15 ނޮވެމްބަރ 2023
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 5.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލަން ނިންމައިފި އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 5.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާ ގޮތުން މި އަދަދަށް ޓީބިލް ވިއްކުން އޮންނާނީ އާ ވެރިކަމުގެ ފުރަތަމަ ރަސްމީ ދުވަސް ކަމަށްވާ އަންނަ އާދިއްތަ ދުވަހު އެވެ. އާންމު ގޮތެއްގައި އެ މިނިސްޓްރީން ވިއްކަނީ ހަފުތާއަކު 2.5-1 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެެވެ. އެހެންވެ، މިއީ އެވްރެޖުކޮށް ވިއްކާ އަދަދަށް ވުރެ އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރުގެ މިހާތަނަށް 33 ބިލިއަން ރުފިޔާ ވަނީ ވިއްކައިފަ އެވެ. ކޮމާޝަލް ބޭންކުތަކަށް 16.5 ބިލިއަން ރުފިޔާގެ ޓީބިލް އަދި އެހެން މާލީ އިދާރާތަކަށް 15 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައި ވެ އެވެ. ޕްރައިވެޓް ސެކްޓަރަށް ވިއްކި ޓީބިލްގެ އަދަދު 103 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުން ވިއްކި ޓީބިލާއި ބޮންޑާއި ސުކޫކުގެ އަދަދު 77 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ މުއާމަލާތުތަކުގެ އަދަދު ހުރީ 68 ބިލިއަން ރުފިޔާގަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަތަރު ވައްތަރެއްގެ ޓީބިލް އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.
ޓީބިލް ވިއްކުމަށް ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު