13 އެޕްރީލް 2020
ފިލިޕީންސުން ރާއްޖެ އައިސް ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައި ވާތީ، އޭނާއާ އެކު އެއް މަތިންދާބޯޓެއްގައި އައި އެންމެންގެ ކަރަންޓީންގެ މުއްދަތު ރިވިއު ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ބުނެފި އެވެ.
ފިލިޕީންސުން ރާއްޖެ އައިސް ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައި ވާތީ، އޭނާއާ އެކު އެއް މަތިންދާބޯޓެއްގައި އައި އެންމެންގެ ކަރަންޓީންގެ މުއްދަތު ރިވިއު ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިއަދު ބުނެފި އެވެ.
އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު މުއްދަތު ހަމަވެ، 14 ދުވަސް ފަހުން ޓެސްޓް ހެދުމުންނެވެ. އޭނާ މިހާރު ވަނީ ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.
އެންއީއޯސީގައި މަސައްކަތް ކުރައްވާ އޮފިޝަލަކު ވިދާޅުވީ ޕިލިޕީންސުން އައި ދަރިވަރުންގެ ކަރަންޓީން މުއްދަތު އިތުރުކުރާނީތޯ ނުވަތަ ދޫކޮށްލާނީތޯ އަދި ނުނިންމާ ކަމަށެވެ. އެއް މަތިންދާބޯޓެއްގައި އައި ދަރިވަރުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، މިހާރު އަންނަނީ އެ އެންމެންގެ ކަރަންޓީންގެ މުއްދަތު ރިވިއު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ އެންމެން ވަނީ ޓެސްޓުން ނެގެޓިވް ވެފައި. އެކަމަކު ވެސް އެކެއްގެ ސާމްޕަލް ޕޮޒިޓިވް ވުމުން ދެން އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ރިވިއު އަށް ފަހު. އެ އެންމެންގެ ކަރަންޓީނަށް 14 ދުވަސް އިތުރު ކުރާކަށް ވެސް ނުނިންމަން،" އޮފިޝަލް ވިދާޅުވި އެވެ.
ކަރަންޓީނުގައި ބޭތިއްބުމާއި ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ލަފާ އަރުވަނީ، ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު)ންނެވެ. ފިލިޕީންސުން އައި މީހުންނާ ދޭތެރޭގައި ގޮތެއް ނިންމާނީ ޓެގުގެ ލަފަ އަށް ބިނާކޮށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި ގަތަރު އެއާވޭސްގެ މަތިންދާބޯޓަކުން ސަރުކާރުގެ ޚަރަދުގައި ގެނައި 47 ދިވެހިންގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ. އެ 47 މީހުންނަކީ ފިލިޕިންސްގެ މެނީލާގައި ޑޮކްޓަރުކަމާއި ޕައިލެޓުކަން ކިޔަވަން ތިބި ދަރިވަރުންތަކެކެވެ.
ސަރުކާރުގެ ޚަރަދުގައި ފިލިޕިންސުން ގެނައި 47 ދަރިވަރުންގެ އިތުރުން ވެސް އެހެން ދެ ބުރެއްގައި އަމިއްލަ ގޮތުން ބައެއް މީހުން ރާއްޖެ އައި ކަމަށް ވެ އެވެ.
އެންއީއޯސީން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު ވިދާޅުވީ، ފިލިޕިންސުން އައި ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދަރިވަރުގެ ފަރާތުން ބަލީގެ އަލާމާތެއް ކުރިން ނުފެންނަ ކަމަށެވެ.
ފަރުވާއެއް ހޯދިފައިވާ ނުވާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަަނަށް 20 މީހަކު ޕޮޒިޓިވްވެ 14 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނާއި ރާއްޖެ އިން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
ފިލިޕިންސުން އައި މީހުން ދޫކުރުން މަޑުޖައްސާލައިފި
ފަސްވަނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ކަރަންޓީނާ ހިލާފުވެއްޖެ ނަމަ 5،000ރ އިން ޖޫރިމަނާ
ނައިބު ރައީސް، އެޗްއީއޯސީ ބައްދަލުވުންތައް ޗެއާކުރަަނީ
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި
ހޯމް ކަރަންޓީނަށް ދެވޭ އުސޫލު އަނެއްކާ ހަރުކަށިކޮށްފި
އިނގުރައިދު އަށް ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ
ގަމާއި ވިލިނގިލީގެ ކޮވިޑް ފެސިލިޓީ ހުޅުވައިފި
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް