މިނިއާޕޮލިސް (ޖޫން 2) - ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރުވީ ފުލުސް މީހާ އޭނާގެ ކަރަށް ކަކުލުން އަރައި ފިއްތައިގެން ހުރުމުން ސިކުނޑި އަށް އޮކްސިޖަން ނުލިބި، ނޭވާ ހާސްވެގެން ކަމަށް މިނިވަން ފަރާތަކުން ހެދި އޮޓޮޕްސީގެ ރިޕޯޓުން ދައްކައިފި އެވެ.
02 ޖޫން 2020
މިނިއާޕޮލިސް (ޖޫން 2) - ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރުވީ ފުލުސް މީހާ އޭނާގެ ކަރަށް ކަކުލުން އަރައި ފިއްތައިގެން ހުރުމުން ސިކުނޑި އަށް އޮކްސިޖަން ނުލިބި، ނޭވާ ހާސްވެގެން ކަމަށް މިނިވަން ފަރާތަކުން ހެދި އޮޓޮޕްސީގެ ރިޕޯޓުން ދައްކައިފި އެވެ.
ފްލޮއިޑުގެ އާއިލާ ތަމްސީލް ކުރާ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔެ އަށް މަޝްހޫރު މެޑިކަލް އެގްޒަމިނަރުން ކަމަށްވާ ޑރ. މައިކަލް ބާޑެން އާއި ޑރ. އެލީސިއާ ވިލްސަންގެ ރިޕޯޓުން ދައްކާ ގޮތުގައި ފްލޮއިޑް، 46، މަރުވީ އެހެން ބަޔަކު ހިންގި އަމަލެއްގެ ސަބަބުން ކަމަށެވެ. އަދި އެ އަމަލުގެ ސަބަބުން މަރުވާން ދިމާވި މައިގަނޑު ސަބަބަކީ ބުރަކައްޓަށާއި ކަރަށް ބާރަށް ފިއްތުމުން ސިކުނޑި އަށް ލޭ ދިއުން ހުއްޓުވުމުން ކަމަށެވެ. ސިކުނޑި އަށް ލޭ ފޯރުން ހުއްޓުނީ ފިއްތައިގެން ހުރިލެއް ބާރުވުމުން ފްލޮއިޑުގެ ކަނާތް ފަރާތު ކެރޮޓިޑް އާޓަރީ ބްލޮކްވުމުން ކަމަށް ބުނެފައިވެ އެވެ.
ފްލޮއިޑުގެ ޑަޔަފްރަމްގެ މަސައްކަތް ހުއްޓުނީ އޭނާގެ ބުރަކައްޓަށް އޮތް ވެެއިޓާ އެކު ބިޑިއަޅުވާފައި އޮތް ގޮތުން ކަމަށް އެގްޒިމިނަރުން ފާހަގަކޮށްފައިވާ ކަމަށް ވަކީލުން ބުނެ އެވެ.
"މި ހުރިހާ ހެކިތަކާ އެކު ޑޮކްޓަރުން ގަބޫލް ކުރަނީ ފްލޮއިޑް މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދަން ނެގުމުގެ ކުރިން އޭނާ އޮތް ތަނުގައި ކަމަށް،" ވަކީލުން ބުނެފައިވެ އެވެ.
ބާޑެން ވިދާޅުވީ ފްލޮއިޑުގެ އެހެން ސިއްހީ މައްސަލައެއް ހުރިކަން ފާހަގަ ނުވާ ކަމަށެވެ.
ހެނެޕިން ކައުންޓީ މެޑިކަލް އެގްޒަމިނާ ވެސް ވިދާޅުވެފައި ވަނީ ފްލޮއިޑް މަރުވީ ފުލުސް މީހާ ކަރަށް ފިއްތައިގެން ހުރުމުގެ ސަބަބުން ކަމަށެވެ.
ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޑެރެކް ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން ހުއްޓެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.
ކަޅު ނަސްލުގެ މީހާ މަރާލި ފުލުހަށް ދައުވާކޮށްފި
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް