ޖެހޭ އިރު 12 މަސް ދުވަހަށް 18،480ރ. ދައްކަންޖެހެ އެވެ.
އުރީދޫން މިއަދު ތައާރަފްކޮށްފައިވާ ސްޕީޑު ޓާބޯ ޕްލޭގެ ތެރެއިން ސުޕަނެޓް ޓާބޯ 20 އެމަށް 95ރ. ދައްކަން ޖެހޭ އިރު 10 ޖީބީގެ އެލަވަންސެއް 24 ގަޑި އިރަށް ލިބޭނެ އެވެ. އަދި ސުޕަނެޓް ޓާބޯ 50 އެމްގެ ޕްލޭނަށް 245ރ. ހޭދަކޮށްގެން 30 ޖީބީ 48 ގަޑިއިރަށް ލިބޭނެ އެވެ.
ނަގާފައިވާ ޕެކޭޖުގެ ސްޕީޑަށް ވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި މި ހާއްސަ ޕެކް އެކްޓިވޭޓްކުރުމާ އެކު، 48 ގަޑިއިރާއި ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެ އެވެ. މިގޮތުން، ދެ އެމްބީޕީއެސްގެ ޕެކޭޖެއް ބޭނުންކުރާ ކަސްޓަމަރެއް ޓާބޯ 50 ގެ ޕްލޭނެއް ނެގުމުން، 48 ގަޑިއިރަށް 50 އެމްބީއެސްގެ އިންޓަނެޓް ސްޕީޑު ބޭނުންކުރެވޭނެ އެވެ.
އޮޑިއެޕަށް އުރީދޫގެ އެމް-ފައިސާ ދެއްކޭނެ
އެމް-ފައިސާ އިން ޕޭމެންޓްގެ 5 ޕަސެންޓް ހިލޭ
އުރީދޫ މަސް ރޭސް ގޭމާއި ވައިބާ ބަންގި ތައާރަފްކޮށްފި
ރޯދަ އަށް އުރީދޫން މިފަހަރުވެސް ގިނަ ހިދުމަތްތަކެއް
އުރީދޫން އެމޭޒަންއާ ގުޅިގެން ހާއްސަ ހިދުމަތެއް ދެނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި