Roadha Mihaaru
މިއީ މިނިމަމް ވޭޖް ތަންފީޒްކުރަން ރަނގަޅު ވަގުތެއްނޫން

މިއީ މިނިމަމް ވޭޖް ތަންފީޒް ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން: ވޭޖް އެޑްވައިޒަރީ ބޯޑު

04 މާޗް 2020

މިނިމަމް ވޭޖުގެ މަސައްކަތް ފަށައިގަތް އިރު ކޮރޯނާވައިރަހުގެ ބިރުވެރިކަން މުޅި ދުނިޔެ އަށް ނެތް ކަމަށާއި މިނިވަން ވޭޖެއް ކަނޑައެޅި ނަމަވެސް މި ވަގުތަކީ އެކަން ތަންފީޒް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން މަރިޔަމް ޚާލިދާ މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖުގެ މަސައްކަތް ފަށައިގަތް އިރު ކޮރޯނާވައިރަހުގެ ބިރުވެރިކަން މުޅި ދުނިޔެ އަށް ނެތް ކަމަށާއި މިނިވަން ވޭޖެއް ކަނޑައެޅި ނަމަވެސް މި ވަގުތަކީ އެކަން ތަންފީޒް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން މަރިޔަމް ޚާލިދާ މިރޭ ވިދާޅުވެއްޖެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ޚާލިދާ ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށެވެ. އެ މަސައްކަތް ނިންމާ އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ.

"ބޯޯޑުގެ ޑިސިޝަންތައް ނެގިފައި އޮންނާނީ ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރުމުގެ ކުރިން. ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދަށް މިކަމުން އަސަރު ކުރާނެ. މި ގައުމަށް މާބޮޑަށް އަސަރު ކުރާނެ. އަޅުގަނޑު ވަރަށް އެދެން ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިނިމަމް ވޭޖެއްް އިމްޕްލިމެންޓް ކުރައްވާ އިރު މި ކަންތަކަށް ރިޔާއަތް ކުރެއްވުން،" އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބާއްވާ ބައްދަލުވުމުގެ ބައެއް ބައިވެރިން.---ފޮޓޯ: މަޖިލީހުގެ އިދާރާ

މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބާއްވާ ބައްދަލުވުމުގެ ބައެއް ބައިވެރިން.---ފޮޓޯ: މަޖިލީހުގެ އިދާރާ

ޚާލިދާ ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގައި އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ އެހީތެރިކަން ހޯދި ކަމަށާއި އަދަދުތައް ކަނޑައެޅީ އައިއެލްއޯގެ މަޝްވަރާއާ އެކު ކަމަށެވެ.

މިނިމަމް ވޭޖެއްގެ ގޮތުގައި ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައި ވަނީ 6،400ރ. އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލްގެ މެމްބަރުން.---ފޮޓޯ: މަޖިލީހުގެ އިދާރާ

މި މަސައްކަތް ކުރިއަށް ގެންދިޔަ އިރު ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޚިޔާލު ހޯއްދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދިރިއުޅުމުގެ ދަތިކަމާއި އަސާސީ ހިދުމަތްތަކުގެ އަގު ބޮޑު ކަމާއި މާލޭގައި ދިރިއުޅުމުގައި ޚަރަދު ބޮޑުކަމުގެ ވާހަކަތައް ވަޒީފާ އަދާކުރާ ފަރާތްތަކުން ފާހަގަކުރެއްވި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ނަމަވެސް އެހެނިހެން ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރާކަން އެނގިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް މެމްބަރުން.---ފޮޓޯ: މަޖިލީހުގެ އިދާރާ

"ޓީޗަރުން ވެސް ޑޮކްޓަރުން ވެސް ހިއްސާކުރެއްވީ ކުރަންޖެހޭ މަސައްކަތާއި އަދާކުރަންޖެހޭ ޒިންމާ އާއި އަޅާބަލާ އިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ޚާލިދާ ވިދާޅުވީ، ވަޒީފާ ދޭ ފަރާތްތަކުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދިވެހިން ވަޒީފާތަކުގައި ގެންގުޅެން ދަތިކަމާއި ދިވެހިން މަސައްކަތް ކުރުމުގައި ފަރުވާ ކުޑަކުރުން ހިމެނެ އެވެ.

އޭނާ ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައެޅުމަށްޓަކައި ދިމާވި އެންމެ ބޮޑު ދައްޗަކީ، ޑޭޓާ ލިބުމުގައި ދިމާވި މައްސަލަތައް ކަމަށެވެ. ނަމަވެސް ލިބެން ހުރި މައުލޫމާތަކާ އެކު މިނިމަމް ވޭޖް ކަނޑައެޅީ މިނިވަންކަމާ އެކު ކަމަށް ވިދާޅުވި އެވެ.