އަންނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ "ބޮޑު ދަރަނިތައް" އަދާކުރުމަށްޓަކައި ބޭރު ފައިސާ އިން އާމްދަނީ އިތުރު ކުރަން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
14 އޯގަސްޓް 2024
އަންނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދައްކަން ޖެހޭ "ބޮޑު ދަރަނިތައް" އަދާކުރުމަށްޓަކައި ބޭރު ފައިސާ އިން އާމްދަނީ އިތުރު ކުރަން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.
މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަފީގު ވިދާޅުވީ 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއްފަހަރާ 100 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެހެނިހެން ދަރަނިތަކާ އެކު، އެ އަހަރު ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން 2026 ވަނަ އަހަރު އެއްފަހަރާ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެ އަހަރު ދައްކަން ޖެހޭ ދަރަނީގެ ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދައުލަތް ބަނގުރޫޓު ނުވެ، އެ ދަރަނިތައް އަނބުރާ ދައްކަން މަގުފަހި ކުރުމަށް އާމްދަނީ ހޯދުމުގެ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެންނަން ވަނީ ރާވައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ޑޮލަރުގެ އަދަދު އިތުރު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުމަކީ ޓެކްސްތަކުން ރައްޔިތުންނަށް ބުރައެއް ނުވާ ގޮތަށް [އާމްދަނީ ހޯދުމުގެ މަސައްކަތް] ކުރިޔަށް ގެންދިއުން. ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެން،" މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުން ބޭރު ދަރަނިތައް ޑޮލަރުން ދައްކަން ޖެހޭ އިރު ސަރުކާރުގެ ވިސްނުމަކީ ބޭރު ފައިސާ އިން އާމްދަނީ ހޯދުން ކަމަށް ޝަފީގު ވިދާޅުވި އެވެ.
1. އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް މުރާޖައާ ކުރުން.
2. ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން.
3. ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުން.
4. ގްރީން ޓެކްސްގެ ރޭޓްތައް މުރާޖައާ ކުރުން.
5. އިގްތިސާދަށް ތަފާތު ހަރަކާތްތައް އިތުރު ކުރުން.
އެނގިފައިވާ ގޮތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އަށް ބަދަލު ގެންނަނީ އިކޮނޮމިކް ކްލާހުގައި ދަތުރުކުރާ ދިވެހިންނަށް އިތުރު ޓެކްސްއެއް ގޮތަށެވެ. އޭގެ ބަދަލުގައި އެ ޓެކްސް ނަގާނީ ފަސްޓް ކްލާހާއި ބިޒްނަސް ކްލާސް އަދި ބޭރު މީހުންގެ އަތުން ނަގާ ޗާޖުތަކެވެ.
"ދެހާސް ސައްބީސް ވަނަ އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އެބަހުރި. އެއީ ޑޮލަރުން ދައްކަން ޖެހޭ ދަރަނިތަކެއް. އެ އަށް ބޭނުންވާ ބަފާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ބިލްޑް ކުރެވޭ ގޮތަށް އެ އަމާޒުގައި މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުން ވެސް ބޭނުންވާނެ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވި ގޮތުގައި ސިއްހަތަށް ގެއްލުންވާ ތަކެތިން ނަގާ ޑިއުޓީ ބޮޑު ކުރަން ބޭނުން ވަނީ އެ ތަކެތި ބޭނުން ކުރުން ޑިސްކަރޭޖް ކުރުމުގެ ބޭނުމުގަ އެވެ. އެގޮތުން ދުންފަތާ ގުޅިފައިވާ ބައެއް ތަކެއްޗާއި ވޭޕް ފަދަ ތަކެތި އިމްޕޯޓު ކުރުން މަނާކުރުމުގެ ބަދަލުގައި ޑިއުޓީ ބޮޑު ކުރުމުގެ ވިސްނުން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާރު ލިބެމުން އަންނަ 145 މިލިއަން ޑޮލަރުގެ އާމްދަނީ 251 މިލިއަން ޑޮލަރަށް އިތުރު ވާނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައިވާ ކަމަށެވެ. އަދި ގްރީން ޓެކްސް ވެސް ދެގުނަ އިތުރަށް ހޯދުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެހާސް ސައްބީސް ވަނަ އަހަރު ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އެބަހުރި. އެއީ ޑޮލަރުން ދައްކަން ޖެހޭ ދަރަނިތަކެއް. އެ އަށް ބޭނުންވާ ބަފާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ބިލްޑް ކުރެވޭ ގޮތަށް އެ އަމާޒުގައި މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުން ވެސް ބޭނުންވާނެ ގޮތް،"--- މިނިސްޓަރު
ގިނައިން ޓޫރިޒަމްގެ ދާއިރާ އިން އާމްދަނީ އިތުރު ކުރަން ވިސްނާފައިވާ އިރު އަންދާޒާތައް ހެދުމުގައި އެ ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކޮށްފައިވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ އެ ރޭޓުތައް މުރާޖައާ ކުރާނީ ކަމާ ގުޅޭ ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާ ކޮށްގެންނެވެ. އަދި ސަރުކާރުން ހުށަހަޅާ ގޮތާ މެދު މަޖިލިސް މެންބަރުންގެ ވިސްނުން ހުރި ގޮތަށް ވެސް ރިއާޔަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރަނި އަދާކުރުމާއި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އާމްދަނީ އިތުރު ކުރުމުގެ އިތުރުން ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަކޮށް އިސްރާފުވާ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޝަފީގު ވިދާޅުވި އެވެ. އޭގެ ތެރޭގައި އާސަންދަ އާއި ތެލަށް ކުރާ ހަރަދު ކުޑަ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސް ރޭޓުތައް މުރާޖައާ ކުރަނީ
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
ފިޔަވަޅުތައް އަޅާނެ ސީދާ ތާރީހުތައް ބުނެދީ: ނާޒިމް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
އާންމުކޮށް ހުޅުވާލައިގެން މާލީ ހާލަތު ކިޔައި ދެނީ!
ގޮންޖެހުން ބޮޑު، އެކަމަކު ބަނގުރޫޓުވިޔަ ނުދޭނަން
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި