13 އޮކްޓޯބަރ 2020
ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ ލޯނުގެ އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް މިއަދު ރައްދު ދެއްވައިފި އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ ލޯނުގެ އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް މިއަދު ރައްދު ދެއްވައިފި އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ފައްޔާޒު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ ކަމަށް ވިދާޅުވެފަ އެވެ. އެއީ ސޮއިކުރަން ހެޔޮވާވަރު އެއްބަސްވުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
ފައްޔާޒު ވަނި އެ އެއްބަސްވުމުގައި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާނެ އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
މި ވާހަކަތަކަށް ރައްދުދެއްވައި، ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ، އެއީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ހަދާފައިވާ "ފެންވަރު ރަނގަޅު" އެއްބަސްވުމެއް ކަމަށެވެ.
FTA ???? is of mutual benefit and high-quality. It conforms to international practice and will lift the economic and trade ties to new level.
— Amb. Zhang Lizhong (@AmbassadorZhang) October 13, 2020
China signed 18 FTAs with 22 partners, and no FTA has ever disrupted any country's trade ties with its trading partners.
ޗައިނާގެ ސަފީރުގެ ޓުވީޓު
އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ފައްޔާޒު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ މިހާތަނަށް 22 ގައުމަކާ އެކު ޗައިނާ އިން މިފަދަ 18 އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އެއިން އެއްވެސް ގައުމަކާއި އެހެން ގައުމަކާ އޮންނަ ގުޅުމަކަށް އެ އެއްބަސްވުމުގެ ސަބަބުން ބުރޫއަރާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ، ރާއްޖެ އާއި ޗައިނާ އިން ގާއިމުކުރި އެއްބަސްވުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި އޭގެ ސަބަބުން ދެގައުމުގެ އިގުތިސޯދު އެހެން ހަރުފަތަކަށް އުފުލޭނެ ކަމަށެވެ.
ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ އެއްބަސްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަނީ ފެށުނީއްސުރެ ފާޑު ކިޔަމުންނެވެ. އެގޮތުން، ޗައިނާގެ އެއްބަސްވުމުގެ ސަބަބުން ގައުމު އަޅުވެތިވާނެ ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކި ފަހަރު މަތިން ފާޑުވިދާޅުވެފައި ވެ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ޗައިނާގެ އެއްބަސްވުމަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.
ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ޗައިނާގެ އެއްބަސްވުމުން ރާއްޖެ އަށް ފައިދާ ހޯދެން އޮއްވައި މި ސަރުކާރުން އެއާ ގުޅުވައިގެން ދައްކަނީ އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އެފްޓީއޭގެ ސަބަބުން ރާއްޖެ އަކީ ސީފުޑް އަދި އަގުބޮޑު މުދަލުގެ ރީއެކްސްޕޯޓް ހަބަކަށް ހެދޭނެ،" ރާއްޖެ އާއި ޗައިނާ އިން ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓު (އެފްޓީއޭ) ގެ ދިފާއުގައި ސައީދު ވިދާޅުވެފައި ވެ އެވެ.
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
ޗައިނާގެ އެފްޓީއޭއިން ވާނީ ގެއްލުން: ފައްޔާޒު
މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދު އަލުން ދިރުވަން
އެފްޓީއޭއާއެކު އަންނަ އަހަރު 4 މިލިއަން ޑޮލަރު ގެއްލޭ
މިނިވަން ވިޔަފާރީގެ އެެއްބަސްވުމުގައި ރާއްޖެ-ޗައިނާ ސޮއިކޮށްފި
ރާއްޖެ- ޗައިނާ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަނީ
ނުކުރެވި އޮތް ކަމަކީ ޗައިނާއާ އެކު މިނިވަން ވިޔަފާރި!
ރާއްޖެ އާއި އެފްޓީއޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ
އެފްޓީއޭއަކީ "ހަމައެއްލަމައެއްނެތި" ދޭ ހުއްދައެއް ނޫން