Roadha Mihaaru
އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭހަށް އޯޑަރު ދެވޭނެ

އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭހަށް އޯޑަރުކުރެވޭ ގޮތަށް ހަދައިފި

10 އޯގަސްޓް 2018

މޯލްޑިވް ގޭސް އިން ވިއްކާ ގޭސް ފުޅި ގަންނަން އުރީދޫގެ އެމް- ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރުކޮށް، ފައިސާ ދެއްކޭނެ ގޮތް އުރީދޫން ހަމަޖައްސައިފި އެވެ.

މޯލްޑިވް ގޭސް އިން ވިއްކާ ގޭސް ފުޅި ގަންނަން އުރީދޫގެ އެމް- ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރުކޮށް، ފައިސާ ދެއްކޭނެ ގޮތް އުރީދޫން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ކަސްޓަމަރުންނަށް އެ ހިދުމަތް ތައާރަފްކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭސްގެ ޗެއާޕާސަން އަހުމަދު ޝިފާން އާއި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން އަދި އުރީދޫގެ ސީއީއޯ ނަޖީބް ހާންގެ އިތުރުން އެ ދެ ކުންފުނީގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

"އުރީދޫން ރާއްޖޭގައި ހޭދަކޮށްފައިވާ ތޭރަ އަހަރު ތެރޭގައި، އަޅުގަނޑުމެން ވަނީ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ފުދުންތެރިކަން ގެނެސްދިނުމަށްޓަކައި ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައި. މިގޮތުން، މިއަދު މޯލްޑިވް ގޭސް އާއި ގުޅިގެން ފެށުނު ތަފާތު ހިދުމަތުގެ ސަބަބުން ގޭސް ފުޅިއަށް އޯޑަރުކޮށް، ފައިސާ ދެއްކުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށް ޔަގީން ކުރަން. ހަމަ އެހެންމެ އަޅުގަނޑުމެން އިތުރަށް ވެސް މަސައްކަތް ކުރަމުންދާނީ، މިފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ހިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް އިތުރަށް ފަސޭހަކޮށްދިނުމަށް،" އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވި އެވެ.

އުރީދޫގެ އެމް- ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭހަށް އޯޑަރު ކުރެވޭ ގޮތް ތައާރަފްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

އުރީދޫގެ އެމް- ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭހަށް އޯޑަރު ކުރެވޭ ގޮތް ތައާރަފްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވާހަކަދައްކަވަނީ. ފޮޓޯ: އުރީދޫ

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ.

"މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމެއް. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އަދި މިއަދުން ފެށިގެން މޯލްޑިވް ގޭސްގެ ބިލްތައް ހިމެނޭ،" އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓާ ކޮށްގެން، އެ ފަސޭހަ ހިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެ ކަމަށެވެ.