Roadha Mihaaru

އެމްއައިބީ މެރިންޑްރައިވް ބްރާންޗު، ރީޓެއިލް ބްރާންޗަކަށް ބަދަލުކޮށްފި

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްއައިބީގެ ބްރާންޗު، ރީޓެއިލް ކަސްޓަމަރުނަށް ހާއްސަ ކޮށްފި އެވެ.

އެމްއައިބީ މެރިންޑްރައިވް ބްރާންޗު ރީޓެއިލް ބްރާންޗަކަށް

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްއައިބީގެ ބްރާންޗު، ރީޓެއިލް ކަސްޓަމަރުނަށް ހާއްސަ ކޮށްފި އެވެ.

އެމްއައިބީ އިން ބުނީ އެ ބަދަލާއެކު، އެ ބްރާންޗު ބޭނުން ކުރާ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމައްސާފައިވާނެ ކަމަށެވެ.

ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަ އެ ބްރާންޗުން ހިދުމަތް ދޭނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ކޭޝް ކާޑާއި އަނގޮއްޓި އާއި ޓެގު ދޫކުރާނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށް އެ ބްރާންޗުގެ ގްރައުންޑް ފްލޯއިންނެވެ.

ރީޓެއިލް ބްރާންޗް މެދުވެރިކޮށް، އަމިއްލަ ފަރުދަކަށް ބޭނުންވާނެ ހުރިހާ ބޭންކިން ހިދުމަތެއް ލިބޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ. އެކައުންޓު ހުޅުވުމާއި ފައިސާ ޖަމާކޮށް، ނެގުމުގެ އިތުރުން ޗެކު ފޮތް ނެގުން އަދި ބޭންކު ސްޓޭޓްމަންޓަށް ވެސް އެދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީފްލެޖް އިސްލާމިކް ބޭންކުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް ދެމުން އައި ނަމަވެސް އެ ބޭންކުން އަންނީ ބްރާންޗުތައް އިތުރުކޮށް، ބޭންކަށް ދާން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެކަމަށް މަގު ފަހި ކޮށްދެމުންނެވެ.

އެމްއައިބީގެ މީޑިއާ މެނޭޖަރު އަހުސަން ޖަމީލް ވިދާޅުވީ، އެއީ ރާއްޖޭގައި ބޭންކިންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކުރި ބޭންކު ކަމަށާއި އަމާޒަކީ މުޖުތަމައުގެ އެއްވެސް ފަރުދެއް ބާކީ ނުކޮށް، ހުރިހާ ހިދުމަތެއް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ.

އެމްއައިބީއަކީ ބޭންކަށް ނުގޮސް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް އެކައުންޓު ހުޅުވޭނެ ބޭންކެކެވެ. އެ ބޭންކުން އަންނަނީ އެންމެ ޒަމާނީ ހިދުތަމްތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. ފައިސާ ދެއްކޭ އަނގޮޓިއެއް ރާއްޖެ އަށް އަލަށް ތައާރަފު ކުރުމުގެ އިތުރުން އެ ބޭންކުން ވަނީ ފައިސާ ދެއްކޭ ޓެގެއް ވެސް ކަސްޓަމަރުންނަށް ދޫކޮށްފަ އެވެ.