ތެލް އަވީވް (ޖެނުއަރީ 26) - ދެ ގައުމުގެ ގުޅުންތައް ގޯސް ނަމަވެސް ސީރިއާގެ ޔަތީމު 100 ކުއްޖަކާ ހަވާލުވާން އިޒްރޭލުން ނިންމާފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން މިއަދު ބުނެފި އެވެ.
26 ޖެނުއަރީ 2017
ތެލް އަވީވް (ޖެނުއަރީ 26) - ދެ ގައުމުގެ ގުޅުންތައް ގޯސް ނަމަވެސް ސީރިއާގެ ޔަތީމު 100 ކުއްޖަކާ ހަވާލުވާން އިޒްރޭލުން ނިންމާފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން މިއަދު ބުނެފި އެވެ.
މިއީ ސީރިއާގައި 2011 ވަނަ އަހަރު ދާޚިލީ ހަނގުރާމަ ފެށި ފަހުން އިޒްރޭލުން ނިންމި މިފަދަ ފުރަތަމަ ނިންމުމެވެ.
އިޒްރޭލުން ހަވާލުވާ ކުދިންނަށް ފުރަތަމަ ހަތަރު އަހަރު ދޭނީ ވަގުތީ ހުއްދައެކެވެ. އޭގެ ފަހުން އެ ކުދިންނަށް އިޒްރޭލުގެ ރައްވެހިކަން ދިނުމަށް ވަނީ ނިންމައިފަ އެވެ. ސީރިއާ އިން ގެންނަ ޔަތީމު ކުދިން ބޮޑެތި ކުރަން ހަމަޖެހިފައި ވަނީ އަރަބި އިޒްރޭލް އާއިލާތަކާ ހަވާލުކޮށްގެންނެވެ. އިޒްރޭލުގެ ޔަހޫދީ އާބާދީގައި އަރަބި އިޒްރޭލް މީހުންގެ ނިސްބަތަކީ 17.5 ޕަސެންޓެވެ.
އިޒްރޭލުން ހަވާލުވާ ޔަތީމު ކުދިންގެ ބޭބެ އިންނާއި ދައްތަ އިންނަށް ވެސް އިޒްރޭލުން ރެފިއުޖީންގެ ދަރަޖަ ދިނުމަށް ވަނީ ނިންމައިފަ އެވެ. ޔަތީމު ކުދިންނާއި އިޒްރޭލުން ހަވާލުވުމަށް ހަމަޖެހިފައި ވަނީ ސީރިއާގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމާއަތްތައް މެދުވެރި ކޮށެވެ.
ސީރިއާގެ މަދަނީ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން މިހާތަނަށް ވަނީ 310،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށްވެފަ އެވެ.
ލުބްނާނުގައި ހަލުވިކަމާއެކު ކޮލެރޭ ފެތުރެން ފަށައިފި
ސީރިޔާގެ ރެފިއުޖީން ރެކޯޑް އަދަދަކަށް އިތުރުވެއްޖެ
ބާލިން އެއާޕޯޓުގައި ބޮންގޮއްވަން އުޅުނު މީހާ މަރުވެއްޖެ
ދަންޖެއްސި ޖާސޫސްގެ ސާމާނުތައް އިޒްރޭލުން ވަގަށްނަގައިފި
ސީރިއާގެ ކިބައިން ޓްރަމްޕު އެދުނީ އިޒްރޭލާ ސުލްހަވާން
އިޒްރޭލު މީހެއްގެ ހަށިގަނޑު 43 އަހަރުފަހުން ފެނިއްޖެ
ސީރިއާގެ ފަރުބަދައެއްގެ މަތީ ނަތަންޔާހޫގެ ބައްދަލުވުމެއް
އިޒްރޭލުން ގޯލާން އާބާދުކުރުން ރާއްޖޭން ކުށްވެރިކޮށްފި
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ