01 އެޕްރީލް 2020
އާންމު މުދަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވީބީ މާޓުން ވެސް ޑެލިވަރީ ހިދުމަތް ދޭން ފަށައިފި އެވެ.
އާންމު މުދަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވީބީ މާޓުން ވެސް ޑެލިވަރީ ހިދުމަތް ދޭން ފަށައިފި އެވެ.
ވީބީން ބުނި ގޮތުގައި އެ ފިހާރަ އިން 200ރ. އަށް ވުރެ މަތީގެ ވިޔަފާރިއެއް ކުރާ ނަމަ ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ. އެ ފިހާރާއިން އެއްޗަކަށް އޯޑަރު ދޭން ބޭނުންވާ ނަމަ ޖެހޭނީ ވައިބާ ނަންބަރު، 9633855 އަށް މެސެޖު ކުރާށެވެ. އޯޑަރު ކުރެވޭނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދެމެދުގަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް، އާންމުން ބޭރަށް ނުނިކުމެ، ގޭގައި ތިބުމަށް ސިއްހީ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އެހެންވެ، ވީބީގެ ފިހާރަތަކަށް ގޮސްގެން ވިޔަފާރިކުރުމުގެ ބަދަލުގައި ޑެލިވަރީގެ ހިދުމަތް ތައާރަފްކުރީ، އާންމުން އެއްވެ އުޅުން މަދުކުރުމަށް އެހީވުމަށެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް ރާއްޖޭން 18 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު މިހާރު ރާއްޖޭގައި ތިބި ޕޮޒިޓިވް ތިން މީހުންނަކީ ވެސް ދިވެހިންނެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކޮންމެ ދުވަހަކު ކާފިއު އިއުލާނު ކުރުމަށް ވަނީ ނިންމާފަ އެވެ.
ވީބީ ބްރާދާސް އަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. އެ ފިހާރަ ހުޅުވީ ވާލީ ބްރަދާސްގެ ނަމުގައި 1979 ވަނަ އަހަރު އެވެ. އެ ފިހާރައިގެ މައިގަނޑު މަގްސަދަކީ އަތް ފޯރާ ފަށުގައި، ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.
މިދިޔަ ދުވަސްތަކުގައި އެ ކުންފުނިން ވަނީ އާންމު ކާބޯތަކެތީގެ ގިނަ ބްރޭންޑްތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ކެލޯޖްސް އާއި ޕްރިންގަލްސް އާއި މާސް، ސްނިކާސް އާއި ޓްވިކްސް، ބައުންޓީ އާއި އެމް އެންޑް އެމްސް އާއި މޯލްޓެސާސް އާއި ޖޯންސަން އެންޑް ޖޯންސަން އާއި ގާނިއާގެ އިތުރުން ލޯރިއަލް އާއި ޓްރޮޕިކާނާ ސްލިމް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.
އޮންލައިން ވިޔަފާރިއާ އެކު ވީބީގެ ވެބްސައިޓެއް
ޑިސްއިންފެކްޓު ކުރުމަށްފަހު ވީބީގެ ފިހާރަތައް ހުޅުވައިފި
ކެލޯގްސް ބްރޭންޑްގެ އާ އުފެއްދުންތަކެއް ތައާރަފްކޮށްފި
ޕްރިންޖަލްސް ޗިޕްސް ޕްރޮމޯޝަންގެ ފޯރި ގަދަކޮށްލައިފި
އެފްއެޗްއޭއެމްގެ ކޯ ސްޕޮންސަރަކަށް ސިމްޑީ ގްރޫޕް
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ
ހުދުމާ ފިހާރައިގެ ވެރިޔާ ނިޔާވެއްޖެ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
ޑެނޯ: ކޮލިޓީ ރަނގަޅު މީރު ކިރެއް!