09 ފެބުރުއަރީ 2022
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެއްފަހަރާ 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ނިންމައިފި އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެއްފަހަރާ 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ޓީބިލްގެ ގޮތުގައި އަންނަ ހޯމަ ދުވަހު 1.5 ބިލިއަން ރުފިޔާ ވިއްކަން ވަނީ ކަނޑައަޅައިފަ އެވެ. ޓީބިލް ގަންނަ ފަރާތްތަކުން ޓީބިލަށް ވާ ފައިސާ އަންފާރަ ދުވަހު ސެޓްލް ކުރަން ޖެހެ އެވެ.
މިދިޔަ ހަފުތާގައި ވެސް ފިނޭންސް މިނިސްޓްރީން 1.8 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެ އެވެ. އޭގެ ތެރޭގައި އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ 830 މިލިއަން ރުފިޔާ އާއި ތިން މަހުން އަނބުރާ ދައްކަން ޖެހޭ 60 މިލިއަން ރުފިޔާ އާއި ހަ މަހުން ދައްކަން ޖެހޭ 104 މިލިއަން ރުފިޔާ އަދި އެއް އަހަރުން ދައްކަން ޖެހޭ 817 މިލިއަން ރުފިޔާ ހިމެނެ އެވެ.
ސަރުކާރުން ޓީބިލަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 47.6 ބިލިއަން ރުފިޔާ އަށް މިހާރު އަރަ އެވެ. މީގެ ތެރޭގައި އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި 22.6 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ އެވެ. ސަރުކާރުން ދޫކުރާ ޓީބިލްތައް އިންވެސްޓަރުންނަށް ރޯލްއޯވާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެހެން ހެދުމުން އިންވެސްޓް ކުރާ ފަރާތްތަކަށް ލިބޭ އިންޓްރެސްޓް އަދި ސަރުކާރުން ޓީބިލަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވެ އެވެ.
ސަަރުކާރުން އެއް ބިލިއަނަށް ވުރެ ބޮޑެތި އަދަދުން ކުރިން ޓީބިލް ވިއްކަން އިއުލާނުކޮށްފައި އެބަހުއްޓެވެ. ޓީބިލް ވިއްކުމަށް ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކަނީ ހަތަރު މިންގަނޑެއްގެ ތެރެއިންނެވެ. އެއީ 28 ދުވަހާއި 91 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. ޓީބިލު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓްރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
ސަރުކާރުން ބޮޑު އަދަދަކުން ޓީބިލް ވިއްކަނީ
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަނީ
ކޮވިޑުގެ ޚަރަދު ތިން ބިލިއަން ރުފިޔާ އަށް އަރައިފި
10 މިލިއަން ރުފިޔާ ދަރަނި ދެއްކުން ފަސްކޮށްދީފައިވޭ
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ހުއްދަދީފި
ދައުލަތް ދަރާފާނެ ކަމަށް އިހުސާސް ކުރެވޭ: ނަޝީދު