01 ޖޫން 2016
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުން ރިޓަޔަކުރަން ނިންމި ނިންމުން ބަދަލުކުރަން އޭނާ ކައިރިން އެދޭނެ ކަމަށް އެފްއޭއެމްގެ އާ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުން ރިޓަޔަކުރަން ނިންމި ނިންމުން ބަދަލުކުރަން އޭނާ ކައިރިން އެދޭނެ ކަމަށް އެފްއޭއެމްގެ އާ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ޓްރިވެންޑްރަމްގައި އޮތް ސާފް ސުޒުކީ ކަޕަކީ ދަގަނޑޭ ގައުމީ ޓީމަށް ކުޅޭނެ ސަރަހައްދީ ފަހު މުބާރާތް ކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ. ޓޮމް ވިދާޅުވީ ދަގަނޑޭގެ ބޭނުން އަދިވެސް ގައުމީ ޓީމަށް ޖެހޭ ކަމަށެވެ.
"މަގާމަށް އައުމުގެ ކުރިން ވެސް އަޅުގަނޑު ގަބޫލުކުރާ ގަބޫލުކުރުމެއް ހާމަކުރިން. އެއީ އަޝްފާގުގެ ބޭނުން އަދި ވެސް މި ރީޖަނުގައި އަޅުގަނޑުމެންނަށް ފަސް ވަރަކަށް އަހަރު ބޭނުން ކުރެވިދާނެ. އެއީ އޭނާ އިންޖަރީ އަށް ބެލުމަށް ފަހު. އެއީ އަޝްފާގު މި ވަގުތު ވެސް ހުރީ އޭނާ އަށް ލިބިފައިވާ ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ އެންމެ ފަހުން ކުޅުނު ކްލަބްގެ ކޮންޓްރެކްޓް ބާތިލްކޮށްގެން" އިއްޔެ އެފްއޭއެމްގެ އިންތިހާބަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވި އެވެ.
2013 ވަނަ އަހަރުގެ ލީގު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ދަގަނޑޭ (ކ) އާއި ޓޮމް އުފާފާޅުކުރަނީ.-- މޯލްޑިވްސްސޮކާ
"އަޝްފާގާއި ވާހަކަ ދައްކާނަން އޭނަގެ ބޭނުން ފުޓްބޯޅަ އަށް ޖެހޭ. އޭނަ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އާދަޔާ ހިލާފު މޮޅު ކުޅުންތެރިޔެއް." ޓޮމް
ދަގަނޑޭ އާއި ޓޮމް ވަނީ މީގެ ކުރިން ގައުމީ ޓީމައި ނިއު ރޭޑިއަންޓްގެ ފޯވާޑް ލައިން ބަލަހައްޓައިފަ އެވެ. އޭރު މި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ޑިފެންޑަރުން އެންމެ ޖެހިލުންވާ ފޯވާޑުންނެވެ.
ޓޮމް ވިދާޅުވީ އަޝްފާގުގެ ނިންމުން ބަދަލުކުރުމަށް އޭނާ ކައިރީގައި އެދޭނެ ކަމަށެވެ.
"އަޝްފާގާއި ވާހަކަ ދައްކާނަން އޭނަގެ ބޭނުން ފުޓްބޯޅަ އަށް އެބައޮތް. އޭނަ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އާދަޔާ ހިލާފު މޮޅު ކުޅުންތެރިޔެއް. އެ ފަދަ ކުޅުންތެރިޔެއްގެ ބޭނުން އެފްއޭއެމަށް އޮންނާނެ . އެ ކުޅުންތެރިޔާ ދޫކޮށްލަންދެން. އަޅުގަނޑުމެން އަދިވެސް އެދޭނަން އަޝްފާގަށް ގައުމީ ޓީމާ އެކު ކުރިއަށް ދިއުމަށް." ޓޮމް ވިދާޅުވި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑުން ކޯޗު ރިކީ ހާބަޓް ވަނީ ދަގަނޑޭ އަށް ފުރުސަތު ދީފަ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން ޓީމުގެ އެއްވެސް ފަރިތަކުރުމެއްގައި ދަގަނޑޭ ބައިވެރިއެއް ނުވެ އެވެ.
ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމުގެ ގޮތުން ކުޅުމާ ދުރު ހުންނަން ޖެހިފައިވާތީ ދަގަނޑޭ ވަނީ އޭނާ ކުޅެމުން އައި މެލޭޝިއާގެ ޕީޑީއާރްއެމްއާ އެކު ހަދާދައިވާ އެއްބަސްވުން މިދިޔަ ހަފުތާގައި އުވާލައިފަ އެވެ.
ގައުމީ ޓީމު ޖޯކަކަށް ހަދައިފި، އެފްއޭއެމް އަތް ޖަހަން
ދިވެހި ފުޓްބޯޅައަށް އެންމެންގެ އެހީ ބޭނުންވޭ: ޔަންކޭ
ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ
ދަގަނޑޭ އާއި އިމްރާންގެ ތާއީދު ޓޮމް އަށް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު