Roadha Mihaaru
ބާލިން އެއާޕޯޓުގައި ބޮންގޮއްވަން އުޅުނު މީހާ މަރުވެއްޖެ

ބާލިން އެއާޕޯޓުގައި ބޮން ގޮއްވަން އުޅުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

13 އޮކްޓޯބަރ 2016

ބާލިން (އޮކްޓޯބަރު 13) - ބާލިން އެއާޕޯޓުގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސީރިއާގެ ރެފިއުޖީ ލެއިޕްޒިގު ޖަލެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (އޮކްޓޯބަރު 13) - ބާލިން އެއާޕޯޓުގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސީރިއާގެ ރެފިއުޖީ ލެއިޕްޒިގު ޖަލެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސެކްސަނީ ސްޓޭޓުގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވީ ޖާބިރު އަލް ބަކުރުގެ މަރާ ގުޅޭ ތަހުގީގު ފަށާފައިވާ ކަމަށެވެ. ބަކުރު ހައްޔަރު ކުރުމަށް މަގު ފަހިކޮށްދީފައި ވަނީ ސީރިއާގެ އިތުރު ތިން ރެފިއުޖީންނެވެ. އޭނާ ހައްޔަރުކުރީ ހޮނިހިރު ދުވަހު އެވެ.

ބަކުރު، 22، ހައްޔަރު ކުރި ފަހުން އޭނާ ދިޔައީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. އަދި އެހެންވެ އޭނާގެ ހާލަތު ދިޔައީ 24 ގަޑިއިރު މޮނިޓާ ކުރަމުންނެވެ. ބަކުރު މިދިޔަ އަހަރު ޖަރުމަނަށް ދިއުމާ އެކު އޭނާ އަށް ވަނީ ހިމާޔަތް ދީފަ އެވެ.

ބޮން ގޮއްވަން އުޅުނުކަމުގެ ތުހުމަތުގައި ސީރިއާގެ ރެފިއުޖީ ހައްޔަރު ކުރަން ފުލުހުން އޮޕަރޭޝަން ހިންގަނީ. --ފޮޓޯ:އޭއެފްޕީ

ބޮން ގޮއްވަން އުޅުނުކަމުގެ ތުހުމަތުގައި ސީރިއާގެ ރެފިއުޖީ ހައްޔަރު ކުރަން ފުލުހުން އޮޕަރޭޝަން ހިންގަނީ. --ފޮޓޯ:އޭއެފްޕީ

ޖަރުމަންގެ ޖާސޫސީ އިދާރާ އަށް މިދިޔަ ހަފުތާގައި ވަނީ އެއާޕޯޓުގައި ބޮން ގޮއްވަން އުޅުނު ކަމުގެ މައުލޫމާތު ލިބިފަ އެވެ. އަދި އިންޓަނެޓުން މައުލޫމާތު ހޯދައިގެން ބޮން ހަދަން އޭނާ ދަސްކުރަން އުޅުނު ކަމާއި ބޮން ހަދާ ސާމާނު ހޯދާފައިވާ ކަމަށް ވެސް ޖާސޫސީ އިދާރާ އިން ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ އިރުމަތީގައި ބަކުރު އުޅުނު ފްލެޓަށް ފުލުހުން ވަން އިރު ވަނީ ބޮން ހަދަނ ބޭނުން ކުރާ ސާމާނު ފެނިފަ އެވެ. އެކަމަކު އޭނާ ވަނީ އެތަނުން ފިލައިގެން ލެއިޕްޒިގަށް ގޮސް ސީރިއާގެ އެހެން ރިފިއުޖީންގެ އެހީ އަށް އެދިފަ އެވެ. ނަމަވެސް ސީރިއާގެ ތިން ރެފިއުޖީން ވަނީ އޭނާ ބަނދެ ފުލުހުންނަށް ހަވާލުކޮށްފަ އެވެ. އޭގެ ފަހުން މި ތިން ރެފިއުޖީންނަށް ބަތަލުންގެ ދަރަޖަ ދިނުމަށް ވަނީ އެކި ފަރާތްތަކުން ގޮވާލައިފަ އެވެ.

ޖަރުމަނުގެ ކަމާ ބެހޭ ފަރާތްތަކުން ގަބޫލް ކުރަނީ ބަކުރަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް މީހެއް ކަމަށެވެ.