16 އެޕްރީލް 2020
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވިޔަސް، ޚާއްސަ ފިޔަވަޅުތަކާ އެކު ކުނި އުކުމުގެ ޚިދުމަތް މިއަދު ފަށާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވިޔަސް، ޚާއްސަ ފިޔަވަޅުތަކާ އެކު ކުނި އުކުމުގެ ޚިދުމަތް މިއަދު ފަށާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް އިއްޔެ މާލެއިން އެ ބައްޔަށް ޕޮޒިޓިވް މީހަކު ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ވެމްކޯ އިން އިއްޔެ ވަނީ ކުނި އުކުމުގެ ޚިދުމަތް މަޑުޖައްސާލައިފަ އެވެ.
ވެމްކޯ އިން ނިންމާފައިވަނީ ގޭގެއިން އުކާލާ ކުނިތައް ކޮންމެ ދުވަހެއްގެ ހެނދުނު 12 އިން ފެށިގެން މެންދުރު 2:00 އާ ދެމެދު ކޮންމެ ގެއެއްގެ ތިރިއަށް ބޭލުމުން އެ ތަކެތި ވެމްކޯއިން ނަގާ ގޮތަށެވެ. އަދި ވިޔަފާރިތަކުން އުކާލާ ކުނި ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އާ ހަމަ އަށް ނަގަމުންދާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
އެކަމަކު އާންމު ކުނި ފިޔަވައި އެހެން ބާވަތުގެ ކުނިތައް މިދުވަސްވަރު ނުނަގާނެ ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނިގެން އައިސޮލޭޝަންގައި މީހުން ތިބޭ ގެތަކުން އަމިއްލަ އަށް ކުނި ބޭރަށް ނުނެރުމަށް އަންގައި، އަދި އެފަދަ ތަންތަނުން ކުނި ނެގުމަށް ޚާއްސަ ޓީމްތަކެއް ފޮނުވަން ވެސް ވެމްކޯ އިން މިހާރު ވަނީ ނިންމައިފަ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރިކަމުގެ ޚާއްސަ ސާމާނުތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކޮންމެ ހާލަތަކަށް ދިޔަޔަސް، ވެމްކޯގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެ ގޮތްތައް ހެދުމަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ހާލަތެއްގައި ވެސް އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ އޮޕަރޭޝަން ކިތަންމެ ބޮޑަކަށް ވައިޑް ކުރަން ޖެހުނަސް، އެކަންކަން އެންމެ ރައްކާތެރި ގޮތަކަށް ކުރެވޭނެ ގޮތަކަށް އިންތިޒާމް ކޮށްގެން އެކަންކަން ކުރަން." އާދަމް ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ މިދުވަސްވަރު ގޭގައި ކުނީގެ މިންވަރު ވީހާ ވެސް މަދުކުރަން އެދޭ ކަމަށާއި އަދި ކުނި އުކުމުގައި ރައްކާތެރި ގޮތަކަށް އެ ތަކެތި ބަންދު ކުރުމަށް އެދޭ ކަމަށެވެ. އަދި ކުނި ބަހައްޓާފައި ހުންނަ ސަރަހައްދުތަކަށް ވެމްކޯގެ މުވައްޒަފުންނަށް ފަސޭހައިން ވަދެވޭ ގޮތަށް ބެހެއްޓުމުގެ އިތުރުން ބަލި މީހުން ބޭނުންކުރާ ކުނި ފަދަ ތަކެތި ބަންދު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވެފައި ވަނިކޮށް ރޭ ވެސް އިތުރު ދެ މީހަކު ވަނީ މާލެއިން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެކުރިން އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެ އައި ދިވެއްސަކު ވެސް އެ ބައްޔަށް ޕޮޒިޓިވްވި އެވެ.
ކުނިނަގާ މީހުންނަށް ބޮޑެތި އަނިޔާވޭ: ވެމްކޯ
މާދަމާ ކުނި ނަގަން އަލުން ފަށާނަން: ވެމްކޯ
ސަފާރީތަކުން ކުނި ގެންނަން ހާއްސަ އުސޫލެއް ހަދައިފި
ކުނި ނެގުމުގެ ފީ ކަރަންޓު ބިލްގައި ނުހިމަނާނެ: ވެމްކޯ
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯގެ ކުނި ޕިކަޕުގެ ފީ 500ރ. އަށް ކުޑަކުރަނީ
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
އާޒިމް ވިދާޅުވީ ހަތަރުމަސް ފަހުން ކުނި ނުފެންނާނެކަމަށް
ރޯދައަށް ގެ ސާފުކުރިއިރު، މާލެ ގޮނޑުވެއްޖެ