27 ޖޫން 2024
ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަވަސް ކުރުމަށް ތާރީހުތައް ވީ އެންމެ އަވަހަކަށް ކަނޑައަޅައި މަސައްކަތްތައް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ ގޮވާލައްވައިފި އެވެ.
ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަވަސް ކުރުމަށް ތާރީހުތައް ވީ އެންމެ އަވަހަކަށް ކަނޑައަޅައި މަސައްކަތްތައް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ ގޮވާލައްވައިފި އެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ޓައިމްލައިނެއް ކަނޑައަޅާފައި އޮތް ނަމަވެސް، އެކަން ކުރާނެ ސީދާ ދުވަސްތަކެއް ސާފު ނުވާ ކަމަށެވެ.
"މި ގޮތަށް އޮތީމާ އަޅުގަނޑުމެން ބޭނުންވާ ކޮމިޓްމެންޓެއް ނުލިބޭ. އަޅުގަނޑުމެން ބޭނުންވަނީ [މިވެނި] ދުވަހެއްގެ ނިޔަލަށޭ ވިދާޅުވާން. އެއީ މިގޮތަށް ފެށިގެންނޭ [ޖުލައި މަހުން ފެށިގެން] އޮތިއްޔާ އަނެއްކާ އޮންނާނީ މިކަން ނުކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
"އަނެއްކާ ވެސް ފަހަތު ފަޔަށް ބުރަވެގެން އެކަން ނުކުރެވިދާނެ ކަމަށް ގަބޫލު ކުރެވެނީ."
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، އެއީ ރައްޔިތުން ބޮޑެތި ބަދަލުތަކެއް ބޭނުންވެގެން ގެނައި މަޖިލީހެއް ކަމަށާއި އެ މަޖިލީހުން ރައްޔިތުންނަށް އެ ތަފާތުތައް ދައްކައި ދޭން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ފިޔަވަޅުތައް އަޅަން ސަރުކާރުން ވެސް ސުންގަޑިތަކެއް ކަނޑައަޅައި އެކަން ކޮށްދޭ މަސައްކަތްތައް ކުރުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އެހެން ސަރުކާރުތަކުން ވެސް ހަމަ ތިދެއްކި ހުރިހާ ވާހަކަތަކެއް ދެއްކި. އެކަމަކު ކަން ވެފައެއް ނެތް. އަޅުގަނޑުމެން މި ދަންނަވަނީ އާސަންދަ ވެސް އިސްލާހު ކުރައްވާށޭ. ސުންގަޑިއެއް ދެއްވާށޭ. އެކަން ފަށާނެ ދުވަހެއް ދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ބޭނުންވަނީ ކެރިކަން އެ މަސައްކަތް ނިންމާނެ ދުވަހެކެވެ.
ނާޒިމްގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވީ، އިސްލާހުތައް ގެންނަން ހުރި ގިނަ ކަންކަމަކީ ހަމައެކަނި ފިނޭންސް މިނިސްޓްރީ އަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގުޅިފައި ތިބި އެހެން މިނިސްޓްރީތަކާއި މުއައްސަސާތައް ވެސް އެބަހުރި ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން [ޑެޑްލައިންތަކެއް ކަނޑައެޅުން]. މިހާރު ވެސް މިދަނީ މިނިސްޓްރީތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމަށް އަންނަ މަހުން ފެށިގެން ފިޔަވަޅުތައް އަޅާނެކަމަށް ބުނެފަ އެވެ. އޭގެ ތެރެގައި އާސަންދަ ރިފޯމު ކުރުމާއި ޓާގެޓް ސަބްސިޑީތައް ކަނޑައެޅުމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ.
ސަބްސިޑީ ދޭ އުސޫލު ބަދަލުކޮށް، ވަކިވަކި ފަރުދުންގެ ހާލަތަށް ބަލައިގެން ސަބްސިޑީ ދިނުމަށް 600 މިލިއަން ރުފިޔާ ބަޖެޓުގައި ހަމަޖައްސާފައި ވެ އެވެ. މި ބަދަލާ އެކު، ސަބްސިޑީ އަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައިވެ އެވެ.
އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑުކުރަނީ
ސަރުކާރުން ޓެކްސް ރޭޓުތައް މުރާޖައާ ކުރަނީ
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
އާންމުކޮށް ހުޅުވާލައިގެން މާލީ ހާލަތު ކިޔައި ދެނީ!
ބައެއް ކުންފުނިތަކާ ހެދި ދައުލަތް ހަފުސްވަނީ!
ސުކޫކު ޕޭމަންޓްތައް ދެއްކުމަށް ދަތިކަމެއް ނެތް: ޝަފީގު
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
513 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ފަށަނީ
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި