ގޭގެއިން ކުނި ނެރުމުގައި އަމަލުކުރަން އަންގާފައިވާ އުސޫލަށް ތަބާނުވުމުގެ ސަބަބުން ވެމްކޯގެ މުވައްޒަފުންނަށް ހާނީއްކަވުމުގެ ހާދިސާތައް ގިނަވަމުންދާ ކަމަށް އެކުންފުނިން މިއަދު ބުނެފި އެވެ.
27 މެއި 2021
ގޭގެއިން ކުނި ނެރުމުގައި އަމަލުކުރަން އަންގާފައިވާ އުސޫލަށް ތަބާނުވުމުގެ ސަބަބުން ވެމްކޯގެ މުވައްޒަފުންނަށް ހާނީއްކަވުމުގެ ހާދިސާތައް ގިނަވަމުންދާ ކަމަށް އެކުންފުނިން މިއަދު ބުނެފި އެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ގެއަކުން ނެރުނު ޑަސްބިނެއްގައި އޮތް ކޮތަޅަކަށް ބިއްލޫރި އަޅާފައި ހުރުމުގެ ސަބަބުން އެކުންފުނީގެ މުވައްޒަފެއްގެ އަތަށް ބޮޑު ގެއްލުމެެއް ލިބިފައިިވާ ކަމަށާއި މިމަހުގެ މިހައިތަނަށް އެފަދަ ތިން ހާދިސާ ހިނގާފައިވާ ކަަމަށެވެ. އެ ތިން ހާދިސާ ވެސް ހިނގާފައި ވަނީ މާލެ ސަރަހައްދުގަ އެވެ.
ޑަބިސްނުގައި އޮތް ކޮތަޅުގައި ހުރި ބިއްލޫރިތަކުގެ ތެރެއިން ބިއްލޫރިގަނޑެއް ހެރުމުގެ ސަބަބުން ހާނީއްކަވީ އަފްރާހް މޫސާ ނަމަކަށް ކިޔާ މުވައްޒަފަކަށެވެ. ވެމްކޯގެ ބަޔާނުގައި ބުނިގޮތުގައި އޭނާގެ އަތުގެ ނާރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ވެމްކޯއިން ބުނިގޮތުގައި ކުނިނެގުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުންނަށް މަސަައްކަތުގެ މާހައުލުގައި ރައްކާތެރިވުމަށް ޓަކައި ދޭން ޖެހޭ ވަސީލަތްތައް ވާނީ ދީފަ އެވެ. އެގޮތުން އަންގިއާއި މާސްްކް އަދި އެހެނިހެން އާލާތްތައް ވެސް ފޯރުކޮށްދީފައި ވާނެ ކަަމަށް ވެސް ބުންޏެވެ. ކުނިނެގުމަކީ ވެމްކޯއާއި ހަވާލުވެފައިވާ އެންމެ ބޮޑު ޒިންމާ ކަމަށާއި އެހެންވީމާ އެ މަސައްކަތްކުރާ މުވައްޒަފުންނަކީ ކުންފުނީގެ ފަހުރުކަމަށް ވެސް ބުންޏެވެ.
"...ކަން މިހެން ހުރުމާއި އެކު ވެސް ހިތާމައަކީ ގިނަ އަދަދެއްގެ ކަސްޓަމަރުން މިކޯޕަރޭޝަނުން އާއްމުކޮށްފައިވާ، ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއް ނެތި ކުނި ނެރެމުން ދިއުމެވެ. އަދި މީގެ ސަބަބުން މިކޯޕަރޭޝަނުގެ ވެށިފާރަވެރިންނަށް އެކަކި ކަހަލަ ހާނީއްކައާއި އަނިޔާ މެދުނުކެނޑި ލިބެމުން ދިއުމެވެ،" ވެމްކޯގެ ބަޔާނުގައި ބުންޏެވެ.
އެކުންފުނިން ބުނިގޮތުގައި ކުނިނަގަން އުޅޭ މުވައްޒަފުންނަށް ހާނީއްކަވަމުން ދަނީ ބިއްލޫރިއާއި ދަގަނޑު އަދި އެނޫން ވެސް ތޫނު އެއްޗިހި ރަނގަޅަށް ބަންދުނުކޮށް ނެރޭތީ އެވެ. އެގޮތަށް ކަންތައް ނުކުރުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދޭން އިލްތިމާސްކުރާ ކަމަށް ވެސް ބުންޏެވެ. ނެރޭ ކޮންމެ ކުނިކޮތަޅަކީ ވެސް މެމްކޯގެ ކޮންމެވެސް ވެށިފާރަވެރިއަކު އަތުން ނަގާނެ ކޮތަޅެއްކަން ހަނދާން ކޮށްދޭ ކަަމަށް ވެސް އެކުންފުނިން ބުންޏެވެ.
މާދަމާ ކުނި ނަގަން އަލުން ފަށާނަން: ވެމްކޯ
އޭޑީބީން ރާއްޖެ އަށް 33 މިލިއަން ޑޮލަރު ދެނީ
ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު އިތުރުކޮށްފި
ވެމްކޯ އިން ބަދަލުކޮށްލަދިން ދިރިއުޅުން
ކުނި އުކުން ރަނގަޅަށް ކުރިއަށް ގެންދެވޭނެ: ތޯރިގު
ކުންޏާ އެކު އާންމުންގެ ޝަކުވާތައް ވެސް ފުނިޖެހިއްޖެ
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!