Roadha Mihaaru

އެމްއައިބީގެ ޑޮލަރު/ރުފިޔާ އޭޓީއެމްއެއް އަމީނީ މަގުގައި ހުޅުވައިފި

ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މާލޭގެ އަމީނީ މަގުގައި ހުޅުވައިފި އެވެ.

އެމްއައިބީގެ ޑޮލަރު/ރުފިޔާ އޭޓީއެމްއެއް އަމީނީމަގުގައި ހުޅުވައިފި

ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމެއް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މާލޭގެ އަމީނީ މަގުގައި ހުޅުވައިފި އެވެ.

އަމީނީ މަގުން ފިނޭންސް މިނިސްޓްރީގެ ކޮށީގައި ހުޅުވި އެ އޭޓީއެމުން 24 ގަޑި އިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އަމީނީ މަގު އޭޓީއެމާ އެކު، މާލޭގެ ހަތަރު ސަރަހައްދެއްގައި އެމްއައިބީގެ ޑޮލަރު އޭޓީއެމް މިހާރު ހުންނާނެ އެވެެ. އެއީ އެ ބޭންކުގެ ހެޑް އޮފީހުގެ އޭޓީއެމާއި ރީޓެއިލް ބްރާންޗު، އާޓިފިޝަލް ބީޗު ކުރިމަތިން ހ. މެރިން ޑްރީމް އަދި އެސްޓީއޯ ސުޕަމާޓް ކައިރިން ފާމުދޭރިގޭގައި ހުންނަ އޭޓީއެމް އެވެ.

އެ އޭޓީއެމް ސެންޓަރުތަކުން ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ. އެ ހަތަރު އޭޓީއެމްގެ އިތުރުން ރުފިޔާ އިން ހިދުމަތް ދޭ އޭޓީއެމް މަޖީދީ މަގާއި އައިޖީއެމްއެޗުގައި ވެެސް ހުރެ އެވެ.

އެމްއައިބީ އިން އަންނަނީ އެ ބޭންކުގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ފުޅާ ކުރަމުންނެވެ. އެ ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ރ. އުނގޫފާރުގައި ސޭލްސް ސެންޓަރެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ސޭލްސް ސެންޓަރަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.