15 ޖޫން 2023
ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް، ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން، އޮޑިއެޕުން ފެރީ އަދި ލޯންޗް ބުކް ކޮށް، ފައިސާ ދެއްކޭނެ ގޮތް ހަދައިފި އެވެ.
ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓް ހިދުމަތް ދޭ އެންމެ ބޮޑު ޕްލެޓްފޯމް އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް، ސްޕީޑްބޯޓް ބުކިން އެޕްލިކޭޝަން، އޮޑިއެޕުން ފެރީ އަދި ލޯންޗް ބުކް ކޮށް، ފައިސާ ދެއްކޭނެ ގޮތް ހަދައިފި އެވެ.
އޮޑިއެޕަކީ ފެރީ އަދި ސްޕީޑްބޯޓް ޓްރާންސްފާގެ އިތުރުން އުޅަނދުފަހަރު ފަސޭހަކަމާ އެކު ޗާޓަކުރާ އެޕެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި މަގުބޫލުކަން ހޯދަމުން އަންނަ އޮޑިއެޕާއި އެމް-ފައިސާއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެމް-ފައިސާގެ ރައްކާތެރި މޮބައިލް ޕޭމަންޓް ސިސްޓަމް އިންޓަގްރޭޓްކުރުމާ އެކު، އޮޑިއެޕް ބޭނުންކުރާ ފަރާތްތަކަށް ސީދާ އެޕް މެދުވެރިކޮށް ޓްރާންސްފާ ބުކިންއަށް ފައިސާ ދެއްކުމުގައި ފަސޭހަ ވާނެ އެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އޮޑިއެޕާ ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ތިބި ކަސްޓަމަރުންގެ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މަގްސަދަކީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އީޖާދީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
"މިހާރު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކު ވެސް، އޯޑިއެޕުން އެމް-ފައިސާ މެދުވެރިކޮށް ދަތުރުވެރިންނަށް ލުއިފަސޭހަކަމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރު ފަތުރުގެ ކަންކަން ހަމަޖައްސާލެވޭނެ. މި ޕާޓްނާޝިޕްގެ ސަބަބުން ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރު ހަމަޖެއްސުމުގައި ލުއިތަކެއް ލިބިގެންދާނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
އޮޑިއެޕްގެ ކޯ ފައުންޑާ އަދި ސީއީއޯ ސިޔާހު ހަލީލު ވިދާޅުވީ އޮޑިއެޕްގެ އަމާޒަކީ ދަތުރުވެރިންނަށް ފަސޭހަ ސްޕީޑްބޯޓް ޓްރާންސްފާ ބުކިން ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ.
އެމް-ފައިސާ އަކީ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމުގެ އިތުރުން ކައްކާ ގޭހައް އޯޑަރެ ކޮށް ފައިސާ ދެއްކޭނެ އެވެ.
އެމް-ފައިސާ އިން ޕޭމެންޓްގެ 5 ޕަސެންޓް ހިލޭ
އުރީދޫ މަސް ރޭސް ގޭމާއި ވައިބާ ބަންގި ތައާރަފްކޮށްފި
ރޯދަ އަށް އުރީދޫން މިފަހަރުވެސް ގިނަ ހިދުމަތްތަކެއް
އުރީދޫން ސުޕަނެޓް ކަސްޓަމަރުންނަށް ޕްލޭންތަކެއް!
އުރީދޫން އެމޭޒަންއާ ގުޅިގެން ހާއްސަ ހިދުމަތެއް ދެނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި