17 އޮކްޓޯބަރ 2016
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދުވާފަރުގައި ބެހެއްޓި ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި ގޮތުގައި އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިން ހިދުމަތް ދުވާފަރުގައި ތައާރަފް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
"ދުވާފަރުގެ ތަރައްގީ އާއި ކުރިއެރުމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ބީއެމްއެލް އިން މިހާރު ވެސް 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމް އާއި ޕީއޯއެސް ބޭނުން ކުރެވޭ 3،900 ތަނަކާއި 177 ކޭޝް އޭޖެންޓުން އަދި 16 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ. އަދި ބްރާންްޗް ނުހުންނަ ރަށްރަށަށް ގޮސް ބޭންކިންގެ ހިދުމަތް ދިނުމަށް ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން، އޮންލައިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ވެސް ދެމުން ގެންދެ އެވެ.
އެ ހިދުމަތްތައް ފުޅާކުރުމަށް ބީއެމްއެލް އިން އަންނަނީ 300 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް ހިންގަމުންނެވެ. އެ ގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އާ ބްރާންޗުތަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމްކުރަމުން އަންނައިރު، ދުވާފަރުގައި މިއަދު އޭޓީއެމްގެ ހިދުމަތް ފެށީ ވެސް އެ ޕްރޮގްރާމްގެ ދަށުންނެވެ.
"މިއީ އަޅުގަނޑުމެން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް. މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް މި ދަނީ މަންފާ ލިބެމުން،" އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ވިލިމާލެ އަށް
ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ފުވައްމުލަކަށް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ގާފަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ހިރިލަންދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި
މަޑުއްވަރީގައި ވެސް ބީއެމްއެލް އޭޓީއެމް ބަހައްޓައިފި
ކުރެންދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށައިފި
ދެއްވަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް