16 މާޗް 2020
ހުޅުމާލޭގައި ހުންނަ ވެމްކޯ ސައިޓަށް ސަފާރީތަކުން ކުނި ގެންދަން ހާއްސަ އުސޫލެއް މިއަދު ކަނޑައަޅައިފި އެވެ.
ހުޅުމާލޭގައި ހުންނަ ވެމްކޯ ސައިޓަށް ސަފާރީތަކުން ކުނި ގެންދަން ހާއްސަ އުސޫލެއް މިއަދު ކަނޑައަޅައިފި އެވެ.
ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގެނައި މި ބަދަލާ ބެހޭ ގޮތުން ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގެތަކުން ގެންދާ ކުންޏާއި ސަފާރީތަކުގެ ކުނި އެއްކޮށްގެން ވެމްކޯގެ ސައިޓުތަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެހެން އެއްގަމު އުޅަނދުތަކުން ވެސް ސަފާރީތަކުގެ ކުނި ގެންދިއުން މަނާ ކަމަށް ވެމްކޯ އިން ބުންޏެވެ.
ސަފާރީތަކުން ކުނި ގެންދިއުމުގެ ކުރިން، ވެމްކޯގެ ސައިޓް ސުޕަވައިޒަރަށް ގުޅުމަށް ފަހު އޭނާގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަން ވެމްކޯ އިން އިލްތިމާސްކުރި އެވެ. ސައިޓް ސުޕަވައިޒަރަށް ގުޅޭނީ 7871666 އިން ނެވެ.
މީގެ އިތުރުން ސަފާރީތަކުން ކުނި ގެންދަންވާނީ ކޮތަޅަށް އަޅައި ރަނގަޅަށް ބަންދުކުރުމަށް ފަހު ކަމަށް ވެސް އެ ކުންފުނިން ވަނީ އަންގައިފަ އެވެ. ކޮތަޅަށް ނާޅައި ގެންދާ ކުނި ބަލައިނުގަންނާނެ ކަމަށާއި އެގޮތަށް ކުނި ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
ކޮވިޑް-19 ޖެހިފައިވާ މީހަކު ރާއްޖޭން ފުރަތަމަ ފެނުނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި މިހާތަނަށް 13 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނާއި ޓޫރިސްޓުންނެވެ. މި ބައްޔާ ގުޅިގެން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފަ އެވެ.
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
ހިޔާ ފްލެޓްގެ ކުނި އުކައިދޭ އަގާ މެދު ވެސް ޝަކުވާ
ހިޔާ ފްލެޓްތަކުން ކުނި އުކަން ފީ ނަގަން ފަށަނީ
ރައްކާތެރިކަމުގެ ފިޔަވަޅާއެކު ކުނި އުކައިދޭން ފަށަނީ
ކުނި އުކާނުލެވި، މާލޭގެ ބައެއް ސަރަހައްދު ގޮނޑަކަށް
ހުޅުމާލޭ ރަށު ތެރޭގައި ހުރި ޑަސްބިންތައް ނަގަނީ
ކުނި ނެގުމުގެ ފީ ކަރަންޓު ބިލްގައި ނުހިމަނާނެ: ވެމްކޯ
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯގެ ކުނި ޕިކަޕުގެ ފީ 500ރ. އަށް ކުޑަކުރަނީ