Roadha Mihaaru
އެމްއައިބީ އަށް 10 އަހަރު ފުރުން ފާހަގަކޮށްފި

އެމްއައިބީ އަށް 10 އަހަރު ފުރުން ފާހަގަކޮށްފި

12 މާޗް 2021

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ޝަރީޔާގެ އުސޫލުން ހިންގާ ބޭންކް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ޝަރީޔާގެ އުސޫލުން ހިންގާ ބޭންކް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

އެމްއައިބީން ހިދުމަތް ދޭން އެންމެ ފުރަތަމަ ފެށީ މާޗް 7، 2011 ގަ އެވެ. އެ ބޭންކަކީ ސަރުކާރާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ހިއްސާ އޮންނަ ބޭންކެކެވެ.

މިފަދަ ބޭންކެއް ހުޅުވުމުގެ ބޭނުމަކީ ރާއްޖެ ފަދަ 100 ޕަސެންޓް މުސްލިމުން ދިރިއުޅޭ ގައުމެއްގައި ޝަރީޔާގެ އުސޫލުން މާލީ ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތްތަކެއް ފަހި ކޮށްދިނުމެވެ.

އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރި މަސައްކަތްތަކުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި ބޭންކުން ވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން ބޭންކުގެ ސޭވިންސް ޑިޕޮސިޓް ވަނީ ދިވެހި ބޭންކިންގ ސިނާއަތުގެ އެންމެ ފުންނާބުއުސް ފަރާތްތަކާ ފައިތިލަ ހަމަކޮށްފަ އެވެ.

އެމްއައިބީން ބުނީ ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ހަ ރަށެއްގައި ބޭންކުގެ ބްރާންޗްތަށް ވަނީ ހުޅުވާފައިވާ ކަމަށެވެ. މީގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގ.ދ. ތިނަދޫ ހިމެނެ އެވެ. ބޭންކުގެ 56،000 އެކްޓިވް ކަސްޓަމަރުން ތިބި އިރު އެމްއައިބީގެ "ފައިސާ ކާޑު އެމްއައިބީގެ ޕީއޯއެސް ބޭނުން ކޮށްގެން ރާއްޖޭގެ ގިނަ ވިޔަފާރިތަކުކުން ނަގުދު ފައިސާއާ ނުލައި ވިޔާފާރި ކުރާ އިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ 20 އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގެ އެވެ.