04 ނޮވެމްބަރ 2020
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި އެ މީހުންގެ އާއިލާތަކަށް ގާނޫނީ އޮނިގަނޑުން ރައްކާތެރިކަން ލިބިދޭ ކަމަށާއި ހުރިހާ އަސާސީ ހައްގުތައް ލިބިދޭނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިނަލްއަގްވާމީ މުޖުތަމައަށް މިއަދު ދެއްވައިފި އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި އެ މީހުންގެ އާއިލާތަކަށް ގާނޫނީ އޮނިގަނޑުން ރައްކާތެރިކަން ލިބިދޭ ކަމަށާއި ހުރިހާ އަސާސީ ހައްގުތައް ލިބިދޭނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިނަލްއަގްވާމީ މުޖުތަމައަށް މިއަދު ދެއްވައިފި އެވެ.
ސުވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގައި އޮތް ރާއްޖޭގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު ސެޝަންގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ފައްޔާޒު ވިދާޅުވީ، ޖުމުލަ ގޮތެއްގައި ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭން ރާއްޖެ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ނާޒުކު ހާލަތުގައިވާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށްްޓަކައި ކަމާ ބެހޭ އިދާރާތަކާ އެކު ސަރުކާރުން ވަަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގާނޫނަށް ބަދަލު ގެނެސް، އެ މީހުން ދިރިއުޅޭ ތަންތަނުގެ ހާލަތު ރަނގަޅު ކުރަން ލާޒިމު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ބައިވެރިންނަށް ޔަގީކަން ދެން ރާއްޖޭގެ ގާނޫނީ އޮނިގަނޑުން ހިމާޔަތް ލިބޭނެކަން އަދި ބިދޭސީ ހުރިހާ މަސައްކަތްތެރިންގެ އަސާސީ ހައްގުތަކާއި ބޭނުންތައް ކަށަވަރު ކޮށްދޭން ދިވެހިރާއްޖެ އޮތީ ތައްޔާރަށް،" ފައްޔާޒު ވިދާޅުވި އެވެ.
ހިއުމަން ޓްރެފިކިން ހުއްޓުވުމާއި އެ ކުށްކުރާ މީހުންނަށް އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ 2016 ގައި ރާއްޖޭން ތަސްދީގު ކޮށްފައިވާ ކަމަށާއި ނަަމަވެސް އެ ދާއިރާ އިން ގޮންޖެހުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކް ކުރާ މީހުންނަށް އަދަބު ދިނުމަށް އިތުރު މަސައްކަތްތަކެއް ރާއްޖޭން ކުރަންޖެހެ އެވެ.
އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ބައިވެރިންނަށް ޔަގީކަން ދެން ރާއްޖޭގެ ގާނުނީ އޮނިގަނޑުން ހިމާޔަތް ލިބޭނެކަން އަދި ބިދޭސީ ހުރިހާ މަސައްކަތްތެރިންގެ އަސާސީ ހައްގުތަކާއި ބޭނުންތައް ކަށަވަރު ކޮށްދޭން ދިވެހިރާއްޖެ އޮތީ ތައްޔާރަށް.--- ފައްޔާޒު
ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުންނަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ދޭން ރާއްޖެ އިން ކުރާ މަސައްްކަތްތަކުގެ ތަފުސީލް މިނިސްޓަރު ދެއްވި އެވެ. އެފަދަ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނަށް ވަކިވަކިން ބޯހިޔާވަހިކަން ދޭނެ ވަސީލަތްތައް ގާއިމު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ މީހުން، އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖެ އިން އަންނަނީ ކުރަމުންނެވެ.
ހިއުމަން ޓްރެފިކިން ހުއްޓުވަން ރާއްޖެ އިން ކޮށްފައިވާ އަނެއް މަސަައްކަތަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމާ ބެހޭ އެކްޝަން ޕްލޭނެެއް އެކުލަވައިލައި އަމަލުކުރަން ފެށުމެވެ. އެ އެކްޝަަން ޕްލޭންގެ ބޭނުމަކީ މީހުން ޓްރެފިކް ކުރުން ރާއްޖެ އިން މުޅިން ފޮހެލުމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން، އެ އެކްޝަން ޕްލޭންގައިވާ ބައެއް ކަންތައްތަކަށް ބަދަލުތައް ގެންނަން ޖެހުނު ނަމަވެސް ގިނަ މަސައްކަތްތަކެއް ކުރިއަަށްދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ
ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ތެރޭގައި ހިނގާ ހިއުމަން ޓްރެފިކިންގެ އަމަލުތަކަކީ އިންސާނީ ހައްގުތަކުގެ ދާއިރާ އިން ބައިނަލްއަގުވާމީ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ އެއް ކަންތަކެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުގައި ހިއުމަން ޓްރެފިކިިން މާނަކޮށްފައި އޮތްލެއް ހަނިކަމުން، އެ ކުށްކުރާ މީހުންނާ ދެކޮޅަށް ދައުވާކޮށް، ކުށް ސާބިތުކުރުން އޮންނަަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. އެހެންވެ، އެކަމާ ބެހޭ ގާނޫނުތައް އިސްލާހުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
ޔޫޕީއާރުގައި ރާއްޖެއަށް ބައެެއްގައުމުތަކުން ތައުރީފުކޮށްފި
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
ނުރައްކާ މިސްރާބެއް: މުސާރަ ހޯދައިދެވޭކަށް ނެތް؟
ހިއުމަން ޓްރެފިކިންގެ "ދާދާ"އިން ހޯދުން އަވަސްކުރޭ!
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
އަމިއްލަ މަސައްކަތްކުރާ އެންމެންނަށް ދޭނެ ފައިސާ ނެތް
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ