Roadha Mihaaru
ދަގަނޑޭ އާއި އިމްރާންގެ ތާއީދު ޓޮމް އަށް

ދަގަނޑޭ އާއި އިމްރާންގެ ތާއީދު ޓޮމް އަށް

17 މެއި 2016

މި މަހު ބާއްވަން ނިންމާފައިވާ އެފްއޭއެމް އިންތިހާބުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދުގެ ތާއިދު އޮތީ ކުރިން ގައުމީ ޓީމަށް ކުޅުނު މިހާރު ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަހުމަދު ތޯރިގު (ޓޮމް) އަށް ކަމަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި މަހު ބާއްވަން ނިންމާފައިވާ އެފްއޭއެމް އިންތިހާބުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދުގެ ތާއިދު އޮތީ ކުރިން ގައުމީ ޓީމަށް ކުޅުނު މިހާރު ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަހުމަދު ތޯރިގު (ޓޮމް) އަށް ކަމަށް ބުނެފި އެވެ.

ދަގަނޑޭ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދެވޭނެ ބޭފުޅަކީ، މިހާރު އދ. މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު، ޓޮމް ކަމަށެވެ.

ދަގަނޑޭގެ ޓްވީޓް.--

ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވަނީ ޓޮމް އަށް ތާއީދުކޮށް ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ގޯލްކީޕަރު އަދި ޓޮމްގެ ތިމާގެ ކުޅުންތެރިއެއް ކަމަށްވާ އިމްރާން މުހައްމަދާއި ޓޮމްއާ އެކު ކުރިން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މުހައްމަދު ސޮބާހު (ސޮބާ) ހިމެނެ އެވެ.

ޓޮމް އަށް ތާއީދު އޮތް އިމްރާންގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް

އެފްއޭއެމްގެ އިންތިހާބުގައި ޓޮމްއާ ވާދަކުރައްވަނީ ކުރިން އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ.

މި މަހު 31 ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރެއްވީ ވެސް އެ ދެ ބޭފުޅުންނެވެ. އިންތިހާބަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.

އެފްއޭއެމް އިންތިހާބު ބާއްވަން ފީފާއިން ދީފައިވާ އެންމެ ފަހު މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. މި މަހު އިންތިހާބު ނުބޭއްވިއްޖެ ނަމަ ފީފާއިން ރާއްޖެ ސަސްޕެންޑްކުރާނެ އެވެ.