22 ޖޫން 2020
އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓު ފުޅާކުރުމަށް އިތުރު ހަތަރު ރަށެއްގައި އޭޓީއެމް ބަހައްޓަން ބީއެމްއެލް އިން ނިންމައިފި އެވެ.
އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓު ފުޅާކުރުމަށް އިތުރު ހަތަރު ރަށެއްގައި އޭޓީއެމް ބަހައްޓަން ބީއެމްއެލް އިން ނިންމައިފި އެވެ.
ބީއެމްއެލްގެ ވިއުގަ ފުޅާ ކުރުމަށް އޭޓީއެމްތައް ހުޅުވުމަށް އެ ބޭންކުން ނިންމައިފައިވަނީ ނ. ކެނދިކުޅުދޫ އާއި ކ. ގުރައިދޫ އާއި އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގަ އެވެ. މި ރަށްތަކުގައި ބަހައްޓާ އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މި އޭޓީއެމްތަަކަކީ އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެ އަށް އެންމެ ޒަމާނީ ބޭންކިން ހިދުމަތްތައް ލިބޭނެ ގޮތް ފަހިކުރުމުގެ ގޮތުން އެ ބޭންކުން އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހަތަރު ރަށުގެ އޭޓީއެމް އަންނަ ހަފުތާ ތެރޭގައި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މިރަށްތަކަށް އޭޓީއެމް ގެންދާން. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެކަމަށް،" ޓިމް ސޯޔާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ސެލްފް ސާވިސް އޭޓީއެމްތަކާއި ބޭންކިން ހިދުމަތްތައް ތައާރަފްކުރަން ވެސް އެ ބޭންކުން ވަނީ ނިންމައިފަ އެވެ. ބީއެމްއެލްގެ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް ބަހައްޓާފައިވާއިރު 277 ކޭޝް އޭޖެންޓުން ތިބެ އެވެ.
ގާފަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭ މުއްދަތު އިތުރުކޮށްފި
މިދިޔަ އަހަރު އޭޓީއެމުން 415 މިލިއަން ޑޮލަރު ނެގި
ބީއެމްއެލްގެ އިތުރު ދެ އޭޓީއެމް އައްޑޫގައި ބަހައްޓައިފި
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ވިލިމާލެ އަށް
އޭޓީއެމްތަކުން 300 މިލިއަން ޑޮލަރު ނެގި: ބީއެމްއެލް
ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ފުވައްމުލަކަށް
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދުވާފަރުގައި ފަށައިފި
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް