15 މެއި 2020
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގެ ލޮކްޑައުން ދެ ހަފުތާއަށް އިތުރުކޮށްފައި ވާތީ އެ ދެ ހަފުތާގައި ބޭންކިން ހިދުމަތް ލިބޭނީ ތިން ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިރޭ ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގެ ލޮކްޑައުން ދެ ހަފުތާއަށް އިތުރުކޮށްފައި ވާތީ އެ ދެ ހަފުތާގައި ބޭންކިން ހިދުމަތް ލިބޭނީ ތިން ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިރޭ ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ އަންނަ ހަފުތާގައި އެމްއެމްއޭ އާއި އެހެން ބޭންކުތަކުން ހިދުމަތް ލިބޭނީ ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ. އަދި ދެ ވަނަ ހަފުތާގައި ހިދުމަތް ދިނުމަށް ބޭންކުތަކާއި އެމްއެމްއެމްއޭ ހުޅުވާފައި ހުންނާނީ އަންގާރަ ދުވަހު އެކަނި ކަމަށް ވަނީ ނިންމައިފަ އެވެ.
އެ ދުވަސްތަކުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.
ކޮވިޑް-19 ފެތުރޭތީ ބޭންކުތަކުން ހިދުމަތްދޭ ދުވަސްތައް މަދުކުރި ނަމަވެސް އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. މި ދުވަސްތަކުގައި އޮންލައިންކޮށް ނުވަތަ ސެލްފްސާވިސް ސެންޓަރުތައް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ބޭންކުތަކުން އިލްތިމާސް ކުރެ އެވެ.
މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން 14 ދުވަހަށް އިތުރު ކުރީ ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު މި ދެ ހަފުތާގައި ގޯސްވެދާނެ ކަމަށް ބަލައި ރައްކާތެރިކަމުގެ ގޮތުންނެވެ. މިހާތަނަށް 1،020 މީހަކު ޕޮޒިޓިވް ވެފައިވާއިރު ހަތަރު މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް 46 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު
ބޭންކްތައް އަނެއްކާވެސް ހަފުތާއަކު ތިން ދުވަހު ހުޅުވަނީ
50 މިލިއަން ރުފިޔާގެ ކްރެޑިޓް ގެރެންޓީ ސްކީމެއް
ޕޭމަންޓް ސިސްޓަމް ތިން ބޭންކާ އެކު އަންނަ މަހު ފަށަނީ
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ސްކޭމް ކޯލްތައް އިތުރުވެ، އިދާރާތައް އެއް މޭޒަކަށް
މާދަމާ ބީއެމްއެލް ބަންދުވާނެ
ރާއްޖޭގެ ބޭންކިން ވިޔަފާރި މި ގޮތުގައި ބާއްވަންވީތަ؟
"ބީއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް
ބޭންކިން ސެކްޓާ އުޖާލާ، އިގްތިސާދަށް އާ އުންމީދެއް!