04 ޖެނުއަރީ 2025
ރަށްރަށުގައި ކަރަންޓް ބިލުގައި، ކުނި ނެގުމުގެ ބިލުގެ ފީ ހިމަނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުން އަނބުރާ ގެންގޮސްފި އެވެ.
ރަށްރަށުގައި ކަރަންޓް ބިލުގައި، ކުނި ނެގުމުގެ ބިލުގެ ފީ ހިމަނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުން އަނބުރާ ގެންގޮސްފި އެވެ.
މީގެ ކުރިން ނިންމާފައިވަނީ މި އަހަރުން ފެށިގެން ރަށްރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތުގެ ބިލް ޔުޓިލިޓީ ބިލްތަކުގައި ހިމެނުމަށެވެ.
އެހެން ނަމަވެސް ވެމްކޯ އިން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ބަދަލު ކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ ބަދަލާއެކު ރަށްރަށުގައި ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ބިލު ކުރެވޭނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން ބިލަށް ފައިސާ ދެއްކުމުގެ ކަންކަން އެ ރަށްރަށުގައި ގާއިމް ކޮށްފައިވާ ވެމްކޯގެ އޮފީސްތަކުންނާއި ވެމްކޯގެ "އަވަސް ޕޭ" ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯގެ ކުނި ޕިކަޕުގެ ފީ 500ރ. އަށް ކުޑަކުރަނީ
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
އާޒިމް ވިދާޅުވީ ހަތަރުމަސް ފަހުން ކުނި ނުފެންނާނެކަމަށް
ރޯދައަށް ގެ ސާފުކުރިއިރު، މާލެ ގޮނޑުވެއްޖެ
އާންމުން ކުނި ނަގާ އުޅަނދުތަކުގެ ފީ ކުޑަކޮށްފި
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި