06 އޯގަސްޓް 2020
ކުރިއަށް އޮތް 6-8 މަސްދުވަހު ރާއްޖެ އަށް އިގްތިސާދީ ވަރަށް ބޮޑަށް ދަތި ކަމެއް އަންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 6-8 މަސްދުވަހު ރާއްޖެ އަށް އިގްތިސާދީ ވަރަށް ބޮޑަށް ދަތި ކަމެއް އަންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ފައްޔާޒު ރޭ ވިދާޅުވީ ކޮވިޑް-19އަކީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މުޅި ދުނިޔެ އަށް އިގްތިސާދީގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ރާއްޖޭގެ މުޅި އިގްތިސާދު ޓޫރިޒަމަށް ބަރޯސާ ވެފައިވާއިރު ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެތައް ކުންފުންޏެއް ބަނގުރޫޓުވެ އެތައް ބައެއްގެ ވަޒީފާ ގެއްލުމާ ގުޅިގެން ވެސް، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މޭޖާ މާކެޓުތަކުގައި މިހާރު ވެސް ވަރަށް ގަދަޔަށް ދަނީ ބަލި ފެތުރެމުން. އެހެންވީމާ ވެކްސިނެއް ލިބެންދެން ދަތިކޮށް އޮތީ. ކުރިއަށް އޮތް ހަ މަސް އަށް މަސް ވަރަށް ދަތިވާނެ ކަމަށް ބެލެވެނީ." ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުގެ ސަބަބުން އުފެއްދުންތެރިކަން ވެސް ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. މިދިޔަ އަހަރު ލަފާ ކުރިގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ 7.5 ޕަސެންޓަށް އިތުރުވާނެ އެވެ. ނަމަވެސް ފައްޔާޒު ވިދާޅުވި ގޮތުގައި ޖީޑީޕީ މައިނަސް 11 ޕަސެންޓަށް ދަށްވާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު އޮތް ހިސާބަށް ދެވޭނީ 2022 ގަ އެވެ.
ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެހެން ދާއިރާތައް މި ވަގުތު ކުރިއެރުވުމަށް ސަރުކާރަށް ގޮވާލަމުންނެވެ. މިކަމާ ބެހޭ ގޮތުން ފައްޔާޒު ވިދާޅުވީ ކުއްލިއަކަށް އެހެން ދާއިރާތައް ކުރިއަރުވަން މަސައްކަތް ކުރިނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ދާއިރާތައް ވެސް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްވެރިކަމަށް ބަލާއިރު ދުނިޔޭގެ އިގްތިސާދު ދަށްވާ ވަރަކަށް މަހުގެ އަގަށް ވެސް އަންނާނެ ބަދަލުތައް. ބޭރުގެ ގިނަ ރެސްޓޯރެންޓުތައް ބަންދު ކުރުމުން މަހުގެ އަގު ވެސް ދަށްވާނެ. އާއްމުކޮށް ރާއްޖޭން އެކްސްޕޯޓު ކުރާ ހުރިހާ އެއްޗަކަށް ވެސް މިގޮތަށް އަސަރު ކުރާނެ." ފައްޔާޒު ވިދާޅުވި އެވެ.
"ކުއްލިއަކަށް އެހެން ދާއިރާތައް ތަރައްގީ ކުރަން އުޅުނަކަސް ނުވާނެ. ނަމަވެސް ކޮވިޑުގެ ސަބަބުން އިތުރު ދާއިރާތައް ކުރިއެރުމަށް އެބަ ލިބޭ ބޫސްޓެއް."
ޓޫރިޒަމް އިންޑަސްޓްރީއަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ދާއިރާއެކެވެ. އެހެންކަމުން އިގްތިސާދު ކުރިއަރުވާނަމަ ޓޫރިސްޓު ފެސިލިޓިތައް ކުރިއެރުވުމަށް ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ ދަަށަށް ހިނގައްޖެ ނަމަ އެތައް ބައެއްގެ ވަޒީފާ ގެއްލި އިގްތިސާދު އިތުރަށް ދަށަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ރިސޯތުތަކަށް މިވަގުތު އެހީތެރިވުމުގެ ގޮތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، ކުލި ފަސްކޮށްދިނުމާއި މިވަގުތު ބޭނުންވާ ލޯނު ފޯރުކޮށްދިނުމާއި ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން އާންމުންގެ ފެންބިލާއި ކަރަންޓު ބިލު ދެއްކުން ފަސްކޮށްދިނުން ހިމެނެ އެވެ.
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
އަމިއްލަ މަސައްކަތްކުރާ އެންމެންނަށް ދޭނެ ފައިސާ ނެތް
މިއީ ސްޓިމިއުލަސް ޕެކޭޖްގެ އެހީއެއް ނޫން: ފައްޔާޒު
ކުއްޔާނުލައި 3 އަހަރަށް ދަނޑުވެރިކަމަށް ބިންދޫކުރަނީ
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
"މިއީ ފައްޔާޒާ ދެކޮޅަށް ވޯޓު ނަގަންވީ ވަގުތެއް ނޫން"
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި