11 އޮކްޓޯބަރ 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު، ރާއްޖެ އިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށާއި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނަވައި، މިހާރު އެއްބަސްވުން އޮތް ގޮތަށް ތަންފީޒު ނުކުރައްވާނެ ކަމަށް ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު، ރާއްޖެ އިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށާއި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނަވައި، މިހާރު އެއްބަސްވުން އޮތް ގޮތަށް ތަންފީޒު ނުކުރައްވާނެ ކަމަށް ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ، އެ އެއްބަސްވުން މުރާޖައާ ކަމަށެވެ. އެކަމަކު، ވާހަކަ ދައްކައިގެން ރަނގަޅު ކުރެވިދާނެ ކަންކަން އެއްބަސްވުމުގައި ހުރި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހައި ލެވެލްގެ ކަމެއް މިއީ. މި ސަރުކާރުގައި އަޅުގަނޑަށް އެނގިފައި އޮތް ޕޮޒިޝަނަކީ އޭގައި ރިވިއު ކުރުމުގެ ވިސްނުންތަކެއް ކުރިއަށް ގެންދަވާކަން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އުޅުއްވިއިރު ވެސް އެ އެއްބަސްވުމާ ދެކޮޅެވެ. އަމިއްލަ ހައިސިޔަތުން މިހާރު ވެސް ގަބޫލު ކުރައްވަނީ، އެއީ އެއްގޮތަކަށް ވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުން އޮތީ ޗައިނާގެ ކޮޅަށް ބުރަވެ ނިމިފައި ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، އެއްބަސްވުމުގައި ބައެއް ކަންކަން ރަނގަޅު ނަމަވެސް ޖުމުލަކޮށް ރާއްޖޭގެ އިގުތިސާދަށް މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ. ގާތްގަނޑަކަށް 1،000 ގަނޑުގެ އެއްބަަސްވުން މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިގެން ބަލައިލަން އޭރު ލިބުނީ ގަޑިއެއްހާއިރު ކަމަށް ވިދާޅުވި އެވެ.
"އޭގައި ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ހުއްޓަސް ވަރަށް ގިނަ ގެއްލުންތަކެއް އެބަހުރި ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރާނެ. ޑިއުޓީ ފްރީ، އަގު ހެޔޮކޮށް ޗައިނާ އިން މުދާ އެތެރެ ކުރެވިދާނެ. ޗައިނާ ކަހަލަ ގައުމެއްގެ މުދަލުން ސުން ޕަސެންޓް އިނދެފައި، އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއް ޑިއުޓީއާ އެއްކޮށް އައީމާ ވާ ގޮތަކީ ޗައިނާ އަށް އެކަނި ތި ވިދާޅުވާ ބަރޯސާވުން އެއް ގައުމަށް ވެ ނިމެނީ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާއެކު ޒަމާނުއްސުރެ ގައުމުތަކާއި ރާއްޖެއާ އޮތް ވިޔަފާރީގެ ގުޅުން ހަލާކުވެ ނިމިދާނެ ކަމަށެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި ދުބާއީ އާއި އިންޑިއާ ފަދަ ގައުމުތަކާ އޮތް ގުޅުން ހީނަރުވެ، ހުރިހާ ވިޔަފާރިތަކުން މުދާ ވައްދާނީ ޗައިނާ އިން އެކަނި ކަމަށް ވިދާޅުވި އެވެ.
"ކުރިން ފަށާފައި ހުރި ވިޔަފާރިތައް އަލުން ފައްޓާނެ ޖާގައެއް އޭރަކުން ނޯންނާނެ. އެހެންވެ އޭގައި އޮތް ގޮތަށް މިހާރު ކުރިއަށް ގެންދިއުން އެއީ އަޅުގަނޑު އިގުތިސާދީ މިނިސްޓަރަކަށް ހުރެ ކުރިއަށް ގެންދާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވިއިރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދާދި ފަހުން ވިދާޅުވެފައި ވަނީ މި އެއްބަސްވުން ތަންފީޒު ނުވެގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށެވެ.
ސައީދުގެ މި ތުހުމަތު އައީ. އެފްޓީއޭ ތަންފީޒުކުރުމަށްޓަކައި މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން، އެ އެއްބަސްވުން މިހާރު ނެތް ކަމަށް މަޖިލީހުގައި ނަޝީދު ވިދާޅުވުމުންނެވެ.
ޑިސެމްބަރު 7، 2017- ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ބިޒްނެސް ލީޑާސް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.
ފްރީ ޓްރޭޑް އެގްރީމެންޓުގައި ރާއްޖެ އިން ސޮއިކުރުމާ މެދު މަޖިލީހުން ރުހުން ހޯދުމުގެ ކަންކަން ސަރުކާރުން އަވަސް އަރުވާލައިގެން އަދި ކުއްލި ގޮތަކަށް ކުރިއަށް ގެންދާތީ އޭރު ވެސް ފާޑުކިއުން އަމާޒުވި އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އެކަމަކު މި ސަރުކާރުން ބުނަނީ، މަސްވެރިންނަށް މާބޮޑު މަންފާއެއް ވެސް އެ އެއްބަސްވުމުން ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އިންޑިއާގެ ލޯނުތައް މާ ލުއިވާނެ: ފައްޔާޒު
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
ރާއްޖެ އާއި އެފްޓީއޭގެ ދިފާއުގައި ޗައިނާ ތެދުވެއްޖެ
ފްރީޓްރޭޑް އެއްބަސްވުމުން ގެއްލުން ލިބޭނީ ރާއްޖެ އަށް
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
ފައްޔާޒުގެ ވާހަކަތަކަށް ޗައިނާ އިން ރައްދު ދީފި
އަމިއްލަ މަސައްކަތްކުރާ އެންމެންނަށް ދޭނެ ފައިސާ ނެތް
މިއީ މިނިމަމް ވޭޖް ތަންފީޒްކުރަން ރަނގަޅު ވަގުތެއްނޫން
އެފްޓީއޭ ހަދަން ޖެހުނީ އެކަށީގެންވާ އަގު ނުލިބޭތީ