ސީރިއާގައި 1965 ވަނަ އަހަރު ދަންޖެއްސި އިޒްރޭލުގެ މަޝްހޫރު ޖާސޫސް އެލީ ކޯހެންއާ ގުޅޭ 2،500 އަށް ވުރެ ގިނަ ޑޮކިއުމެންޓާއި ފޮޓޯތަކާއި އޭނާގެ އަމިއްލަ އެތައް ސާމާނެއް އިޒްރޭލުގެ ސިއްރު އޮޕަރޭޝަނެއްގައި ވަގަށް ނަގައި އިޒްރޭލަށް ގެންގޮސްފި އެވެ.
ސީރިއާގައި 1965 ވަނަ އަހަރު ދަންޖެއްސި އިޒްރޭލުގެ މަޝްހޫރު ޖާސޫސް އެލީ ކޯހެންއާ ގުޅޭ 2،500 އަށް ވުރެ ގިނަ ޑޮކިއުމެންޓާއި ފޮޓޯތަކާއި އޭނާގެ އަމިއްލަ އެތައް ސާމާނެއް އިޒްރޭލުގެ ސިއްރު އޮޕަރޭޝަނެއްގައި ވަގަށް ނަގައި އިޒްރޭލަށް ގެންގޮސްފި އެވެ.
"ސްޓްރެޓެޖިކް ޕާޓްނާ ސާވިސްއަކާ ގުޅިގެން މޮސާޑުން ހިންގި އުނދަގޫ، ސިއްރު އޮޕަރޭޝަނެއްގައި އެލީ ކޯހެންއާ ގުޅޭ ސީރިއާގެ ރަސްމީ އާކައިވް މިހާރު ވަނީ އިޒްރޭލަށް ގެނެސްފައި،" އިޒްރޭލުގެ އެކްސްޓާނަލް އިންޓެލިޖެންސް އެޖެންސީއަށް އިޝާރާތްކޮށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މި ތަކެތީގެ ތެރޭގައި ސީރިއާގެ ޖާސޫސީ އިދާރާއިން އެތައް ޒަމާނެއް ވަންދެން ރައްކާތެރިކަމާ އެކު ބަހައްޓާފައި ހުރި އެތައް ހާސް އެއްޗިއްސެއް ހިމެނޭ،" އެ ބަޔާނުގައި ވެ އެވެ.
ކޯހެން އަކީ ސީރިއާގެ ސިޔާސީ އަދި އަސްކަރީ އިސް ވެރިންނާ އެކު ވަރުގަދަ އަދި ގާތް ގުޅުމެއް އުފައްދައި، ޖާސޫސް ކުރުމުގެ އޮޕަރޭޝަނެއްގައި ހަތަރު އަހަރު ހޭދަކުރި މީހެކެވެ. އެކަމަކު އެންމެ ފަހުން އޭނާ ފަޅައިއެރުމުން ހައްޔަރުކޮށް މެއި 18، 1965 ގައި އާންމުންގެ ތެރެއަށް ނެރެ އެންމެން ކުރިމަތީ ދަންޖައްސައި މަރާލީ އެވެ.
"އެލީ ކޯހެން އަކީ ލެޖެންޑެއް. އެއީ އިޒްރޭލުގެ ތާރީހުގައި ވެސް އެންމެ ކުޅަދާނަ އިންޓެލިޖެންސް އެޖެންޓުކަން އޭނާ ވަނީ ސާބިތުކޮށްދީފައި،" ނަތަންޔާހޫގެ ބަޔާނުގައިވެ އެވެ.
އިނގިރޭސި އެކްޓަރު ސަޗާ ބެރޮން ކޯހެން ކުޅުނު ނެޓްފްލިކްސް މިނިސީރީޒް "ދަ ސްޕައި" އަކީ ކޯހެންގެ ވާހަކަ ކިޔައިދޭ ސީރީޒްއެކެވެ.
ސީރިއާގެ ކިބައިން ޓްރަމްޕު އެދުނީ އިޒްރޭލާ ސުލްހަވާން
އިޒްރޭލު މީހެއްގެ ހަށިގަނޑު 43 އަހަރުފަހުން ފެނިއްޖެ
ސީރިއާގެ ފަރުބަދައެއްގެ މަތީ ނަތަންޔާހޫގެ ބައްދަލުވުމެއް
އިޒްރޭލުން ގޯލާން އާބާދުކުރުން ރާއްޖޭން ކުށްވެރިކޮށްފި
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
އިސްލާމިކް ޖިހާދުގެ އިސް ދެ ބޭފުޅަކު އަވަހާރަކޮށްލައިފި
އިޒްރޭލަށް އީރާންގެ ކޮމާންޑަރުން އެހީވާ ކަމުގެ ތުހުމަތު
ކޮންސިއުލޭޓް ހަމަލާގެ ވާހަކަ އިޒްރޭލުން ދައްކައިފި