06 މެއި 2020
ސަރުކާރުން ތަފާތު އެކި ކަންކަމަށް ދޭ ސަބްސިޑީ އާއި އާސަންދަ އިން ހޭދަކުރި އަދަދު 56 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ސަރުކާރުން ތަފާތު އެކި ކަންކަމަށް ދޭ ސަބްސިޑީ އާއި އާސަންދަ އިން ހޭދަކުރި އަދަދު 56 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ސަރުކާރުން ދޭ ސަބްސިޑީ އަށް މި އަހަރުގެ މިހާތަނަށް ވަނީ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ މިދިޔަަ އަހަރާ އަޅާ ބަލާއިރު 594 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މިހާ ހިސާބަށް ސަބްސިޑީގެ ގޮތުގައި ހޭދަކުރީ 766 މިލިއަން ރުފިޔާ އެވެ.
ސަބްސިޑީގެ ތެރެއިން އާސަންދަ އަށް 415 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ސަބްސިޑީތަކާއި އެހެނިހެން ގޮތްގޮތުން ދޭ އެހީތަކަށް 945 މިލިއަން ހޭދަކޮށްފައިވެ އެވެ. އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 239 މިލިއަން ރުފިޔާ އެވެ. އެހެނިހެން އެހީތަކާއި ސަބްސިޑީގެ ގޮތުގައި ހަރަދު ކުރީ 528 މިލިއަން ރުފިޔާ އެވެ.
ސަބްސިޑީގެ ގޮތުގައި ހޭދަކުރި އަދަދު މި އަހަރު އެހާ ބޮޑުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރާ ޚަރަދުތައް ބޮޑުވުމުންނެވެ. ސަރުކާރުން ވަނީ ހާއްސަ ރިލީފް ފަންޑެއް ގާއިމްކޮށް، ވިޔަފާރިތަކާއި އާންމުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފަ އެވެ.
ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދޭއިރު ކަރަންޓް ބިލްތަކުން 40 ޕަސެންޓު، ފެނުން 30 ޕަސެންޓު ވަނީ ކުޑަކޮށްފަ އެވެ. މީގެ އިތުރުން މި ދުވަސްވަރު ވަޒީފާ ގެއްލޭ މީހުންނަށް 5،000ރ. ގެ ހާއްސަ އެލަވަންސެއް ދިނުމަށް ވެސް ނިންމާފައިވެ އެވެ. ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންގެ ޚަރަދާއި އެ ބަލިން ސަލާމަތް ވުމަށް ކުރާ ބޭސްފަރުވާގެ ޚަރަދުތައް ވެސް ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ އާއި ސަރުކާރުން ދޭ އެހީތަކުގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާ ބޮޑު ބަޖެޓެއް އޭރު ކަނޑައެޅީ ކައުންސިލްތަކަށް ދޭ މާލީ އެހީ އާއި ސްކޫލު ކުދިންގެ ނާސްތާ ޕްރޮގްރާމަށާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ބޮޑުވުމުގެ ސަބަބުން ނެވެ.
ނަމަވެސް މިހާރު ސަރުކާރުން ވަނީ ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ ނުދީ މަޑު ޖައްސާލަން ނިންމައިފަ އެވެ. ސަރުކާރުން މި ދުވަސްވަރު އެންމެ ބޮޑު ހޭދައެއް ކުރަނީ ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހޭ ޚަރަދުތަކަށެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް 665 މިލިއަން ރުފިޔާ ވަނީ އެ ކަމަށް ހޭދަކޮށްފަ އެވެ.
އިސްރާފު ކުޑަކުރަން މޭ މަހުން ފެށިގެން ފިޔަވަޅު އަޅަނީ
އާސަންދަގެ އިސްރާފު ހުއްޓުވައި ހައްގުވެރިންނަށް!
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
ސަބްސިޑީ ރިފޯމް ކުރާނީ އަންނަ އަހަރު
އިންފްލޭޝަން 7.5 ޕަސެންޓަށް އަރާނެ: ވޯލްޑް ބޭންކް
ސަބްސިޑީ އަށް އިިތުރަށް 367 މިލިއަން ހޭދަކޮށްފި
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ސަރުކާރުން ބޮޑު އަދަދަކުން ޓީބިލް ވިއްކަނީ
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް