Roadha Mihaaru
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު

އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު: އެމްއެމްއޭ

14 މެއި 2021

އަންނަ ހަފުތާގައި ބޭންކުތައް ހުޅުވާނީ ތިން ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންނަ ހަފުތާގައި ބޭންކުތައް ހުޅުވާނީ ތިން ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ބުނީ އަންނަ ހަފުތާ ބޭންކު ހުޅުވައިގެން ހިދުމަތް ދެވޭނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ކަމަށެވެ. އެމްއެމްއޭ އިން ވެސް ހިދުމަތް ދޭނީ މި ދުވަސްތަކުގަ އެވެ.

އެމްއެމްއޭއިން ބުނީ މި ދުވަސްތަކުގައި އެތަނުން ފައިސާ ބަލައިގަނެ، ދޫކުރުމުގެ ހިދުމަތާއި ސިޓީ ބަލައިގަތުމުގެ ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ. މި ވަގުތުތަކުގައި ހިދުމަތް ދޭނީ މިހާރު ވެސް ދެމުން އަންނަ ގޮތަށް އެޕޮއިންޓްމަންޓަށް ކަމަށް އެ އިދާރާ އިން ބުންޏެވެ.

ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނެސްފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. މި ދުވަސްވަރު ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި އޮންލައިންކޮށް ހިދުމަތް ހޯދަން ވަނީ އިރުޝާދު ދީފަ އެވެ.

އެމްއެމްއޭގެ އިތުރުން ރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް ވަނީ ކޮވިޑް-19ގެ ހާލަތު ރަނގަޅުވަންދެން، އޮންލައިންކޮށް ލިބޭ ހިދުމަތްތައް އޮންލައިންކޮށް ހޯދަން އެދިފަ އެވެ.