07 ޑިސެމްބަރ 2017
ރައީސް ޔާމީންގެ ވެރިކަމުގެ ފަސް ވަނަ އަހަރު ގުނަމުން ދާއިރު، ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުންތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުން ނަމަ އެ މަނިކުފާނަކީ "800 މިލިއަން ގެންގުޅޭ މީހެއް" ވީމާ، އެ މަނިކުފާނަށް ކުރިމަތި ކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާނީ ވެސް މިލިއަނުންނާއި ބިލިއަނުން އަގު ކުރެވޭ ތަރައްގީގެ މަޝްރޫއުތަކުންނެވެ. އަދި އެ މަނިކުފާނުގެ ހުރިހާ ވިސްނުންފުޅެއް ހުރީ "ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް" ތަރައްގީ އަށްޓަކައި ހުޅުވެން ހުރި ހުރިހާ ދޮރެއް ހުޅުވުމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފަސް ވަނަ އަހަރު ގުނަމުން ދާއިރު، ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުންތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުން ނަމަ އެ މަނިކުފާނަކީ "800 މިލިއަން ގެންގުޅޭ މީހެއް" ވީމާ، އެ މަނިކުފާނަށް ކުރިމަތި ކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވާނީ ވެސް މިލިއަނުންނާއި ބިލިއަނުން އަގު ކުރެވޭ ތަރައްގީގެ މަޝްރޫއުތަކުންނެވެ. އަދި އެ މަނިކުފާނުގެ ހުރިހާ ވިސްނުންފުޅެއް ހުރީ "ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް" ތަރައްގީ އަށްޓަކައި ހުޅުވެން ހުރި ހުރިހާ ދޮރެއް ހުޅުވުމަށެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމީ ވެސް، އެކަމުން ދިވެހި ދައުލަތަށް ލިބޭނެ މަންފާ އާއި ގެއްލުން އިގްތިސާދީ ތިލަފަތުން ރަނގަޅަށް ވަޒަން ކުރުމަށް ފަހުގައި ކަމަށް، އެ އެއްބަސްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިރު، ރައީސް ޔާމީން ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެ އެއްބަސްވުމަކީ، ރާއްޖެ އަށް އެއްވެސް ގޮތަކުން ފައިދާއެއް ހުރި އެއްޗެއް ނޫނެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާ އިރު، ޗައިނާ އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާ އެކު އެހެން ގައުމުތަކުން ކުރާ ވިޔަފާރިތައް ހަލާކުވެގެން ދާނެ އެވެ.
އަދި އެ އެއްބަސްވުން ގާއިމުކޮށްފި ނަމަ، ރާއްޖެ އަށް ބޭނުންވާ މުދާތައް ދެން އެތެރެ ކުރަން ޖެހޭނީ ހަމައެކަނި ޗައިނާ އިން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ރީޓެއިލް ވިޔަފާރިތައް ދިވެހިންގެ އަތުން ބީވެ، ޗައިނާ ވިޔަފާރިވެރިންގެ އަތްމައްޗަށް އެ ވިޔަފާރިތައް ބަދަލުވެ ދިވެހި ވިޔަފާރިތައް އިނދަޖެހިގެންދާނެ އެވެ.
މިނިވަން ވިޔަފާރިއަކީ އެހާ ނުރައްކާތެރި އެއްޗެއް ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ، ދުނިޔޭގެ އެހެން ގައުމުތަކުން އެހާ ނުރައްކާތެރި ކަމެއް ކުރުމަށް އަވަދިނެތި އެ މަސައްކަތް ކުރަނީ ކީއްކުރަން ހެއްޔެވެ؟ ދުނިޔޭގެ ކުރިއަރާފައިވާ އެތައް ގައުމެއްގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކޮށް ކާމިޔާބުކަމާ އެކުގައި އެ ދަނީ ވިޔަފާރި ކޮށް އިގްތިސާދީ ގޮތުން ބޮޑެތި މަންފާތަކެއް ހޯދަމުންނެވެ.
މިނިވަން ވިޔަފާރިއަކީ އަދުގެ ބައިނަލްއަގުވާމީ އިގްތިސާދުގައި ވަރަށް އާންމު ކަމެކެވެ. ޚާއްސަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި މިނިވަން ވިޔަފާރީގެ ސަބަބުން އިގްތިސާދީ ގިނަ އުސްމިންތަކެއް ހާސިލުކޮށްފައިވާ ކަން ފާހަގަ ކުރެވެ އެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެންމެ ކާމިޔާބު މިނިވަން ވިޔަފާރީގެ ނަމޫނާއަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއާ ދެމެދު 1994 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުން (ނަފްޓާ) އެކު އުފެދުނު މިނިވަން ވިޔަފާރި އެވެ. ނަފްޓާގެ ސަބަބުން އެމެރިކާގެ ކުދި އަދި މެދު ފަންތީގެ 140،000 އަށް ވުރެ ގިނަ ވިޔަފާރި ކުރިއަރައި ތިން މިލިއަނަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދިޔަ އެވެ. އަދި ކެނެޑާ އަށް ލިބުނު މަންފާ އެއަށް ވުރެ ވެސް ބޮޑުއިރު، ކެނެޑާގައި 1993 ވަނަ އަހަރުގެ ފަހުން 4.7 މިލިއަން އައު ވަޒީފާ އުފެދުނެވެ.
ދުނިޔޭގެ އިގްތިސާދުގައި އެކި ގައުމުތައް ހިއްސާވާ މިންވަރު ދައްކައިދޭ ގްރާފެއް. މައުލޫމާތު ވޯލްޑް ބޭންކު
މިނިވަން ވިޔަފާރީގައި ދެން އެންމެ ފާހަގަ ކޮށްލެވެނީ، ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ މެދުގައި 1992 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުން (އަފްޓާ) އެވެ. ހަ ގައުމަކުން ގާއިމުކުރި މި އެއްބަސްވުމުގައި މިހާރު ޖުމްލަ 10 މެމްބަރު ގައުމު ހިމެނެ އެވެ. އެއީ ބުރޫނާއި، އިންޑޮނީޝިޔާ، މެލޭޝިޔާ، ފިލިޕީންސް، ސިންގަޕޫރު، ތައިލޭންޑް، ވިއެޓްނާމް، ލާއޮސް، މިޔަންމާ އަދި ކެމްބޯޑިއާ އެވެ. އަފްޓާގެ ގައުމުތަކުގައި 600 މިލިއަންގެ އާބާދީއެއް އޮންނަ އިރު، އެ އެއްބަސްވުމުގެ ސަބަބުން އެ ގައުމުތަކުގެ ވިޔަފާރި އަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވެ، އާމްދަނީ އިތުރުވެގެން ދިޔަ އެވެ.
އެއަށް ފަހު ދެން އެންމެ ފާހަގަ ކޮށްލެވޭ މިނިވަން ވިޔަފާރީގެ ޖަމާއަތަކީ ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގެ މެދުގައި 1991 ވަނަ އަހަރު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބައިވެރިންނެވެ. ނުވަތަ ސަދަން ކޮމަން މާކެޓްގެ ނަމުން މަޝްހޫރުވެފައިވާ ޖަމާއަތެވެ. މިއީ ކުޑަ ޖަމާއަތަކަށް ވިޔަސް، މިހާރު ވެސް އެންމެ ކާމިޔާބު އިގްތިސާދީ ޖަމާއަތުގެ ގޮތުގައި މި ގައުމުތައް ފާހަގަ ކުރެވެ އެވެ.
ވިލާތުގެ އިއްތިހާދަކީ މިވަގުތު އޮތް މިނިވަން ވިޔަފާރީގެ އެންމެ ބޮޑު ޖަމާއަތެވެ. މުޅި ދުނިޔޭގައި ވެސް އިގްތިސާދީ ގޮތުންނާއި އަދި އެކްސްޕޯޓާއި އިމްޕޯޓްގެ ވެސް އެންމެ ބޮޑު ޖަމާއަތެވެ. މިނިވަން ވިޔަފާރީގެ އެ މަންފާތަކާ އެކު، ވިލާތުގެ އިއްތިހާދުން ވަނީ ދެކުނު ކޮރެއާ އާއި ދެކުނު އެފްރިކާ އާއި މެކްސިކޯ ފަދަ ކުރިއަރާފައިވާ އިގްތިސާދުތަކާ އެކުގައި ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ.
ކުރިއަރަމުން އަންނަ ގައުމުތައް ވެސް މިނިވަން ވިޔަފާރި އަށް އަމާޒު ހިފާފައިވާތާ ކިތަންމެ އަހަރެކެވެ. ރާއްޖެ ވެސް ވަނީ މީގެ ކުރިން މިފަދަ ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެއީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ މެމްބަރު ގައުމުތަކުގެ މެދުގައި ގާއިމުކުރި ޓްރޭޑް ޕްރެފަރެންޝަލް ސިސްޓަމް އާއި ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އެވެ.
އަވައްޓެރި އިންޑިޔާ އިން މިނިވަން ވިޔަފާރީގެ 13 އެއްބަސްވުމެއް ގާއިމުކޮށް މިހާރު ވެސް އަމަލު ކުރަމުންދެ އެވެ. އަދި މިފަދަ އިތުރު 14 އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް އިންޑިޔާ އިން މިހާރު ވެސް ކުރަމުން އެބަދެ އެވެ. އަވައްޓެރި ސްރީ ލަންކާ އިން މިނިވަން ވިޔަފާރީގެ ފަސް އެއްބަސްވުމެއް ގާއިމުކޮށް މިހާރު ވެސް އަމަލު ކުރަމުންދާއިރު، މިފަދަ އިތުރު ތިން އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް މިހާރު ވެސް ކުރަމުން އެބަދެ އެވެ.
ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ ގުޅުމެއް ގާއިމުކުރަން ޗައިނާ އިން ބޭނުންވާ އިރު، އެއްވެސް އޮޅުމެއް ނެތް ގޮތުގައި އޭގެ އެންމެ ބޮޑު ފައިދާއެއް ވާނީ ޗައިނާއަށެވެ. އަދި އެހެން ގައުމަކާ އެކުގައި އެފަދަ އެއްބަސްވުމެއް ގާއިމު ކުރިޔަސް، އެ އެއްބަސްވުމުން ރާއްޖެ އަށް ލިބޭ މަންފާ އަށް ވުރެ އެ ގައުމަކަށް ލިބޭނެ މަންފާ ބޮޑުވާނެ އެވެ.
އެއީ ރާއްޖެ އިން އެހެން ގައުމުތަކަށް ވިއްކަން ހުރި އެއްޗެހި މަދުވެފައި، އެ ގައުމުތަކުގެ މުދަލަށް ރާއްޖެ އިންތިހާ އަށް ބޭނުންޖެހިފައިވާތީ އެވެ. އަދި އެ ގައުމުތަކުގައި ރާއްޖެ އަށް ވިއްކައި އިތުރުވާނެ ވަރަށް މުދަލާއި ސާމާނު ހުރުމުންނެވެ.
ޗައިނާގެ ޔަންގްޝަން ޑީޕް ވޯޓާ ބަނދަރުގައި މުދާ ކޮންޓެއިނަރުތަކެއް. ޝަންހާއީ ފްރީ ޓްރޭޑް ޒޯންގައި ހިމެނޭ މި ބަނދަރުން ދުނިޔޭގެ އެކި ގައުމުތަކަށް އެކްސްޕޯޓްކުރާ މުދާ އަންނަނީ އިތުރުވަމުން. ފޮޓޯ: ރޮއިޓާސް
ޗައިނާއަކީ މިހާރު ވެސް ދުނިޔޭގެ އެތައް ގައުމުތަކަކާއި އެތައް ޖަމާއަތްތަކަކާ އެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައިވާ ގައުމެކެވެ. އެގޮތުން މިހާރު ވެސް ޗައިނާ އިން އަންނަނީ މިނިވަން ވިޔަފާރީގެ 16 އެއްބަސްވުމެއްގައި ސޮއިކޮށް އަމަލު ކުރަމުންނެވެ. އަދި އިތުރު ހަތް އެއްބަސްވުމެއްގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
މިހާރު ޗައިނާ އިން ބައިވެރިވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރޭގައި އާސިއާންގެ ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުމާއި އޭޝިޔާ ޕެސިފިކް ޓްރޭޑް އެގްރީމެންޓް ހިމެނެ އެވެ. އަދި ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ނިއު ޒީލޭންޑް، އޮސްޓްރޭލިޔާ، ސިންގަޕޫރު، ސްވިޒަލޭންޑް އަދި ތައިލޭންޑާއި ދެކުނު ކޮރެއާ ހިމެނެ އެވެ.
މުޅި ދުނިޔޭގެ އިގްތިސާދުގައި މިހާރު ވެސް އެންމެ ބޮޑު ބާރަކީ އެމެރިކާ އެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ހިއްސާވާ ނިސްބަތަކީ 24.32 ޕަސެންޓެވެ. އެއީ 18 ޓްރިލިއަން ޑޮލަރެވެ. އެއަށް ފަހު 14.84 ޕަސެންޓާ އެކު ދެ ވަނައިގައި އޮތީ ޗައިނާ އެވެ. އެއީ 11 ޓްރިލިއަން ޑޮލަރެވެ. އަދި ތިން ވަނައިގައި އޮތީ 4.4 ޓްރިލިއަން ޑޮލަރުގެ ޖަޕާނެވެ. އެއީ ދުނިޔޭގެ އިގްތިސާދުގެ ހަ ޕަސެންޓެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 6.7 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވެ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމުގައިވާ އެމެރިކާގެ އިގްތިސާދު ކުރިއަރާފައިވަނީ 1.6 ޕަސެންޓުގަ އެވެ. އެހެންކަމުން، ޗައިނާއަކީ މި ވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އިގްތިސާދެވެ.
ވޯލްޑް އިކޮނޮމިކް ރިވިއު ބުނާ ގޮތުގައި ދެކުނު އޭޝިޔާގައި އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އައި އިންޑިޔާގެ މައްޗަށް ވެސް ޗައިނާ ވަނީ އިގްތިސާދީ ރޭހުގައި މިދިޔަ އަހަރު ކުރި ހޯދައިފަ އެވެ.
އިނގިރޭސި ވިލާތުގެ ދިރާސާ ވިއުގައެއް ކަމަށްވާ ޕްރައިސްވޯޓާހައުސްކޫޕާ އިން ދާދި ފަހުން ކުރި ދިރާސާއެއް ބުނާ ގޮތުގައި މިހާރުގެ އިގްތިސާދީ ދުވެއްޔަށް ބަލާއިރު، 2050 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދީ ރޭހުގެ އެންމެ ކުރީގައި އޮންނާނީ ޗައިނާ އެވެ. ސަބަބަކީ ކުރިއަރާފައިވާ ގައުމުތަކުގެ އިގްތިސާދީ ދުވެއްޔަށް ވުރެ ކުރިއަރަމުން އަންނަ ގައުމުތަކުގެ އިގްތިސާދީ ދުވެލި ބާރުވުމެވެ. އަދި މި ރޭހުގައި އިންޑިޔާ ދެ ވަނަ ހޯދާނެ ކަމަށް ބެލެވޭ އިރު، މިހާރުގެ ބޮޑުބާރު ކަމުގައިވާ އެމެރިކާ އޮންނާނީ ރޭހުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމުން ލިބޭނެ އެންމެ ބޮޑު ދެރައަކީ ޗައިނާގެ ފޭކް މުދާ ރާއްޖޭގައި އިތުރުވުން ކަމަށް، މި އެއްބަސްވުމާ ދެކޮޅު ހަދާ މީހުން ބުނެ އެވެ.
ސުވާލަކީ ޗައިނާގައި މުޅިން ވެސް ހުންނަނީ ފޭކް މުދާ ހެއްޔެވެ؟ އެހާ ގިނަ ފޭކް މުދާ އުފައްދާ ގައުމެއް ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުގެ މަގާމު ހޯދަމުން އެ އަންނަނީ ކިހިނެއް ހެއްޔެވެ؟ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ޖަމާއަތްތަކަށް ޗައިނާގެ ފޭކް މުދަލުގެ ޚަބަރު ނުލިބެނީ ހެއްޔެވެ؟ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކޮށްފައިވާ ގައުމުތަކަށް ވެސް ޗައިނާގެ މުދަލުގެ ހަގީގަތް ނޭނގެނީ ހެއްޔެވެ؟
މި ސުވާލުތަކަށް ޖަވާބެއް ލިބޭނީ ދިވެހި ވިޔަފާރިވެރިންނާ އަންނަނިވި ސުވާލުތައް ކުރެވިގެންނެވެ. ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ނުކޮށް އޮތް އިރު ވެސް، މިހާރު ދިވެހި ބާޒާރަށް ފޭކް މުދާތައް ގެންނަނީ ކޮން ގައުމަކުން ހެއްޔެވެ؟ ފޭކް އެއްޗެހި އުފައްދައިގެން ގެނެސް އަސްލު މުދަލުގެ ގޮތުގައި ރައްޔިތުންނަށް ބޮޑު އަގުގައި ވިއްކައިގެން ނާޖާއިޒު ފައިދާ ނަގަނީ ކޮން ބައެއް ހެއްޔެވެ؟
ޗައިނާގެ ޓިއަންޖިން ބަނދަރުގައި އާގުބޯޓެއް ބަނދަރުކޮށްފައި. މިނިވަން ވިޔަފާރީގައި ޗައިނާގެ ހަރަކާތްތައް ދަނީ މުޅި ދުނިޔެ އަށް ފުޅާ ކުރަމުން.
އެއީ ވެސް ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި ކަންމަތީ ފިހާރަތައް ހުޅުވައިގެން ހިންގަމުންދާ ޖަރީމާތަކެއް ހެއްޔެވެ؟ އުފެއްދި ގައުމެއް، މުއްދަތު ހަމަވާ ތާރީޚެއް އެނގެން ނެތް، އަދި ދިވެހިން އާންމުކޮށް ނުދަންނަ ބަސްބަހުން ލިޔެފައި ހުންނަ އެއްޗެހި ފިހާރަތަކުގައި ވިއްކަނީ ޗައިނާ ސަރުކާރުން އެކަމަށް މަޖުބޫރުކޮށްގެން ހެއްޔެވެ؟
މިނިވަން ވިޔަފާރިއަކީ އޭގެ ޒާތުގައި ފައިދާ ކިތަންމެ ބޮޑު ކަމަކަށް ވިޔަސް، ޗައިނާއާ އެކު ގާއިމުކުރާ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގައި އަމަލު ކުރީ ރަނގަޅަކަށް ނޫނެވެ. މައި އެއްބަސްވުމާއި އޭގެ ޖަދުވަލުތަކާ އެކު ޖުމްލަ 646 ސޮފުހާގެ މައްޗަށް އެކުލެވޭ އެފަދަ ބޮޑު ލިޔުމެއް ދިރާސާކުރުމަށް މަޖިލީހުގެ މެމްބަރުންނަށް އެކަށީގެންވާ ފުރުސަތު ނުދީ ފާސްކުރުމަކީ، އޭގެ ޒާތުގައި މަޖިލީހުން ހިންގި ޖަރީމާއެކެވެ.
އެހެންކަމުން އެ އެއްބަސްވުމުގައި ދިވެހި ދައުލަތަށް އެއްވެސް ގެއްލުމެއް ލިބޭ ފަދަ ބަނދެވުމެއްގައި ދިވެހި ދައުލަތް ބަނދެވިފައިވާ ނަމަ، އެކަމުގެ ހުރިހާ ޒިންމާއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ އެއްބަސްވުން ދިރާސާ ނުކޮށް ފާސްކުރުމަށް ވޯޓު ދެއްވި ހުރިހާ މެމްބަރުން އުފުއްލަވަންޖެހޭނެ އެވެ. އެއީ، އެންމެ ދޮޅު ގަޑިއެއްހާއިރުގެ ތެރޭގައި އެ އެއްބަސްވުމުގެ ހުރިހާ ކަމެއް މަޖިލީހުން ނިންމީ، ވެރިކަންކުރާ ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ މެޖޯރިޓީގެ ނާޖާއިޒު ބޭނުން ހިފައިގެން ކަމަށްވާތީ އެވެ.
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
އެފްޓީއޭއާއެކު އަންނަ އަހަރު 4 މިލިއަން ޑޮލަރު ގެއްލޭ
ރާއްޖެ- ޗައިނާ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަނީ
ރާއްޖެ އާއި އެފްޓީއޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ
އެފްޓީއޭއަކީ "ހަމައެއްލަމައެއްނެތި" ދޭ ހުއްދައެއް ނޫން
އެފްޓީއޭގައި ސޮއިނުކުރުމަށް ޖޭޕީން ސަރުކާރަށް ގޮވާލައިފި
އެއްބަސްވުމުން އެހެން ގައުމުތަކުގެ ވިޔަފާރި ހުއްޓިދާނެ
މިއީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމުގެ އެއްބަސްވުމެއް
އެފްޓީއޭގެ ސަބަބުން ރާއްޖޭގައި ގިނަވާނީ ޗައިނާގެ މުދާ