02 މެއި 2020
ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދިނުމުގައި، އަމިއްލަ މަސައްކަތްކުރާ ހުރިހާ އެންމެންނަށް އެލަވަންސް ދޭނެ ފައިސާއެއް ސަރުކާރުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދިނުމުގައި، އަމިއްލަ މަސައްކަތްކުރާ ހުރިހާ އެންމެންނަށް އެލަވަންސް ދޭނެ ފައިސާއެއް ސަރުކާރުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުގައި ވަޒީފާ ގެއްލުނު މީހުންނށް ސަރުކާރުން ވަނީ 5،000ރ. ގެ އިނާޔަތެއް ދޭން ނިންމައިފަ އެވެ. އެކަމަށްޓަކައި ޚާއްސަ ޖޮބް ސެންޓަރެއް ގާއިމްކޮށް، ޝަކުވާ ހުށަހަޅަން ޚާއްސަ ނިޒާމެއް އޮތީ ގާއިމްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ވަޒީފާ ގެއްލޭ މީހުންނަށް އެލަވަންސް ދޭނެ ގޮތްތައް އިއުލާން ކުރުން ލަސްވެފައި އޮތީ އަމިއްލަ މަސައްކަތްކުރާ މީހުންނާ މެދު ގޮތެއް ނިންމުން އުނދަގޫވުމުން ކަމަށެވެ. އަމިއްލަ މަސައްކަތްކުރާ މީހުން ކަމަށް ބަލާނެ މިންގަނޑެއް ނެތްއިރު އަދި އެފަދަ ހުރިހާ މީހުންނަށް ދޭނެ ފައިސާއެއް ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"ސެލްފް އެމްޕްލޮއިޑް ފަރާތްތަކަށް ދޭނީ ކިހިނެތްތޯ، ކޮން ހިސާބަކުންތޯ ލައިނެއް ޑްރޯ ކުރާނީ؟ ދޮގެއް ނަހަދާ ދަންނަވާ ކަމަށް ވަންޏާ އޭގައި ތާށިވެފައި އަޅުގަނޑު މިހިރީ. ކިހާ ހިސާބަކުންތޯ ލައިން ޑްރޯ ކުރާނީ؟ އެއީ އަޅުގަނޑުމެންގެ ހުރީ ލިމިޓެޑް ފަންޑްސް. އަންލިމިޓެޑް ފަންޑްސް ހުރި ނަމަ އަޅުގަނޑުމެންގެ އެއްވެސް ޖެހިލުމެއް ނެތް ހުރިހާ ރަައްޔިތުންނަށް އެ ފޯރުކޮށްދޭން ވެސް،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގްތިސާދު ރަނގަޅު ނުވިޔަސް، ލޮކްޑައުންގެ ހާލަތު ނިމުމާ އެކު، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެއްވެސް ހުރަހެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އަމިއްލަ މަސައްކަަތް ކުރާ ގިނަ އަދަދެއްގެ ބައެއް އެބަ ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، ދައުލަތުގެ ހިންގުމުގެ ޚަރަދުތަކަށާއި އިގްތިސާދު ސަލާމަތް ކުރުމަށްޓަކައި ބޮޑު އިގްތިސާދީ ޕެކޭޖެއް ގެނައުމަށްޓަކައި އޯވަޑްރޯކޮށް ފައިސާ ނެގުމާއި ބޭރުން ދަރަނި ނެގުމަކީ ވެސް ކުރަން ޖެހިދާނެ ކަމެކެވެ. އަދި މި ވަގުތު ބޭރުން ދަރަނި ލިބުން ދަތިވެދާނެ ކަމަށާއި އެހެންވެ ކުރަންޖެހޭ ކޮންމެ ކަމަކަށް ވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ސެލްފް އެމްޕްލޮއިޑް ފަރާތްތަކަށް ދޭނީ ކިހިނެތްތޯ، ކޮން ހިސާބަކުންތޯ ލައިނެއް ޑްރޯ ކުރާނީ؟ ދޮގެއް ނަހަދާ ދަންނަވާ ކަމަށް ވަންޏާ އޭގައި ތާށިވެފައި އަޅުގަނޑު މިހިރީ. ކިހާ ހިސާބަކުންތޯ ލައިން ޑްރޯ ކުރާނީ؟ އެއީ އަޅުގަނޑުމެންގެ ހުރީ ލިމިޓެޑް ފަންޑްސް. އަންލިމިޓެޑް ފަންޑްސް ހުރި ނަމަ އަޅުގަނޑުމެންގެ އެއްވެސް ޖެހިލުމެއް ނެތް ހުރިހާ ރަައްޔިތުންނަށް އެ ފޯރުކޮށްދޭން ވެސް،" ފައްޔާޒް
"އަޅުގަނޑުމެން ތައްޔާރަށް ތިބެން ޖެހޭނެ އަޅުގަނޑުމެންގެ އަތުގައި ނިއުކްލިއާ ބޮމެއް އޮތިއްޔާ ނިއުކްލިއާ ބޮން ބޭނުން ކުރަން. އެއީ މި ދަންނަވާ ވާހަކަ އަކީ. އޯޑީ ކުރަން ވިޔަސް، ޗާޕް ކުރަން ވިޔަސް ދަރަންޏަށް ނަގަން ވިޔަސް އަޅުގަނޑުމެންނަށް ދައުލަތުގެ ސިފައިގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ތިބެން ޖެހޭނީ،" ފައްޔާޒް ވިދާޅުވި އެވެ.
ފައިސާ އޯވަ ޑްރޯ ކުރުމުން އިންފްލޭޝަން ކޮންމެވެސް ވަރަކަށް އުފުލިދާނެ ކަމަށާއި އެކަމަކު އޭގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ހިފެހެއްޓިގެން ދާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އަދި އެއީ ދެ ގެއްލުމުގެ ތެރެއިން ކުޑަ ގެއްލުމުގެ ބޭނުން ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންފްލޭޝަން މިހާރަށް ވުރެ ބޮޑުވެ، އަޅުގަނޑުމެންނަށް ތަކްލީފަކަށް ވިޔަސް، އަޅުގަނޑުމެންނަށް ހިފެހެއްޓޭ ލެވަލްއަކަށް ބޮޑުވެފައި އެކަމަކު ގިނަ ބައެއްގެ ވަޒީފާތަކެއް ހިފަހައްޓައި، ގިނަ ވިޔަފާރިތަކެއް ހިފެހެއްޓުންތޯ އެއީ އަޅުގަނޑުމެންގެ ހިިތާ ހިތާ ކޮށްލަން ޖެހޭ ސުވާލެއް." ފައްޔާޒް ވިދާޅުވި އެވެ.
"ބޭންކް އިގްތިސާދުގެ އިންޖީނެއްގެ ގޮތުގައި މަސައްކަަތް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ބޭންކްގެ ފައިދާއިން ކުޑަވާ ތަނަށް ވުރެ މާ ބޮޑު ފައިދާއެއް މުޅި އިގްތިސާދުގައި އާންމު ރައްޔިތުންނަށް ވެސް އަދި ސަރުކާރަށް ޓެކްސްގެ ގޮތުގައި ވެސް ލިބޭނެ،" ފައްޔާޒް
ފައްޔާޒް ވިދާޅުވީ ވިޔަފާރިތައް ކުރިއަރުވައި، އިގްތިސާދު ހިނގައިގަތުމަށްޓަކައި ބޭންކްތަކުގެ ލޯނު އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރާ އެސްއެމްޑީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އެކަށީގެންވާ މިންވަރުގެ ބަޖެޓެއް ނެތުމަކީ ވެސް ދިމާވާ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ވިޔަފާރިތަކަށް ލުއި ލޯނު ދޫކޮށްފި ނަމަ، ދިގު މުއްދަތުގައި ލިބޭނެ ފައިދާ މާ ބޮޑު ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"ބޭންކް އިގްތިސާދުގެ އިންޖީނެއްގެ ގޮތުގައި މަސައްކަަތް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ބޭންކްގެ ފައިދާއިން ކުޑަވާ ތަނަށް ވުރެ މާ ބޮޑު ފައިދާއެއް މުޅި އިގްތިސާދުގައި އާންމު ރައްޔިތުންނަށް ވެސް އަދި ސަރުކާރަށް ޓެކްސްގެ ގޮތުގައި ވެސް ލިބޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އިގްތިސާދަށް ބޮޑު އަސަރެއް ކުރަމުންދާ ކަމަށާއި އެހެންވެ، ލޮކްޑައުންގެ ހާލަތު އަބަދު ދެމެހެއްޓުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ބޭފުޅުންނާއި ކަމާބެހޭ އިދާރާތަކުގެ ލަފައާ އެކު، ހާލަތު ރަނގަޅުވިހާ އަވަހަކަށް އިގްތިސާދީ ހަރަކާތްތަކަށް މަޑުމަޑުން ސަރުކާރުން ޖާގަ ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރީގައި އޮތް ރެސްޓްރިކްޝަންތައް ދޫކޮށްލައި، ރެސްޓޯރެންޓްތަކަށް ވެސް ސޯޝަލް ޑިސްޓޭސިންގައި ދާން ހުޅުވާލަން އޮތް ދުވަހު މާލެ ތެރެއިން މި ކޭސް ފުރަތަމަ ފެނިގެން ލޮކްޑައުން އަކަށް މި ދިޔައީ،" ފައްޔާޒް ވިދާޅުވި އެވެ.
އަމިއްލަ މަސައްކަތް ކުރާ ހުރިހާ މީހުންނަށް އެލަވަންސް ދިނުމާ މެދު ގޮތެއް ނިންމުން އުނދަގޫ ވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއިރު، ސަރުކާރުން ކުރިން އޮތީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމް ކުރިން އޮތީ ހަމަޖައްސައިފަ އެވެ.
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
ކުރިއަށް އޮތް 8 މަސް ވަރަށް ދަތިވާނެ: ފައްޔާޒު
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
މިއީ ސްޓިމިއުލަސް ޕެކޭޖްގެ އެހީއެއް ނޫން: ފައްޔާޒު
ކުއްޔާނުލައި 3 އަހަރަށް ދަނޑުވެރިކަމަށް ބިންދޫކުރަނީ
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ
ބިދޭސީންގެ ހައްގު ރާއްޖެ އިން ލިބިދޭނެ: ފައްޔާޒު
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"