02 ޖޫން 2020
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު ހިއްސާ ކުރުމަށް ހުރިހާ ޓޫރިސްޓު ފެސިލިޓީތަކުން ޓޫރިޒަމް މިނިސްޓްރީގެ "ޓޫރިޒަމް އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމް (ޓީމްސް)" ޕޯޓަލްގައި ރަޖިސްޓަރީވާން އަންގައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު ހިއްސާ ކުރުމަށް ހުރިހާ ޓޫރިސްޓު ފެސިލިޓީތަކުން ޓޫރިޒަމް މިނިސްޓްރީގެ "ޓޫރިޒަމް އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމް (ޓީމްސް)" ޕޯޓަލްގައި ރަޖިސްޓަރީވާން އަންގައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމު ކުރި "ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާ ބެހޭ ގަވާއިދު"ގައި ބުނެފައިވާ ގޮތުގައި މިހާރު އެ ޕޯޓަލްގައި ރަޖިސްޓަރީ ނުވެ ތިބި ފެސިލިޓީތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ވާން ޖެހޭނެ އެވެ. މި ގަވާއިދުގެ ދަށުން ހިއްސާ ކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ޕޯޓަލްގައި ހިއްސާ ކުރަން ޖެހޭނެ އެވެ.
ގަވާއިދުގެ ދަށުން ޓޫރިސްޓު ފެސިލިޓީތަކުން މިނިސްޓްރީއާ ހިއްސާ ކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެ ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތާއި ދާއިރާ ކުރިއެރުވުމަށް އެ މިނިސްޓްރީން ބޭނުންވާ މައުލޫމާތު ހިމެނެ އެވެ. މީގެ އިތުރުން އެ މިނިސްޓްރީން މިހާރު ނަގަމުން އަންނަ މައުލޫމާތުތައް ވެސް ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރަން ޖެހޭނެ އެވެ. ޓޫރިސްޓު ފެސިލިޓީތަކުން މިގޮތަށް ހިއްސާ ކުރާ މައުލޫމާތުތައް މިނިސްޓްރީން އާއްމު ކުރެވޭނީ ހުރިހާ ފެސިލިޓީތައް އެއްކޮށް ޖުމްލަ ހިސާބުތަކެއްގެ ގޮތުގަ އެވެ.
މިނިސްޓްރީ އަށް ބޭނުންވާ މައުލޫމާތު ހިއްސާ ނުކުރާ ފެސިލިޓީތައް ޖޫރިމަނާ ކުރާނެ ކަމަށް ވެސް މި ގަވާއިދުގައި ވަނީ ބުނެފަ އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވާއިދާ ހިލާފުވާ ފެސިލިޓީއެއް، އެ ފެސިލިޓީއެއްގައި ހުރި ކޮންމެ އެނދަކަށް 100ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެވަނަ ފަހަރަށް ކޮންމެ އެނދަކަށް 250ރ. އިން ޖޫރިމަނާ ކުރާއިރު ތިންވަނަ ފަހަރަށް ގަވާއިދާ ހިލާފުވުމުން އެނދަކަށް 500ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން ޖެހިޖެހިގެން ތިން ފަހަރަށްވުރެ ގިނައިން މި ގަވާއިދާ ހިލާފުވާނަމަ ކޮންމެ އެނދަކަށް 1،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ. މިގޮތަށް ޖޫރިމަނާ ކުރާއިރު އެންމެ ގިނަވެގެން އެ ފެސިލިޓީއަކުން ނެގޭނީ 100،000ރ. ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
މި ގަވާއިދުގެ ދަށުން ޖޫރިމަނާގެ ކަންތައް ބަލަހައްޓާނީ މީރާއިންނެވެ. ނަމަވެސް އެއްވެސް ފެސިލިޓިއަކުން ޖޫރިމަނާ ނުދައްކާނަމަ އެ ފެސިލިޓީއަކަށް ދީފައިވާ ލައިސަންސް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބޭނެ އެވެ.
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ޓޫރިސްޓް ފެސިލިޓީތަކުން ކޮވިޑް19 އަށް ސާމްޕަލް ނަގަނީ
ގަވާއިދާ ހިލާފުވާ ރިސޯޓުތައް ބަންދުކުރާނަން: ޓޫރިޒަމް
ހުރިހާ ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފި
ޓޫރިޒަމް ސެކްޓާ މި ދަނީ ކޮން ދިމާއަކަށް؟
އެންމެ ގިނަ ރިސޯޓް ހުޅުވީ މިިދިޔަ އަހަރު
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު