21 އެޕްރީލް 2020
ވީބީ ބްރަދާސްގެ ފިހާރަތައް ޑިސް އިންފެކްޓުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފި އެވެ.
ވީބީ ބްރަދާސްގެ ފިހާރަތައް ޑިސް އިންފެކްޓުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފި އެވެ.
ވީބީން ބުނީ އެ ކުންފުނީގެ ހުރިހާ ފިހާރައެއް ޑިސް އިންފެކް ކުރަމުން އަންނަ އިރު ލޮކްޑައުންގެ މުއްދަތުގެ ތެރޭގައި އާއްމުންނަށް ފިހާރަ ބަންދުވާނެ އެވެ. އެއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ވެސް ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއް ކަމަށާއި ނަމަވެސް ޑެލިވަރީގެ ހިދުމަތް ފޯރު ކޮށްދޭނެ ކަމަށް ވީބީން ބުންޏެވެ.
ވީބީން މިހާރު އަންނަނީ މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންމެ ދުވަހަކު ބަލައި، ނޯޓްކުރަމުންނެވެ.
ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް ވިދާޅުވީ ވިޔަފާރިއަށް ފުލުހުން ދޭ ހުއްދައާ އެކު ވެސް ފިހާރަ ތެރެއަށް މީހުން ނުވައްދަން ނިންމީ އެ ފިހާރައިގެ މުވައްޒަފުން ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަކުރަން ކަމަށެވެ. ގިނަ ބަޔަކު ފިހާރައަށް ވަންނަ ނަމަ އެމީހުންގެ މައުލޫމާތު ބެލުން އުދަނގޫ ވާނެ ކަމަށާއި ނަމަވެސް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމުން އެންމެންގެ މައުލޫމާތު ވެސް ރެކޯޑް ކުރަން ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވީބީގެ ފިހާރަތައް ޑިސް އިންފެކްޓު ކުރުމާ ގުޅޭގޮތުން ހަސަން ކުރެއްވި ފޭސްބުކް ޕޯސްޓެއް-
މީގެ އިތުރުން ގިނަ ބަޔަކު ފިހާރައަށް ވަދެ އުޅެން ޖެހުމުން އެމީހުންގެ ތެރޭގައި ވެސް ބަލި ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްޕީއޭއިން އެބަ ބުނޭ ކުރިއށް އޮތް 14 ދުވަހަކީ މިކަންތައް އެންމެ ޕީކަށް ދާނެ ދުވަސްތަކޭ. އެހެންވީމާ ގިނަ ބަޔަކު ފިހާރައަށް ވަދެ ހަދަންޏާ އެ ވަންނަ މީހުން ޓްރެކް ކުރުން ވަރަށް އުނދަގޫ ވެދާނެ. ޑެލިވަރީ ކުރީމަ މުވައްޒަފުން ދާ ގެތަކާއި ބައްދަލުވާ މީހުން ޓްރެކް ކުރަން ވަރަށް ފަސޭހަ ވާނެ،" ހަސަން ވިދާޅުވި އެވެ.
ވީބީ އިން ވަނީ އެ ކުންފުނީގެ ޑެލިވަރީ ކުރާ މުވައްޒަފުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ވެސް ނިންމައިފަ އެވެ. އެގޮތުން، މާދަމާ އިން ފެށިގެން މާސްކާއި އަންގީގެ އިތުރުން ފޭސް ޝީލްޑުތައް ވެސް މުވައްޒަފުން ބޭނުންކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
މީގެ އިތުރުން އެކުންފުނީގެ ޑެލިވަރީ ކަންތައްތައް އިތުރަށް ތަރުތީބު ކުރުމަށް އަންނަ ހަފްތާ ތެރޭގައި ވެބްސައިޓެއް ތައާރަފުކުރަން ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. މި ވެބްސައިޓާ އެކު ޑެލިވަރީގެ ހިދުމަތް އިތުރަށް ފުރިހަމަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮންލައިން ވިޔަފާރިއާ އެކު ވީބީގެ ވެބްސައިޓެއް
ޑިސްއިންފެކްޓު ކުރުމަށްފަހު ވީބީގެ ފިހާރަތައް ހުޅުވައިފި
ކެލޯގްސް ބްރޭންޑްގެ އާ އުފެއްދުންތަކެއް ތައާރަފްކޮށްފި
މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، ވީބީގެ ފިހާރަތައް ބަންދު
ދޮގު ޚަބަރު ފަތުރާތީ ޚިދުމަތް ދޭން ދަތިވޭ: ވީބީ
ލޮކްޑައުންގައި ވީބީގެ ޑެލިވަރީ ހިދުމަތް ފުޅާކޮށްފި
މާފަންނު ވީބީ މާޓު ޑިސްއިންފެކްޓް ކޮށްދޭން އެދެފި
ވީބީން ވެސް ޑެލިވަރީކޮށްދޭން ފަށައިފި
ޕްރިންގަލްސް ލަކީ ޑްރޯގެ ނަސީބުވެރިން އިންގްލެންޑަށް!
ޕްރިމިއަ ލީގު މެޗު ބަލަން ވީބީން 4 މީހަކު ހޮވައިފި