10 އެޕްރީލް 2020
މިލާން (އޭޕްރީލް 10) - ކޮރޯނާވައިރަސް ފެތުރެމުންދާތީވެ މި އަހަރު ދެން ޓެނިސް ސީޒަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން ހީކުރެވުނު ކަމަށާއި އެހެން ނަމަވެސް ކަންތައްތައް ބަދަލުވަމުންދާ ގޮތަށް ބަލާއިރު އޮގަސްޓް މަހު އަލުން ފެށިދާނެ ކަމަށް އެސޯސިއޭޝަން އޮފް ޓެނިސް ޕްރޮފެޝަނަލްސް (އޭޓީޕީ)ގެ ޗެއާމަން އަންދްރެއާ ގޯޑެންޒީ ވިދާޅުވެއްޖެ އެވެ.
މިލާން (އޭޕްރީލް 10) - ކޮރޯނާވައިރަސް ފެތުރެމުންދާތީވެ މި އަހަރު ދެން ޓެނިސް ސީޒަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން ހީކުރެވުނު ކަމަށާއި އެހެން ނަމަވެސް ކަންތައްތައް ބަދަލުވަމުންދާ ގޮތަށް ބަލާއިރު އޮގަސްޓް މަހު އަލުން ފެށިދާނެ ކަމަށް އެސޯސިއޭޝަން އޮފް ޓެނިސް ޕްރޮފެޝަނަލްސް (އޭޓީޕީ)ގެ ޗެއާމަން އަންދްރެއާ ގޯޑެންޒީ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭ ނިސްބަތް ގިނަވުމުން ޓެނިހުގެ ބޮޑު ދެ މުބާރާތެއް ވަނީ ފަސްކޮށްފަ އެވެ. ފްރެންޗް އޯޕަން ޓެނިސް މުބާރާތް އޮކްޓޫބަރަށް ފަސްކުރިއިރު، ވިމްބަލްޑަން ޓެނިސް މުބާރާތް ވަނީ މި އަހަރު ނުބާއްވަން ނިންމައިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ވިމްބަލްޑަން ނުބާއްވާ ފުރަތަމަ ފަހަރެެވެ.
ގޯޑެންޒީ ވިދާޅުވީ މި ވަގުތަށް ބަލާއިރު އަލުން ޓެނިސް ސީޒަން ފަށަން ކުރާ މަސައްކަތުގައި އޮގަސްޓަކީ ވެސް ހަމައެކަނި ބަލަމުން އަންނަ ތާރީހެއް ކަމަށެވެ.
"އެއްވެސް މީހަކަށް ބުނެދެން ނޭނގޭނެ ހުރިހާ ކަމެއް ރަނގަޅުވެގެން އަހަރެމެންނަށް ކުޅުން ފެށޭނީ ކޮން ތާރީހެއްގައި ކަމެއް. ވާހަކަ މި ދައްކަނީ އޮގަސްޓަށް. ފަހަރެއްގައި ސެޕްޓެމްބަރު، އޮކްޓޫބަރު ނޫނީ ނޮވެމްބަރަށް ވެސް ގޮސްދާނެ. އަވަސްއަރުވާލުމެއް ނެތް. ކުރިން ވިސްނި ގޮތަށް އަންނަ އަހަރު ވެސް ދެން ފެށިދާނެ،" ލަންޑަނުގައި ހުންނަވައި އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ގޯޑެންޒީ ވިދާޅުވި އެވެ.
"ޔަގީނުން ވެސް ކުރިން ދެކެވުނު ވާހަކަތަކާ ހިޔާލު ހުރި ގޮތްތަކަށް ލުޔެއް ލިބިއްޖެ. އަލުން ފެށިދާނެ ކަމުގެ އުއްމީދު އާ ވެއްޖެ. އެއީ ސިއްހީ ކަންތައްތަކާ ބެހޭ މީހުން ދޭ މައުލޫމާތަށް ބަލާއިރު. ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް ފެށިދާނެ،"
އުމުރުން 43 އަހަރުގެ ގޯޑެންޒީ ވިދާޅުވީ އެހެން ކުޅިވަރުތަކާ އަޅާކިޔާއިރު ޓެނިހުގައި ފައިދާތަކެއް އެބަހުރި ކަމަށެވެ. އެއީ އޭޓީޕީ އިން އަހަރުގެ ކަލަންޑަރު އެކުލަވާލަނީ ހަމައެކަނި އެންމެ ޕްލޭނަކާ އެއްގޮތް ވާގޮތަށް ނޫން ކަމަށްވާތީ އެވެ.
"ކަލަންޑަރު ބަދަލުކޮށްލެވޭނެ 50 ވަރަކަށް ގޮތް އަހަރެމެން ޖެނުއަރީގައި ވެސް ޕްލޭން ކުރިން. އެއީ ކަންތައްތައް ބަދަލުވެދާނެ ގޮތްތަކަށް ވިސްނާފައި. އެއީ ސީޒަނެއްގައި ކިތަންމެ ކަމެއް ދިމާވާނެ. އަހަރެމެން މި ކަންތައް (ކޮވިޑް-19) ޖެހުމުން އެންމެ ބޮޑަށް އިސްކަންދީނީ ސިއްހަތަށް. އެއީ އެންމެ މުހިއްމު ކަންތައް. އަދިވެސް މި ތިބީ އެ ގޮތަށް. އަލުން ފަށާނީ ސިއްހީ ރައްކާތެރިކަމާ މެދު ޔަގީންކަން ލިބުމުން،" ގޯޑެންޒީ ވިދާޅުވި އެވެ.
ޓެނިސް މުބާރާތްތައް ހުއްޓިފައިވީ ނަމަވެސް ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން ބޭއްވުމަށާއި ކޮވިޑް-19 ގެ ފަންޑަށް އެހީވުމުގެ ގޮތުން ސްޕެއިނުން ވަނީ މެޑްރިޑް އޯޕަން މުބާރާތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފަ އެވެ. އެ މުބާރާތް އޮންނާނީ މި މަހު 27 އިން 30 އަށެވެ. ސްޕެނިޝް ފުޓްބޯޅަ ލީގު ހިންގާ އެލްއެފްޕީން ވަނީ މިދިޔަ މަހު ކްލަބްތަކަށް އޮންލައިންކޮށް ފީފާ ފުޓްބޯޅަ މުބާރާތެއް ބާއްވައިފަ އެވެ. ކޮންމެ ކްލަބަކުން ކުޅުންތެރިޔަކު ބައިވެރިކޮށްގެން ކުޅުނު މި މުބާރާތުން ސްޕޮންސަރުން މެދުވެރިކޮށް ފަސް މިލިއަން ޔޫރޯ ހޯދުުނު ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ޒުވާން ތަރި ސިޓްސިޕާސް އަށް ތާރީހީ ކާމިޔާބެއް
101 ވަނަ ތަށި: ފެޑެރާ ހުއްޓުމެއް ނެތް!
ޓެނިހުގެ އާ ތަރި: "މިހިރީ ހަމަބިމުގައި"
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި
އަލްކަރާޒްގެ އަމާޒު ލެޖެންޑުންނާ ގާތަށް ޖެހިލުން