މެކްސިކޯ ސިޓީ (މެއި 7) - ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން 2015 ވަނަ އަހަރު ޔާގެން ކްލޮޕް ނިންމީ މެކްސިކޯ ގައުމީ ޓީމާ ހަވާލުވާން ލިބުނު ފުރުސަތެއް ދޫކޮށްލުމަށް ފަހު ކަމަށް މެކްސިކޯ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމް ހުއިލެރްމޯ ކާންޓޫ ބުނެފި އެވެ.
07 މެއި 2020
މެކްސިކޯ ސިޓީ (މެއި 7) - ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާން 2015 ވަނަ އަހަރު ޔާގެން ކްލޮޕް ނިންމީ މެކްސިކޯ ގައުމީ ޓީމާ ހަވާލުވާން ލިބުނު ފުރުސަތެއް ދޫކޮށްލުމަށް ފަހު ކަމަށް މެކްސިކޯ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމް ހުއިލެރްމޯ ކާންޓޫ ބުނެފި އެވެ.
ހަތް އަހަރު ވަންދެން ބޮރޫޝީއާ ޑޯޓްމަންޑަށް ކޯޗުކޮށްދިނުމަށް ފަހު 2015 ވަނަ އަހަރު އެ ޓީމާ ވަކިވިއިރު، ކްލޮޕް ވަނީ އެ ޓީމަށް ޖަރުމަނު ލީގު ދެ ފަހަރު ކާމިޔާބު ކޮށްދީފަ އެވެ. އަދި 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ގެންގޮސްދިނެވެ.
ޑޯޓްމަންޑް ކޯޗުކަމުން ވަކިވެ ކްލޮޕްގެ ވިސްނުން ހުރީ ފުޓްބޯޅަ އިން ބްރޭކެއް ނެގުމަށެވެ. އެކަމަކު އެ ހިޔާލު ދޫކޮށްލަން ޖެހުނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިވަޕޫލްގެ ކޯޗަކަށްވާން ފުރުސަތު ލިބުމުންނެވެ. އެކަމަކު އޭގެ ކުރިން އޭނާއާ ގިނަ ޓީމުތަކުން ވާހަކަ ދެއްކި އެވެ. އޭގެ ތެރޭގައި މެކްސިކޯ ފުޓްބޯޅަ ފެޑެރޭޝަން ހިމެނެ އެވެ.
"އަހަރަމެން ކްލޮޕްއާ ހަމައަށް މެސެޖެއް ފޮނުވިން މެކްސިކޯ ގައުމީ ޓީމާ ހަވާލުވާން. އެކަމަކު ވަރަށް ސާފުކޮށް ކްލޮޕްގެ ފަރާތުން ލިބުނު ޖަވާބަކީ އޭނާ ހުރީ އަދި ގައުމީ ޓީމަކަށް އަންނަގޮތަކަށް ނޫންކަން. ކްލަބް ފުޓްބޯޅައިގައި އޭނާ ހާސިލްކުރަން ޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ބުނި،" ކާންޓޫ ބުންޏެވެ.
"ކްލޮޕް ލިވަޕޫލަށް ޝައުގުވެރިވީ އިނގިރޭސި ފުޓްބޯޅަ ތެރޭގައި އޭނާ މަސައްކަތްކުރަން ބޭނުންވާތީ."
މެކްސިކޯ އިން އެ ފަހަރު ކްލޮޕް ގެންދަން ކުރި މަސައްކަތް ކާމިޔާބުނުވުމުން ޓީމު ހަވާލުކުރީ ހުއާން ކާލޯސް އޮސޯރިއޯ އެވެ. އޮސޯރިއޯ ވަނީ މެކްސިކޯގައި ކާމިޔާބު މަސައްކަތްތަކެއްކޮށްފަ އެވެ. މެކްސިކޯ ގޮވައިގެން އޮސޯރިއޯ ނުކުތް މެޗުތަކަށް ބަލާއިރު 70 ޕަސެންޓް މެޗުތަކުން ވަނީ މޮޅުވެފަ އެވެ.
"ކްލޮޕްގެ އެ ނިންމުމުން އަހަރެމެންނަށް ވެސް ގޯހެއް ނެތް. އޮސޯރިއޯ ކާމިޔާބު މަސައްކަތްތަކެއް ކޮށްފި. އަހަންނަށް ފެނޭ ކްލޮޕް ވެސް ކާމިޔާބު ހޯދިތަން. ފުޓްބޯޅައިގެ ވިސްނުމަށް ބަލާއިރު ކްލޮޕް އެ ފަހަރު މެކްސިކޯއާ ނުގުޅުމަކުން ގޯހެއް ނެތް،" ކާންޓޫ ބުންޏެވެ.
ކްލޮޕް ވަނީ ލިވަޕޫލާ އެކު ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ދާދި ފަހުން ސޮއިކޮށްފައިވާއިރު، ކްލޮޕް ހޯދަން ޖަރުމަނުގެ ގައުމީ ޓީމުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވަނީ މިހާރުގެ ކޯޗު ޔޯކިމް ލޯވް މަގާމުން ވަކިވާއިރު ކްލޮޕް އެ ޓީމަށް ގެންދާށެވެ.
ކްލޮޕާއި ސްލޮޓް އެއްގޮތެއްނޫން، މީ ތަފާތު ދެ ޓީމެއް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލްގެ ރާޑަރަށް ފައިނޯޑްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
"11 ކުޅުންތެރިން ތިބިއްޔާ ލިވަޕޫލް ދާނީ ކުރިއަށް"
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް
އިނގިރޭސި ފުޓްބޯޅަ ބަދަލުކޮށްލި ކްލޮޕް ލިވަޕޫލާ ދުރަށް
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް