Roadha Mihaaru
މިދިޔަ އަހަރު އޭޓީއެމުން 415 މިލިއަން ޑޮލަރު ނެގި

މިދިޔަ އަހަރު އޭޓީއެމްތަކުން 415 މިލިއަން ޑޮލަރު ނެގި

03 ފެބުރުއަރީ 2019

މިދިޔަ އަހަރު އޭޓީއެމްތަކުން 415 މިލިއަން ޑޮލަރު ކަސްޓަމަރުން ނަގާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އޭޓީއެމްތަކުން 415 މިލިއަން ޑޮލަރު ކަސްޓަމަރުން ނަގާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

މިއީ އޭގެ ކުރީ އަހަރު ނެގި ވަރަށް ވުރެ 115 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ބީއެމްއެލުން ބުނީ 2017 ވަނަ އަހަރު އޭޓީއެމްތަކުން ނެގީ 300 މިލިއަން ޑޮލަރު ކަމަށެވެ.

މިދިޔަ އަހަރު އެ ބޭންކުން ވަނީ ދަތުރުވެރިންނަށް 264.7 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދަތުރުވެރިންނަށް ރާއްޖެއިން ވިއްކި 42.7 މިލިއަން ޑޮލަރާއި ބޭރު ގައުމުތަކުގައި ކާޑުން ހޭދަކުރި 222 މިލިއަން ޑޮލަރެވެ. ދަތުރުވެރިންނަށް ވިއްކި ޑޮލަރުގެ މިންވަރު 2017 ވަނަ އަހަރާ އަޅާބަލާއިރު މަދެވެ. އެގޮތުން އެ އަހަރު 48.1 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

އެ އަހަރު ކާޑުން ބޭރު ގައުމުތަކުގައި ބޭނުންކޮށްފައިވަނީ 208 މިލިއަން ޑޮލަރެވެ. ބީއެމްއެލުން 2017 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ކޮންމެ ފަސިންޖަރަކަށް 500 ޑޮލަރުގެ މަގުން އަންނަނީ ވިއްކަމުންނެވެ.

ބީއެމްއެލުން ޑޮލަރު ނެގުމަށް މާލޭގައި ތިން އޭޓީއެމް އަދި އެއާޕޯޓުގައި އޭޓީއެމެއް ބަހައްޓާފައިވެ އެވެ.