24 ޖެނުއަރީ 2018
ހުޅުމާލޭ ނެއިބަހުޑް އެކަކާއި ތިނެއްގައި އާއްމުން ކުނި އުކަން ބަހައްޓާފައި ހުރި ބޮޑެތި ޑަސްބިންތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގަން ނިންމައިފި އެވެ.
ހުޅުމާލޭ ނެއިބަހުޑް އެކަކާއި ތިނެއްގައި އާއްމުން ކުނި އުކަން ބަހައްޓާފައި ހުރި ބޮޑެތި ޑަސްބިންތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގަން ނިންމައިފި އެވެ.
އެޗްޑީސީން ނިންމާފައިވާ ގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ޑަސްބިންތައް އެ ތަންތަނުގައި ނުހުންނާނެ އެވެ.
އެތަނުގެ އޮފިޝަލަކު ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރި އަށް ކުނި އުކާތީ ތިމާވެއްޓާއި ސިއްހީ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާތީ، ބުރާސްފަތި ދުވަހުން ފެށިގެން ކުނި އުކަން ޖެހޭނީ ވެމްކޯ މެދުވެރިކޮށް ނުވަތަ އެ މީހަކު އަމިއްލަ އަށް ގޮނޑަށް ގޮސްގެން ކަމަށެވެ.
"މިހާރު އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް ގޮސް ޑަސްބިންތަކަށް ކުނި އުކާލެވޭނެ. ބައެއް މީހުން ގޮސް ކުނި ކޮތަޅުތައް ޑަސްބިނަށް ނުލައި އެ ސަރަހައްދަށް ވެސް އުކާލާ. އެހެންވެ، އެޗްޑީސީން މިހާރު ބޮޑަށް އެދެނީ ވެމްކޯ މެދުވެރިކޮށް ހުރިހާ ގެއަކުން ކުނި އުކަން،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލެ. ރަށުތެރެ ސާފުކުރުމަށް ނެއިބަހުޑް އެކަކާއި ތިނެއްގައި ހުރި ޑަސްބިންތައް ވަނީ ނަގަން ނިންމާފައި.
އޭނާ ވިދާޅުވީ ވެމްކޯގައި ރަޖިސްޓްރީވުމުން އެ ގެއަކަށް ގޮސް އެ ހިދުމަތް ދޭނެ ކަމަށާއި އެހެންވެ، ކުނި އުކުމުގައި ދައްޗެއް ކުރިމަތިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ހުޅުމާލޭގެ ކުނިގޮނޑު ހުންނަނީ ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ މަގު ފެށޭ ސަރަހައްދުގަ އެވެ. ވެމްކޯގައި ރަޖިސްޓްރީ ނުކުރާ ނަމަ، އަމިއްލަ އަށް ގޮނޑަށް ގޮސް ވެސް ކުނި އުކާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި ވެމްކޯ އިން ހިދުމަތް ދޭން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އޮފީހެއް ވެސް ހުޅުވާފަ އެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 14 އަހަރު ވެފައިވާއިރު އެ އަވަށުގައި މިހާރު 40،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި
ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ
ހުޅުމާލެ ސާފުކުރުމުގެ މަސައްކަތާ ވެމްކޯއިން ހަވާލުވެއްޖެ
ހިޔާ ފްލެޓްގެ ކުނި އުކައިދޭ އަގާ މެދު ވެސް ޝަކުވާ
ހިޔާ ފްލެޓްތަކުން ކުނި އުކަން ފީ ނަގަން ފަށަނީ
ރޯދަ މަހާއެކު ހުޅުމާލޭގެ ކުނީގެ މައްސަލަ ބޮޑުވެއްޖެ
ހިޔާ ފްލެޓް ކައިރީ ހެދުނު ގޮނޑު އެޗްޑީސީން ސާފުކޮށްފި
ހިޔާ ފްލެޓުތައް ކައިރީ މިހާތަނަށް ފަސް ފަހަރު ރޯވެއްޖެ
ފްލެޓްތަކުން ކުނި ނެގޭނެ އިންތިޒާމެއް ނެތި ގޮނޑުވެއްޖެ