15 އެޕްރީލް 2020
ކޮވިޑް-19 އަށް މާފަންނު ގެއަކުން މީހަކު ޕޮޒިޓިވް ވުމާ އެކު އެ ސަރަހައްދުގައި ހުންނަ ވީބީ މާޓުގެ ފިހާރަ ޑިސްއިންފެކްޓް ކޮށްދޭން އެ ފިހާރައިން އެޗްޕީއޭގައި އެދެފި އެވެ.
ކޮވިޑް-19 އަށް މާފަންނު ގެއަކުން މީހަކު ޕޮޒިޓިވް ވުމާ އެކު އެ ސަރަހައްދުގައި ހުންނަ ވީބީ މާޓުގެ ފިހާރަ ޑިސްއިންފެކްޓް ކޮށްދޭން އެ ފިހާރައިން އެޗްޕީއޭގައި އެދެފި އެވެ.
ވީބީން ބުނީ، މާފަންނު ވީބީ ފިހާރަ ޑިސްއިންފެކްް ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި އެދިފައިވާ ކަމަށެވެ. މާލެއިން ޕޮޒިޓިވްވި މީހާއާ އެކު މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.
ވީބީން ބުނީ މާފަންނު ފިހާރަ ދެން ހުޅުވާނީ ޑިސްއިންފެކްޓް ކުރުމަށް ފަހު ކަމަށެވެ.
"މާލެއިން ޕޮޒިޓިވްވި މީހާ އުޅެނީ މާފަންނު ވީބީ މާޓު އުޅޭ ސަރަހައްދުގައި. އެ މީހާ ވެސް އެ ފިހާރަ އަށް ވަދެފައި ހުރެދާނެތީ، ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި އެކަން ކުރަން ބޭނުންވަނީ،" އެ ފިހާރައިން ބުނެ އެވެ.
ވީބީން ބުނީ، އެ ކުންފުނީގެ މާފަންނު ފިހާރަ ބަންދުކޮށްފައި ހުރި ނަމަވެސް އޮންލައިންކޮށް އޯޑަރުކޮށްގެން ޑެލިވަރީގެ ހިދުމަތްދެމުން އަންނަ ކަމަށެވެ. އެގޮތުން މިރޭ ވެސް 7:00 އިން ފެށިގެން 12:00 އަށް އެފިހާރައަށް ލިބުނު އޯޑަރުތަކަށް ޑެލިވަރީ އަންނަނީ ކޮށްދެމުންނެވެ.
ވީބީން އެއްޗަކަށް އޯޑަރު ދޭން ބޭނުންވާ ނަމަ ޖެހޭނީ ވައިބާ ނަންބަރު، 9633855 އަށް މެސެޖު ކުރާށެވެ.
ވީބީ ބްރާދާސް އަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. އެ ފިހާރަ ހުޅުވީ ވާލީ ބްރަދާސްގެ ނަމުގައި 1979 ވަނަ އަހަރު އެވެ. އެ ފިހާރައިގެ މައިގަނޑު މަގްސަދަކީ އަތް ފޯރާ ފަށުގައި، ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.
އޮންލައިން ވިޔަފާރިއާ އެކު ވީބީގެ ވެބްސައިޓެއް
ޑިސްއިންފެކްޓު ކުރުމަށްފަހު ވީބީގެ ފިހާރަތައް ހުޅުވައިފި
މުވައްޒަފުންތަކެއް ޕޮޒިޓިވްވެ، ވީބީގެ ފިހާރަތައް ބަންދު
ވީބީ އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
ދޮގު ޚަބަރު ފަތުރާތީ ޚިދުމަތް ދޭން ދަތިވޭ: ވީބީ
ލޮކްޑައުންގައި ވީބީގެ ޑެލިވަރީ ހިދުމަތް ފުޅާކޮށްފި
ވީބީން ވެސް ޑެލިވަރީކޮށްދޭން ފަށައިފި
ކެލޯގްސް ބްރޭންޑްގެ އާ އުފެއްދުންތަކެއް ތައާރަފްކޮށްފި
ޕްރިމިއަ ލީގު މެޗު ބަލަން ވީބީން 4 މީހަކު ހޮވައިފި
ޕްރިންޖަލްސް ޗިޕްސް ޕްރޮމޯޝަންގެ ފޯރި ގަދަކޮށްލައިފި