ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އިއްޔެ ހދ. ފިނޭގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އިއްޔެ ހދ. ފިނޭގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
އަމާޒަކީ މި ހަފްތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު 10 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ.ގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި، ފިނޭގައި އޭޓީއެމްގެ ހިދުމަތް އެ މަނިކުފާނު ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފިނޭ އާއި ހދ.އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"މިހާރު މި ރަށުގެ [ފިނޭ] ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު، ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 41 ބްރާންޗް، 146 ސެލްފްސާވިސް ބޭންކިން ސެންޓަރު، 204 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ގާފަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
ބީއެމްއެލްގެ އޭޓީއެމް އިތުރު ހަތަރު ރަށަކަށް
ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭ މުއްދަތު އިތުރުކޮށްފި
މިދިޔަ އަހަރު އޭޓީއެމުން 415 މިލިއަން ޑޮލަރު ނެގި
ބީއެމްއެލްގެ އިތުރު ދެ އޭޓީއެމް އައްޑޫގައި ބަހައްޓައިފި
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ވިލިމާލެ އަށް
އޭޓީއެމްތަކުން 300 މިލިއަން ޑޮލަރު ނެގި: ބީއެމްއެލް
ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ފުވައްމުލަކަށް
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދުވާފަރުގައި ފަށައިފި