06 މެއި 2020
މާލޭގެ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހުގެ 18 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހުގެ 18 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުގެ އެދުމަކަށް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތް ކުރުމަށް ބޭނުންވާނެ ސާމާނު ވަނީ ދީފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ހަދަން ފެށި ފެސިލިޓީގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
ސަފީރު ޖާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަ ބްލޮކަކަށް ހަދާ ފެސިލިޓީއަކީ 800 މީހުންގެ ޖާގައިގެ ތަނެކެވެ. އެ ތަނުގައި 175 މީހުންގެ ޖާގައިގެ ކާ ކޮޓަރިއަކާއި 84 މީހުންގެ ޖާގައިގެ ފާހަނާ ބްލޮކެއް ވެސް އަންނަނީ ހަދަމުންނެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އަންނަނީ ދަތި ތަންތަނުގައި، ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރަމުންނެވެ. އެގޮތަށް މިހާރު ވެސް ހުޅުމާލޭގައި ހުރި ހިޔާތަކަށާއި ގުޅިފަޅަށް ބިދޭސީން ބަދަލުކޮށްފައި ވެ އެވެ.
ޗައިނާއިން ވަނީ، އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ކޮންޓްރޯލް ކުރަން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީވާން 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ޗައިނާ އިން ފެސިލިޓީގެ މަސައްކަތް ނިންމައި ހަވާލުކޮށްފި
ފެސިލިޓީ ހަދަން ޗައިނާ މަސައްކަތު މީހުންނާއި ތަކެތި
ހިޔާގައި އިތުރު ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏަކަށް
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
ތިލަފުށި ހިއްކުން ބްރިޖު ބަލަހައްޓާ ކުންފުންޏަށް
ޗައިނާގެ އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"
ރައީސާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވައިފި
މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދު އަލުން ދިރުވަން
ފައްޔާޒުގެ ވާހަކަތަކަށް ޗައިނާ އިން ރައްދު ދީފި